ޚަބަރު / މާލެ ސިޓީ ކައުންސިލް

ކަނބާއައިސާރަނި ހިނގުމުގައި ވެސް ފުރަތަމަ އިންދީ އަނބުގަހެއް!

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކައުންސިލް މެމްބަރުން ކަނބާ އައިސާ ރަނި ހިނގުމުގައި އަނބުގަސް އިންދަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހު އަމީނީމަގުގައި އަނބުގަހެއް އިންދި އެވެ. އޭގެ ތިން މަސް ފަހުން މިއަދު، އެ ޕްރޮގްރާމްގެ ދަށުން ކަނބާ އައިސާ ރަނި ހިނގުމުގައި ވެސް އެންމެ ފުރަތަމަ އިންދީ އަނބުގަހެކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން ކަނބާއައިސާރަނި ހިނގުމުގައި 10 އަނބުގަސް އިންދާފައިވާ ކަމަށެވެ. އެ ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އައިޖީއެމްއެޗް ހުންނަ އެ މަގުގައި ފުރަތަމަ އަނބުގަސް އިންދަވައި ދެއްވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ގަސްތައް އިންދެވީ ކައުންސިލަރުންނެވެ.

އެކަމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ، 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި ގަސް އިންދަން ފެށިއިރު، އަމާޒަކީ އަދިވެސް މާލޭގެ އެކި އެކި މަގުތަކާއި މައިދާންތަކުގައި ގަސް އިންދުން ކަމަށެވެ.

މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަހާއި އަދި ދަނބުގަސް ފަދަ ގަސްތައް އިންދަން ސިޓީ ކައުންސިލުން ނިންމައިފައިވެ އެވެ.

ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާން ވަނީ ރާވައިފަ އެވެ. މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން ކަނބާ އައިސާ ރަނި ހިނގުމުގައި އަނބުގަސް އިންދަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރަނީ ވަރަށް ބޮޑު ދިރާސާއަކަށް ފަހު އެވެ. މާލޭގައި މިހާތަނަށް ކާބޯތަކެތިއަޅާ ގަސް ހެއްދުމަށް ސަމާލުކަމެއް ދީފައި ނުވާތީ، އެއީ މާލޭގެ މީހުންނަށް ފައިދާވާނެ ކަމެއް ކަމަށް ކައުންސިލްގެ އިދާރާ އިން ބުނެފައި ވެ އެވެ.

އެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ގެންނަނީ، ކައުންސިލުން އެ ކަމަށް ހާއްސަ ބަޖެޓެއް ހަދައިގެން، ރަށްރަށުންނާއި ރާއްޖެ އިން ބޭރުންނެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި ބަންގްލަދޭޝް އަދި ތައިލޭންޑުން ފަދަ ގައުމުތަކުންނެވެ. އެ ގަސްތައް މާލެ ގެނެސް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ވެސް ހަދާފައިވެ އެވެ.

ކޮންކްރީޓް ހާއްޔެއްގެ ގޮތުގައި އޮތް މާލެ ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުން ވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލައި ދޫކޮށްލައިފަ އެވެ.

14 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންދަމާ

19 May 2022

ކޮންމެ މީހަކުވެސް މަދުވެގެން 1 ގަސް ނަމަވެސް އިންދަންވީ. އަމިއްލަ ގޭގަ ޕޮޓެއްގަ ކިތަންމެ ކުޑަ ގަހެއްވިއަސް ހައްދާލަން ރަގަޅުވާނެ. ޖައްވުގައި ގިނަވާ ވިހަ ގޭސް މަދުކުރަން ކުޑަކުޑަ އެތައް ގަހަކުންވެސް އެހީތެރިވެވިދާނެ.

