ޝާހިދާއި ތުރުކީގެ ފޮރިން މިނިސްޓަރު: ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިިކުރަން ވަނީ ހަމަޖެހިފައި --- ފޮޓޯ/މިހާރު
29 ޖެނުއަރީ 2022 - 14:24
ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއީ ތުރުކީއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މާދަމާ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތުރުކީގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ފަސް ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެއީ ވިޔަފާރީގެ ދާއިރާ އާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަދި ފޮރިން ސާވިސް ކުރިއަރުވަން އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުންތައް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތްއިރު، ދާދި ފަހުން ޗައިނާގެ ފޮރިން މިނިސްޓަރު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުގައި ޗައިނާއިން ވަނީ ރާއްޖެއަށް ބިލިއަނެއްހާ ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ހިލޭ އެހީގައި ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒާނު
29 January 2022
ތުރުކީ އައުޓް
ރަދީފު ބިން ރަފައިދާ
29 January 2022
މިދުވަސްކޮޅު ނަމަނަމަ އެމީހުންކަރިން ސަލާންނުޖަހާތި. މިއިންޒަމާނަކު އެމީހުންގެ އިޤްތިސާދު ނުވެއްޓޭހާދަށަށް އެމީހުންގެ އިޤްތިސާދުވަނީ އަޑިއަޅާލާފާ.
ފަރީޑާ
29 January 2022
ރަފީދާ ތިބުނަނީ ރަނގަޅުވާހަކައެއް. އެކަމަކު އެއްޗެއް ލިބެންއޮތިއްޔާ ދޫކޮށްލާނެކަމެއްނެތްތާ.