މަޖިލިސް މެންބަރަކު އަވަހާރަވީ އޭނާ ހުންނެވި ގެ ވަށާލައި ހަމަނުޖެހުން ހިންގަން ފެށުމުން އަމިއްލައަށް
ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސިޔާސީ ބޭފުޅެއްގެ ގޭގައި ރޯކޮށްލާފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
09 މެއި 2022 - 18:27
ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރަކު އަވަހާރަވެ އަދި އެ ޕާޓީގެ މެންބަރުންގެ ގެތަކާއި ވެހިކަލްތަކުގައި ހުޅުޖައި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.
އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް އެތައް ދުވަހެއް ފަހުން މިއަދު ހަމަނުޖެހުން ބޮޑުވީ މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އޮފީސް ދޮށުގައި މުޒާހަރާކުރަން ތިބި މީހުންނަށް ސަރުކާރުގެ ސަޕޯޓަރުން ހަމަލާ ދިނުމާ އެކުގަ އެވެ. ރާޖަޕަކްސަ އިސްތިއުފާ ދެއްވީ އެތައް ބަޔަކު ޒަހަމްވި މި ހަމަނުޖެހުންތަކަށް ފަހުގަ އެވެ.
Former Minister Johnson Fernando’s party office in Kurunagala has been set on fire #LKA #SriLanka #SriLankaCrisis pic.twitter.com/DkSX3Eq8V7
— Vidiyal.lk 🇱🇰 (@Vidiyallk) May 9, 2022
ހަމަނުޖެހުންތަކުގައި ޒަހަމްވި ބައެއް މީހުންގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން އަންނައިރު، މުޒާހަރާ ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މިއަދު މަރު ވެސް ވެފައިވެ އެވެ.
ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) ގެ މަޖިލިސް މެންބަރު އަމަރަކީރިތި އަތުކޮރަލާ އަވަރާވީ ސަރުކާރާ ދެކޮޅު މީހުންނާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހުގައި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީން ބުންޏެވެ. އޭނާގެ ވެހިކަލަކަށް މިއަދު ހަވީރުގެ ވަގުތެއްގައި ބަޑިން ހަމަލާ ދިން ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މި ހާދިސާގައި ތިން މީހަކު ޒަހަމްވެ އެކެއްގެ ހާލު ސީރިއަސް އެވެ.
Former minister Sanath Nishantha's place is on fire pic.twitter.com/jB3uaka7sW
— Sasith Bandara (@sasith_bandara) May 9, 2022
ފުލުހުންނާ ހަވާލާދީ އޭއެފްޕީން ބުނީ ބަޑި ޖެހި ހާދިސާއަށް ފަހު މެންބަރު ސަލާމަތްވެ ވަޑައިގަތުމަށް ފަހު ކައިރީގައި ހުރި އިމާރާތެއްގެ ތެރެއަށް ވަަދެވަޑައިގަތީ ކަމަށެވެ.
މެންބަރު އަމަރަކީރިތި އަތުކޮރަލާ
"މެންބަރު ވަނީ ބަޑި ޖެހުމާ އެކު އެތަނުން ސަލާމަތްވެވަޑައިގެން ކައިރީގައި ހުރި އިމާރާތަކުން ހިމާޔަތް ހޯއްދަވާފައި،" ފުލުހުންގެ ތަރުޖަމާނަކު އޭއެޕްޕީއަށް ވިދާޅުވި އެވެ. "އެއާ އެކު އެތައް ހާސް ބަޔަކު ގޮސް އިމާރާތް ވަށާލައިގެން ތިއްބާ މެންބަރު އަވަހާރަވީ އޭނާގެ އަތުގައި އޮތް ފިސްތޯލައަކުން އަމިއްލައަށް ހަމަލާ ދިނުމުން."
ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރުޅި ގަދަވެފައި ތިބި އާންމުން ދަނީ މުޅި ގައުމުގައި އިއުލާނުކޮށްފައިވާ ކާފިއުއަށް ވެސް ބެލުމެއް ނެތި ހަމަނުޖެހުން ހިންގަމުންނެވެ. އެ މީހުން އެސްއެލްޕީޕީގެ މެންބަރުންގެ ވެހިކަލްތަކާއި އިމާރާތްތަކަށް ގެއްލުންދީ އެ ތަންތަނުގައި ހުޅު ވެސް ޖަހާފައިވެ އެވެ.
Former minister Sanath Nishantha's place is on fire pic.twitter.com/jB3uaka7sW
— Sasith Bandara (@sasith_bandara) May 9, 2022
ސްރީ ލަންކާގެ ހާލަތު ނުރައްކާވުމާ އެކު ގައުމުތަކުން މިހާރު ދަނީ އެ ގައުމުތަކުގެ މީހުން ސްރީ ލަންކާގައި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ. މަގުމައްޗަށް ނުނިކުތުމަށާއި މުހިންމު ނޫން ދަތުރުތައް ލަންކާއަށް ނުކުރުމަށް ވެސް އަންނަނީ އެދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްދޫސް މޫސާ
10 May 2022
ތީ އެމް.ޑީ.ޕީ އިން އަންނި ރާވާ އިންތިޒާމް ކުރާ ކަމެއްހެން ހީވޭ
އަލިކޮ
10 May 2022
މުޅި ލަންކާ ފުނޑާލެވޭހާ ބާރު އެބައޮތް، އެކަމަކު އަމިއްލަ ޕާޓީގެ ތެރޭގައި ބާރެއް ނެތް؟
ސުންގޮބޮޅި
10 May 2022
ދުރުމީއަޅައިގެން ކައިރިކޮށްލާއިރު މިތަނުގައި ދުރުން މިފަދަ މަންޒަރުތައް ފެންނަހެންހީވޭ. އެއްވެސް ކަމަކު ހަމައެއްލަމައެއްނެތް. ކުށަކަށްވަނީ ވަކިބަޔަކު ކުރާކަމެއް. ކުށްވެރިން ކުށްކުރުމުގައި މަތިމައްޗަށް ކުރަލާފަ. ދުވާލުގެއަލީގައި ހާމަކޮށް މަގުމަތީ ތަޅާފޮޅާ ނިކަމެތިވާމީހާ ބުޅާގަނޑެއްހެން ކޫއްތާއިރު ހަމަ އޯކޭ. ވައްކަމާއި ކަރަފުސަން ހަމަ އެފަދަ. ދޮގުވެރިން ތެދުވެރިންގެ މައްޗަށް ކުރިހޯދަނީ. އިންސާނުންގެ ސަބުރުވެރިކަމަކީ ނެއްޓިދާކަމެއް.
