ބޮލީވުޑްގެ ތަރި، ރާކީ ސާވަންތާއި އޭނާގެ ލޯބިވެރިޔާ އާދިލް ޚާން، ވީޑިއޯ ލަވައެއްގެ މަސައްކަތް ފަށައިފި އެވެ.
"ޑްރާމާ ކްއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނެށުންތެރިޔާ ރާކީ އާއި ވިޔަފާރިވެރިޔާ އާދިލް ރައްޓެހިވީ މީގެ ދެ މަސް ކުރިންނެވެ. އެ ޖޯޑު އުުޅޭ މަޖާގޮތުގެ ސަބަބުން ޕަޕަރާޒީންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ.
ދެ ތަރިން އެކުގައި ފުރަތަމަ ފަހަރަށް މިއުޒިކް ވީޑިއޯއަކުން ފެންނާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެ ލަވައިގައި ވިލެންއެއް ވެސް ފެންނާނެ ކަމަށްވެ އެވެ.
މިއީ އާދިލް ލަވައަކުން ފެންނަ ފުރަތަމަ ފަހަރެވެ. އޭނާއަކީ މީގެ ކުރިން ފިލްމީ އެއްވެސް މަސައްކަތެއްގައި އުޅުނު މީހެއް ނޫނެވެ.
ރާކީ މިހާރު ރައްޓެހިވެގެން އުޅެނީ އޭނާގެ ވަރަށް ދުވަސްވީ ރައްޓެއްސަކަށެވެ.