ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް--
26 އެޕްރީލް 2022 - 11:40
"ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް، ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް ހޮވިއްޖެ އެވެ.
މިއީ ޑިޕްލޮމެޓިކް އެވޯޑް ދެމުން އަންނަތާ 12 ވަނަ އަހަރެވެ.
އަހަރުގެ ޑިޕްލޮމެޓުގެ އެވޯޑް ޑރ. ފަރަހަނާޒަށް ލިބިވަޑައިގަތީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓިކުންނާ ވާދަކުރައްވަ އެވެ.
2022 #Diplomat of the Year for #Asia & Oceania Award to @DrFarahFaizal@MDVinUK @governmentmv Presented by the Marshal of the Diplomatic Corps Alistair Harrison CMG CVO #DiplomatAwards2022 @UKinMaldives
— DIPLOMAT Magazine (@LondnDIPLOMAT) April 25, 2022
ޑރ. ފަރަހަނާޒަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަލަންޑް އަދި ސްޕެއިން އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެ އެވެ. ޑރ. ފަރަހަނާޒަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ފަރަހަނާޒް ކުރައްވާފައި ވަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި އެ ކާމިޔާބީއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
Congratulations 🇲🇻 High Commissioner to the UK @DrFarahFaizal for being awarded the
— Abdulla Shahid (@abdulla_shahid) April 26, 2022
2022 #Diplomat of the Year for #Asia & Oceania Award.
Your work in promoting & safeguarding the interests of Maldives is always exceptional! Proud of your achievements!
#DiplomatAwards2022 pic.twitter.com/4iFSnqLxgs
ޑރ. ފަރަހަނާޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިނގިރޭސިވިލާތުގެ ސަފީރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެ މަގާމަށް އޭނާ ދެވަނަ ފަހަރަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީވާ
27 April 2022
ނެޕޮޓިޒަމް. ކޮބާ ކުރެވުނު ކަމަކީ؟
ފުޓުނި
26 April 2022
މިފަހަކަށްއައިސް އިގިރޭސިން ދުނިޔެތެރޭ ހަންފަތުރަނީ ހަރަދުކުޑަކޮށް މިހެން. ކޮމަންވެލްތު ކުރުވާހަކަ މުބާރާތުގަ ބައިވެރިވާން ފުރުސަތުދީފާނެ، ފޫޅުމައިންގެ ހައްގު ކުރިއަރުވާ ސެމިނާރަކުން ފުރުސަތުދީފާނެ، ދޭތެރެއަކުން ކޮންމެވެސް އެވޯޑެއްދީފާނެ، ދަތިކުރުމުގެ ފިޔަވަޅެއް އަޅާފާނެ، އެއާއި ހިލާފަށް ޗައިނާއިން ހިންގަދެނީ ބިލިއަން ޑޮލަރުގެ މެގަޕުރޮޖެކްޓުތައް، އިންޑިއާއިން ހަދަނީ ގޭދޮށު މަސްޕުލާންޓު.
ރާޖުބައްބަރު
26 April 2022
މިއީ "އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް" ހޮވައިގެން އުޅެނީއެއްނޫން، ހުޅަނގުގެ ޕުރޮޕެގެންޑާ މަޖައްލާއަކުން އިނގިރޭސިވިލާތުގަ ތިބޭ ބައެއް ގައުމުތަކުގެ އެންބެސެޑަރުންގެ ތެރެއިން އެމީހުން ހޮވާފަ ދޭބަޔަކަށްދޭ އެއްޗެއް މިއީ. އާންމުކޮށް މީތި ދީއުޅެނީ ހުޅަނގުން ބޭނުންވާގޮތަށް ގައުމުތަކުގަ ކަންކަން ރާވަދޭން އެހީތެރިވާ މީސްމީހުނަށް، ކުދިކުދި ގައުމުތަކު ޑިޕްލޮމެޓުން މިމަޅީގަ ގިނައިން ޖެހެނީ. ގައުމަކަށްވާ ކަހަލަ ގައުމެއް މިއަކު ނޫޅެ.