ބަރުތީލަ
10 May 2022
ހިންގައެއް ނުލެވުނު
ޖާބެ
09 May 2022
ރާއްޖޭގެ މީހުން ވަރައް އަވަހައް މިކަން ކޮޕީކުރާނެ، ވެރިކަމަކީ އެތައްބައެއްގެ ފުރާނަޔާގުޅިފަވާ ކަމެއް ނަހަމަގޮތުގަ ބަރުތައް ބޭނުންކޮށް މުނާފިޤުންގެ އުސޫލުތައް ގިނަވެއްޖެނަމަ ފިދަކަންކަން ތާރީޙުގަ އަލަކައް ނޫންހިގާފަ ހުރީކީއްޔެއް.. ތާރީޙުން އިބްރަތް ހާސިލްނުވާ ބަޔަކައް ވެރިކަމެއް ނުކުރެވެނެ އަމިއްލާ ޖާނުވެސް ގިނަފަހަރު ސަލާމަތް ނުވޭ.. ސުޢުރެއް ހަމަ ފާޅުކޮށްލީ..!
ބުރުގާ
10 May 2022
ކަމިންގް ސޫން ޓު ރާއްޖެ!
ކަރުބުލޮކި
09 May 2022
އަވަށްޓެރި ގައުމެއްގެ އަތެއް ތިކަމުގަ ނުވޭބާ.
ހޭލާ
09 May 2022
އާނ ދެން ލަންކާ ބޮޑު ހަމަނުޖެހުމަކަށް ދާނެ ދުވަހެއްގެ އިންތިޒާރުގަ ތިބި އެލްޓީޓީއީ އަށް ތިލިބުނީ ލަންކާގެ އުތުރުގަ އަލުން އެލްޓީޓީއީ ވުޖޫދުކުރަން ރަނުގެ ފުރުސަތެއް. ޓެމިލްނާޑޫގެ ވެރިން ތިބީ މިކަމަށް ބަލަބަލާ.
ކަކުނިބޯ
09 May 2022
2024 ގެފުހުން ރާއްޖެއޮންނާނެގޮތް ތަސައްވަރު މި ފެންނަނީ. މިއަދު ޑޮލަރެއް 17 އަދި 2024 ގައި ލޯނުތައް ދެއްކުމަށް އިންޑިޔައަށާ ޗައިނާއަށް ޑޮލަރ ފޮނުވަންޖެހޭނީ ބުލެކުންގަނެގެން ސަރުކާރުން. ޢެއީ ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ބަލައިގަތުމުން ވާގޮތް. ދެން އާންމުރައްޔިތުން ބޭނުންވެގެން ގެންނަން ޖެހޭއެތިކޮޅު ގަންނަން ޑޮލަރެއްނުލިބޭތާންގައި 40ރ އާއި 50ރ އަށް ޑޮލަރެއްގަންނަން ނުލިބުނީމާވާނެއެތި ބަލަމާ
ނެއްތަ އެދުރެއް
09 May 2022
ބޯގޯސް ކަލޭ އަށް ކުފުރު މަރު ނޭންގުމަކީ އެހެން މީހުންގެ ކުށެއް ނޫން ލޯލް
ބޯގޯސ
09 May 2022
ކުފުރުގެ މާނަ ފުރަތަމަ ދަސްކޮށްބަލަ
ގައިސް
09 May 2022
މިރާއްޖޭގެ ބުއްޅަބޭގެ ބަސްއެހި ކޮންމެ ގައުމަކަށްވާނީތިޔަހެން.މިރާއްޖެވެސް ހަލާކުވީ އެހެންވެ
ކޮރަލް
09 May 2022
މިފަދަ ހާލަތުގައި ލަންކާ ގަ ހުންނަ ދިވެހި އެމްބަސީގަ ދިވެހީންނަށް ގުޅޭނެ ނޫނީ މެސެޖް ފޮނުވޭނޭ ނަން ބަރުތައް ހުންނަން ޖެހެ އެވެ. އަދި ދެން ކަން ކުރާނެ ގޮތް ފޯން ކޮށް ނޫނީ މެސެޖް ގެ ޒަރީއާ އިން އަންގަން ޖެހެ އެވެ. ނޫނީ އެމްބަސީ އެއް ހުރުމުގެ ބޭނުމެއް ނެތެވެ. ދެން އެއަރޕޯޓް އާ ދިވެހި ސިފައިން ވެސް މައްސަލަ ހަމަ އަކަށް އެޅެންދެން އެލާޓް ގަ ތިބެން ޖެހެ އެވެ.