.
10 އޯގަސްޓް 2022 - 23:16
ކ. ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ޑަސްބިންތައް މޫދަށް އަޅާތީ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ކައުންސިލް ޖޫރިމަނާ ކޮށްފި އެވެ.
އެ އިދާރާއިން އެ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ ކުނިމެނޭޖްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45،000 ރުފިޔާއިންނެވެ. ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާ ދެއްކުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ރަށު ކައުންސިލުން، ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވައިލުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ހަދާފައިވާ އެންމެހާ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންތެރިވެ އެއާ ހިލާފު އެންމެހާ އަމަލުތަކުން ދުރުވެ ތިބުމަށް ވަނީ އަންގައިފަ އެވެ.
ތުލުސްދޫ ކައުންސިލުން އެ ރަށުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް މޫދަށް ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދާދިފަހުން ވަނީ އާންމުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
11 August 2022
މިއީ ތުލުސްދޫވީމަ ހެދިގޮތެއް. ވަރަށް ޖޭ ވާނެ. ބަޖެޓް ހަމަޖައްސާލަންވެސް އެހީއަކަށްވާނެ.
ނޫމަރުކަޒު
11 August 2022
ލާމަރުކަޒުކޮށްފަ ކައުންސިލްތަކަށް ބާރުތައް ދިނަސް ކައުންސިލްތަކުގަ ތިބޭ މީހުންގެ ފެންވަރެއް ނެތިއްޔާ ތިޔަ ކަހަލަ ކަންކަން ހިނގާނެ. ރަށްރަށުގަ އުކާލަން ހުންނަ ކާބޯތަކެތިން ފަރޓިލައިޒަރ ހެދެން އެބައޮތް. ކުނި ބޭނުކޮށްގެން ފައިސާ ލިބޭނެ މަގު އެބައޮތް.
ވަކިމީހަކަށްނުކުރެވޭނެ
11 August 2022
ހޭޖެހޭ މީހަކުސިލަށް ތިކަން ހުށަހެޅީ ދެންތިބެ އެންމެ ތިކަމާދެކޮޅު ހެދީ. އެމީހުން ބޭނުމެއްނުވޭ ތިމާއަށް ރީތިނަންނުލިބެންޏާ އެއްކަމެއްވެސްކުރާކަށް
މުންޖިޗޭ
11 August 2022
މާލޭ ބޮޑުމީހާއަށް ނުބައިވަސްދުވަނީ މާލެ ކައިރިވީމަ، އަތޮޅުތެރޭގެ ޙާލަތެއް ނުވެސްބަލާ! މިހާރުވެސް ރާއްޖޭގެ ދެކުނުގެ ބައެއް ބޮޑެތި ރަށްތަކުގައި ކުނިވާ ޒާތުގެ ތަކެތި އަޅަން މޫދުގައި ކޮށިހަދައި މޫދަށް ކުނިއަޅަމުންދޭ، މުޅި ސަރަޙައްދުގެ މޫދު ކުނިވެ އެހިސާބަށް ކައިރިވެސް ނުވެވޭ ދަރަޖައަށް ހިނގައްޖެ، މާލޭ ބޮޑުމީހާއާ ދުރުހިސާބެއްވީމަ ކޮންމެގޮތެއްވެސް ވަރިހަމަވަނީ، އަބަދުވެސް ރާއްޖެތެރެއަށް އޮންނަނީ ހިމަކޮޅު، ފަލަކޮޅުން ފޭދިގެން އަންނަ ތިކެއްނޫނީ ނުލިބޭނެ.
ތުލުސްދޫމީހާ
11 August 2022
ތުލުސްދޫ ވީމަތަ މިހެން މިވީ؟؟؟ އެހެން ރަށްރަށުން ޑަސްބިން ކުނިތައް ކާލަނީތަ؟؟؟ ހުރިހާ ރަށަކަށް ހަދަންވާނީ އެއްގޮތެއް
އަލިފުތާ
11 August 2022
ކާބޯތަކެތީގެ ޑަސްބިންކަމަށް މި ޚަބަރުގައި ބުނެފަ އޮތީ. އެހެން ކަމަށްވާނަމަ ތީގަ މައްސަލައެއް ނެތް. ކާބޯތަކެތި އެއީ ބަޔޯޑިގްރޭޑެބަލް ތަކެތި. އުކާލާ އެފަދަ ތަކެތި އެހެން ސޫފާސޫފިކައި ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވާނެ. ވީމާ، ތިއީ ތިމާވެއްޓަށް ގެއްލުން ހުރިކަމެއް ނޫން. ކުނި ވަކިކޮށް އެގޮތަށް ކަންތައް ކުރާތީ ތުލުސްދޫ ކައުންސިލް ނަމޫނާ އަކަށް ނެގުން މާ ރަނގަޅު.