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

19 May 2022

ތީ ވަރަށް ރަނގަޅު ކަމެއް.. އަހަރުމެން މިތިބީ ވެލާ ކަހަނބާއި މިޔަރުވެސް ނުހިފަން، އޭގެ ބިސްވެސް ނުނަގަން ތިމާވެއްޓަށް ގެއްލުމެއް ވެދާނެތީ.. އަހަރުމެން ޖެހިގެން އޮތް އިންޑިއާ، ލަންކާ، ދެންވެސް ޤައުމެއް އޮވެއްޖެ ނަމަ ދާ ޖަހައިގެން ވިޔަސް އެބަ ހިފާ.. އަހަރުމެން މި 4 ލައްކައިގެ ތެރެއިން 20 ހާސް މީހުން މި އުޅެނީ މުޅި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަން. އަނެއްހެން ބުނާނަމަ ދުނިޔޭގެ ރައްކަލަކަށް އުޅެން މިތިބީ އަހަރުމެން އެކަނި..

The name is already taken The name is available. Register?

އިންދަމާ

19 May 2022

ހުވަދޫ އަލިބެއްޔާ... ދުނިޔޭގެ އެތައް ގައުމެއްގަ އުޅޭ ތިމާވެށި ސަލާމަތް ކުރަން އުޅޭ އެތައް ހާސް ބަޔަކު. ތިމާވެށި ސަލާމަތް ކުރަން ދުނިޔޭގެ އެންމެންގެ އެއް ޚިޔާލެއް ނުހުންނާނެ. އެހެންވެގެން ތިމާވެށި ހަލާކުވަމުން ދަނީ. އެކަމާ ހަގީގަތުގަ އުޅޭ ބަޔަކު އެކަމާ އުޅޭނެ. އެމީހަކަށް ވީވަރެއް ކުރީމަ ހަމަ ރަގަޅުވާނެ. ހިމާޔަތްކުރާ މީހުންތޯ ހަލާކުކުރާ މީހުންތޯ މޮޅުވީ އެނގޭނީ ފަހުން.

The name is already taken The name is available. Register?

އަނބުގަސް

19 May 2022

ތިކަހަލަ ބޮޑެތިބިޔައަށްވާ ގަސްޖެހީމަ ކާނުތައްބެދި ފެންނުހިނގާކަމާއި މޫތައް ބިޔަވެ ކައިރީގެ ޢިމާރާތްތަކުގެ ފައުންޑޭޝަން ހަލާކުކޮށް ގެއްލުންދޭނެކަން ތިއިންދާމީހުނަށް ރަނގަޅަށްއެނގޭނެއެވެ. އެކަމަކު ތިހިރަ އިންދަނީއެވެ. ތިޔައީ ފަހުން ފާޑުކިޔަން ޖެއްސުމަށްކުރާކަމެއް. އެދުވަހަކުންބުނާނީ ރައީސް ޞާލިޙުގެެވެރިކަމުގަ އިންދި ގަސްތަކެކޭ. ޑރ. މުޢިއްޒުގެ މޭޔަރުކަމުގަޖެހި ގަސްތަކެކޭ ނުބުނާނެ. މިހާރު މަގުތައްހަދާއިރު ހަދާގޮތަށް ހަދާނަމަ ގެއްލުމެއްނުވާނެ.

The name is already taken The name is available. Register?

ޑެބީ

19 May 2022

ތިމުއިއްޒު ހަދާ އެއްޗެއް ރަނގަޅަށް ބަލާތި. ސަރުކާރަށް ޖެއްސުމަށް މަގު މެދުގަވެސް ގަސް އިންދަފާނެ.

The name is already taken The name is available. Register?

އެބީ

19 May 2022

އެހެން ހެދީމަ ޑެބީ ގޮސް އުފުރާލަބަލަ.

The name is already taken The name is available. Register?

ޙޙ2022

19 May 2022

މުއިއްޒުވަރެއްނެތް ތީ 2023... ބޮއިހަލަކި

The name is already taken The name is available. Register?