ބަލަދުވެރި
26 April 2022
މީ އެމްޑީޕީއަށް ބަލަދުއަރާފަ ތިބިމީހުން. ދިރިއުޅެނީ އިނގިރޭސިވިލާތުގަ ވަޒީފާގަނޑެއްނެތި. އެމްޑިޕީ ވެރިކަމަށް އަންނައިރަށް ސަފީރުކަން ދޭންޖޭހޭ. ވެރިކަން ހޯދަން ގަނޑަތެޅެނީ ޕާޓީގެ ރާއްޖޭގަ ތިބޭ މެންބަރުން. އިންތިހާބު ކާރިވީމަ ދެތިން ޓްވީޓެއްކޮށްލާނެ. ޒުލްފާއަކީވެސް މިކަހަލަ މީހެއް.
ބޮޑުމީހާ
26 April 2022
މިވެރިކަމުގަ އިގިރޭސިވިލާތުން ރާއްޖެއަށްވީ ކޮންކަމެއް. ޑިޕްލޮމެޓިކް އެވާރޑް ލިބިގެން މިގައުމަށް މޮޅެއްވަންޏާ ސްޓެލްކޯއަށް ހުންނާނެ މޮޅުތަކެއްވެފަ
ފޮނިޓައްޕު ހަސަނު
26 April 2022
މީނަ މޮޅުކަމަކަށް ކުރިކަމެއް ބުނެދީބަލަ.
އުދުހޭ
27 April 2022
އެމްޑީޕީއަށް ވެރިކަން ގެއްލޭއިރަށް މީނާގެ ވަޒީފާ ގެއްލުން. އެމްޑީޕީއަށް ބަލަދު އެރުން.
އުމޭއްތަ
26 April 2022
މީ އަދި އެއްޗެއް ނޫނެންނު. އަހަރެމެންގެ ސްޓެލްކޯ އެމްޑީ މުޣީ އަކީ ޖެހިޖެހިގެން 3 އަހަރު މުޅި ދުނިޔޭގެ އެއްވަނަ އެމްޑީ. އަނެއްހެން ދެން ޑިޕްލޮމޭޓު މޮޅުވެގެން ގައިމު މަސްދަޅަށް ނަގާ ޑިއުޓީ ގަނޑު ކަނޑާލެވުނު ނަމަވެސް ރަނގަޅު.
ޙުނި
26 April 2022
ކޮން ކަމެއްތޯ ކޮށްދިނީ. ކޮބައިތޯ އެޗީވް މެންޓަކީ. ތިކަހަލަ އެވޯރޑުތަކަކީ ފައިސާ ދީގެން ހޯދާ އެއްޗެހި. މިއީ 21 ވަނަ ޤަރުނު. މީހުން މޮޔަނުހެއްދޭނެ
ޖެކް
26 April 2022
ބައެއް މީހުން ނިދާފަ އެއްވެސް ކަމެއް ނުކޮށް ތިއްބާވެސް އެވޯޑާއި ޝަރަފު ލިބިދާނެއެވެ. މިހެންލިބޭ އެވޯޑުން ތިމާގެ ޒަމީތުވެސް ތިމާއަށް މަލާމާތް ކުރާނެއެވެ.
ސަންޑަލޭންޑް
26 April 2022
މި މަންޖެ ކޮށްދިނީ އަޅެފަހެ ކޮން ކަމެއްތަ؟ ކޮބައިހޭ އަލީ ވަހީދު؟؟؟
ހަސަން ކުރުސީ
26 April 2022
އޭނާއާއެކު ތާސްކުޅޭ ޕާޓުނަރަށްވިޔަސް ދިވެހިގައުމަށް އެކޮށްދެވުނީ ކިހާބޮޑު ޚިދުމަތެއް.