ފުތާ
11 August 2022
އެ ތަކެތި މޫދަށް އަޅާލާ ތަނާ ބަޔޯޑެގްރޭޑަބްލް ވޭތަ؟ ގޮސް ބަލައިލީމަ ފެންނާނީ ތިޔަ ބުނާ ގޮތަށް ކަންތައް ނުވެ މުޅި ތުނޑީގަވެސް ބައެއް ފަހަރު ހުސް ކާ ތަކެތީގެ ތޮއްޓާ އެއްޗެހި އޮންނަތަން. ވަޅުގަނޑެއް ކޮނެފަ އެފަދަ ކުނި އަޅާ ގޮތަށް ހެދިއަސް ވިއްކާނެ ގަސްކާނާ ހެއްދޭނެ.
ކޮރަލް
11 August 2022
މޫދައް ކުނިއަޅާތީ ޖޫރިމަނާ ކުރި ރިސޯޓް އެއް ބުނެ ބަލާށެވެ. މީސްމީޑިޔާގަ ވެސް ދޭތެރެއަކުން ވީޑިއޯ ތައް ދައުރު ވެއެވެ.
ވަހީދު
11 August 2022
ގެމަނަފުށީގައި ވެސް ކުނި މެނޭޖް ކުރަނީ ތިމާވެއްޓަށް ނުރައްކާވާ ގޮތަށް... އެކަމަކު އެންމެ ކޮލިޓީ މީހުން ކަމަށް އެރަށު މީހުން ހެދިގެން އުޅެނީ.
ޢެޑްމުންޑޯ
11 August 2022
ގެމަނަފުށިވިއަސް އަދި އެހެންރަށެއްވިއަސް ކުނިމެނޭޖް ކުރާގޮތާއި ބެހޭގޮތުން އެއްވެސް އީޕީއައި އިން ޖުރުމަނާކޮށް ފާޑެއް ނުކިޔޭނެ ، ސަބަބަކީ ކުނިމެނޭޖް ކުރާނެ ވަސީލަތްގާއިމް ކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ކުނިތައް ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާއިރު ، އެކަންނުކޮއް ދައްކާނެ ވާހަކައެއް ނޯންނާނެތީ ، ހލައާއި ހލަވެލު ރައްރަށުން ލިބޭނެ ނިޒާމެއް ގާއިމް ނުކޮށް ގޮނޑުދޮއްތަކުން ވެލިއަކިރި ނުގާށޭ ބުނީމާ އެކަން ހުއްޓޭނެތަ
އެހެންމީހުންގެ ބޮލަށްކަނޑާ ދިވެހިން
11 August 2022
އެޑްމުންޑޯއަށް. ކައުންސިލް އޮންނަނީ ކަމަކު. ހެދޭނެ ގޮތްގޮތާއިމެދު މަޝްވަރާކޮށް، ޕްލޭން ހަދާ ތަންފީޒު ކުރުމަކީ އެމީހުންގެ ޒިންމާއެއް. ކައުންސިލް އަކީ މުސާރަނަގާފަ ފަސޭހަގޮތަށް ކަންކުރަން ހުންނަ ބައެއްނޫން.
ނާފީ
11 August 2022
އީޕީއޭ އޮންނަނީ ޖޫރިމަނާ ކުރަން އެހެން ކަމެއް ނުކުރޭ
ސައިކް
11 August 2022
ނާފީ، ޖަމާއަތްތެރިން ތިބެނީ ހިނަވަންދޯ.؟ ބޯގޯސްވިއަސް ތީ ބޮޑުވަރު.
ފޭލި
11 August 2022
ބ.ކެންދޫ ކައުންސިލުގަ ތިބި ނާގާބިލް މީހުންވެސް ތި ކުނި އަޅަނީ މޫދަށް. ގޮސް ބަލާބަލަ
އެމްސް
11 August 2022
ވެން މަސް ވެނަށް! ކޮބާ ކުށްކުރި މީހުން ނުވަތަ ތިކަމަށް އިޙުމާލުވާ މީހުން؟ ކައުންސިލް ލާރިއަކަސް، ފިނޭންސް ލާރިއަކަސް ހަފުސްވަނީ ހަމަ ދައުލަތް!