ކޮރަލް

19 May 2022

އޭސީ އާ ފުރާޅު ތަކުން ބޮލަށް ފެން ފައިބާ މައްސަލަ އަށް ވެސް ހައްލެއް ބޭނުން ވެ އެވެ. ހުޅުމާލޭގަ އާ ރަށްތަކުގަ އެކި ވައްތަރުގެ ވޭމާ ގަސްތައް ގިނައިން އިންދަން ވީ އެވެ. ރާއްޖެ އަކީ ބޭރުން ވ ގިނަ އިން މޭވާ އެތެރެ ކުރާ ގައުމެކެވެ.

The name is already taken The name is available. Register?

ފެހި މާލެ

19 May 2022

މަގު މަތީގަ އިންދަން ރަގަޅުވާނީ އެގަސްތައް ބޮޑު ވެގެން މޫތަކުން ޕޭމެންޓު ހަލާކު ނުވާގަސް ތަށް.އޭރުން އެނެއްކާގަސްއިން ދަން ނުޖެހޭނި. ރުކާ،މޫފައިބާބިޔަވާގަސް ތަށް އެކަމާއެކަށޭނަ ނުން ތަންތަނުގަ އަންދުމަކީ ވަރަށް ދެރަކަމެއް.މިހެން ލިޔަން މިޖެހުނި މިކަހަލަ ކަންކަން މާލޭ ކުރެވިފަ ހުރީމަ.

The name is already taken The name is available. Register?

ޥVjހގހގޖ

19 May 2022

މަގުތަކުގަ ހުންނަ އަނބުގަސްތަކުން އަނބު ބިންނަނީ ބަންގާޅީން. ބަންގާޅިން ތިއެއްޗެހި ބިނދެގެން ބޮޑުއަގުގަ ވިއްކަނީ.

The name is already taken The name is available. Register?

ނަސީމް

18 May 2022

ވާރޭކޮޅެއް ވެހިލާއިރަށް ފެން މިހާރު ކުޑަކޮށްވެސް މަގުތަކުގައި ބޮޑެއް ނުވޭ ތިޔަ މުއިޒް ފެންހިންދާ ސިސްޓަމް ވަނީ ފެއިލްވެފައި މިހާރު ބ އެކަންތައްވެއްޖެ މަގުތަކުގަ ގަސް އިންދީމަ އެނިމުނީ އާ އެހާ ފުޅާ ބޮޑެތި މަގުތައް މިޔޮތީ މާލޭގަ ދުއްވާ އެއްޗެހިން ސަލާމަތް ނުވެގެން އުޅޭއިރު މަގުގެ ދެފަރާތުގައި ވެހިކަލްތަޢް ޕާކްކޮށް ފުރިފަ އޮންނަ އިރު ގަސްދޯ ނީންދެވިގެން މިއިޅެނީ؟

The name is already taken The name is available. Register?

ސަހަލު

19 May 2022

ގައިމު އެއް ފަސްއަހަރު ފާއިތުވެގެން ދިޔައީ، ގޮއް ރީނަދޫ ކުދިން ސިޓީ ކައުންސިލް ހިސޯރުކޮށްގެން ގަނބަގިރުވިތާ! ތިޔަބުނާކަންތައް ރަނގަޅުނުކުރީ ކީއްވެ؟؟ ސޯލިހުގެ އިންޑިޔާ ސަރުކާރު ވެސް މުއްދަތު ހަމަވަނީ.. ކޮންކަމެއް ކުރެވުނީ ރައްޔިތުންނަށް ހެވައް ލާބަޔަށް.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

18 May 2022

ރުއްތައް އުފުރާލިގޮތަށް ތިޔަ އަނބުގަސްތައް ހުފުރާލާފާނެތީ މަ ކަންބޮޑުވަނީ.

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

19 May 2022

ކަލޭމެނަށް އަނބު ގަހަކުން ވާނެ ފައިދާއެއް ބުނެބަލަ؟؟؟ ނިކަން ފެންފޯއް ރުއް އިންދަބަލަ.. ރުއްގަހުގެ ތެރެއިން އެއަށްވުރެން ފައިދާ ބޮޑު ގައެއް ނުހުންނާނެ.. ފޯކާ ގުޅުހުން ހުރި ގައެއް އެއީ.. ދުފާލާފަ ރަތްކުޅު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454