އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުން އަންނަ "ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑްގެ ބަލިމަޑުކަމުގައި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ކޯސްތަކެއް ހިންގަން ނިންމައިފި އެވެ.
އިކޮމިކް މިނިސްޓްރީން ބުނީ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން މި ޕްރޮގްރާމްގައި ދޭނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ތިން ޕްރޮގްރާމެއް ހިންގާނެ އެވެ. އޭގެތެރޭގައި އެކައުންޓިން އާއި އިންޕޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ޑައިވިންއާ ގުޅޭ ތަމްރީން ޕްރޮގްރާމަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ވެސް ހިމެނެ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް މިމަހުގެ ތެރޭ ހުޅުވާލާނެ އެވެ. އަދި ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުން ގަޑިތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.
މި ޕްރޮގުރާމުތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަ ޕޯޓަލް މެދުވެރިކޮށެވެ.