ޚަބަރު / މަރު

މަޝްހޫރު ލަވަކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ

11 އޯގަސްޓް 2022 - 22:36

11 comments

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހަންމަދު ހުޒާމް މިރޭ ނިޔާވެއްޖެ އެވެ.

އޭނާގެ މަރާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް އޭނާ އަކީ ފުއްޕާމޭގެ ބައްޔަކަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭސް ކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ ބެންގަލޫރުގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

ޓީވީއެމްގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުން، 1990ގެ މެދުތެރޭގައި އޭރު މާލޭ އިންގްލިޝް ސްކޫލުން ވާދަކޮށް، ދެ އަހަރު އެއް ވަނަ ހޯދައި، އޭގެ ފަހުން ފިލްމުތަކާއި އަލްބަމްތަކަށް ލަވަ ކިޔައި އޭނާ ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އެހެން ނަމަވެސް، ލަވައިގެ ދާއިރާގައި އޭނާ އަމަލީ ގޮތުން ނޫޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

ދ. ހުޅުދެއްޔަށް އުފަން ހުޒާމް، 48، އަކީ ރާއްޖޭގައި ވަރަށް މަޝްހޫރުވެގެން ދިޔަ ލަވަތަކެއްގެ އަޑުގެ ވެރިޔާ އެވެ. ލަވައިގެ ދާއިރާގައި 2000ގެ ކުރީކޮޅުން ފެށިގެން އޭނާ އަކީ އެންމެ ޑިމާންޑް ބޮޑު އެއް ލަވަކިޔުންތެރިޔާ ވެސް މެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، ފިލްމް "އުދާސް" އަށް ކިޔައިދީފައިވާ "މުޅި ޖާން ހިތާ" އަކީ މިހާރު ވެސް އެތައް ބަޔެއްގެ އެންމެ ހިތްއެދޭ ލަވަ އެވެ. އަދި "ދޮންކަނބުލޯ ނިދާލާށޭ"، "ތުއްތު މޫނާ"، "ވަކިވީ ލޯބިން" ކަހަލަ ލަވަތަކަކީ އާންމުންގެ ތެރޭގައި އަދިވެސް މަގުބޫލު ލަވަތަކެވެ. އޭނާ ވަނީ އެތައް ބައިވަރު ލަވަ ރެކޯޑްކޮށްފަ އެވެ.

ހުޒާމް އަކީ އިންޖީނިއަރިންގެ ރޮނގުން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ އެ ދާއިރާގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

އޭނާގެ މަރާ ގުޅިގެން، އޭނާގެ ރަހުމަތްތެރިންނާއި ފަންނާނުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. ބައެއް ޒުވާން ލަވަކިޔުންތެރިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ހުޒާމް އަކީ، ފަހުގެ ޖީލުތަކަށް ލަވައިގެ ދާއިރާ އިން ނަމޫނާ ދައްކައިދިން ފަންނާނެކެވެ. އަދި އޭނާގެ ހަނދާންތަކާ ދުވަހަކު ވެސް ވަކިވުމެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެ އެވެ.

ހުޒާމް އަކީ، ރާއްޖޭގައި ލަވައިގެ ދާއިރާގައި ވޯކަލް ޓްރެއިންނިން ހަދައިގެން ޕްރޮފެޝަނަލް ކޮށް ލަވަކިޔަމުން އައި ލަވަކިޔުންތެރިއެކެވެ. އޭނާގެ އެހީތެރިކަމާ އެކު، މި ދާއިރާ އަށް އެތައް ބައިވަރު ކުޑަކުދިންނާއި ޒުވާނުން ވެސް ނުކުތެވެ.

11 ކޮމެންޓް, 122 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 93%
icon angry icon angry 1%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިމްސް

14 August 2022

މުޅިޖާންހިތާ އެއީ ސިޓީގެ ލަވައެއް

The name is already taken The name is available. Register?

އަހަންމާ

12 August 2022

އަލީ ރަމީޒު ބުނީ އޭނަ މަރުވީމަ، އޭނަގެ މަރުގެ ޚަބަރު ގެނެސްދޭއިރު ކޮންމެސް ކޮންމެސް ނުޖަހައްޗޯ މަޝްހޫރު ލަވަކިޔުންތެރިޔެކޭ!

The name is already taken The name is available. Register?

ގ‫ަބުރިއެލް

12 August 2022

ކ‫ޮންމެ އިންސާނަކާ ވެސް މަރު ބައްދަލުކުރާނެ އެންމެ ހެޔޮ އިންސާނަކީ ދުރާލާ މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ މާތްﷲ މައްޔިތާއަށް ފާފަފުއްސަވައި ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަން

The name is already taken The name is available. Register?

އަހަންމަދާ

12 August 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! ވަރަށް ދެރަވެއްޖެ އަދި އަޅުގަނޑާއެކު މަސައްކަތުގެ މާހައުލުގައިވެސް އުޅެވުނު އަދި ފަހުންވެސް ބައްދަލުވެ އެކުވެރިކަން ބެހެއްޓެވި މާތް އިންސާނެއް.

The name is already taken The name is available. Register?

ޙުސެން މ.

12 August 2022

ވަރަށް ދެރަވެއްޖެ. ހާދަ ރީތި އަޑެކޭ. ހާދަ ރީތި ލަވަ ތަކެކޭ. އެއަޑުން ގެނެސް ދިން ހިތްހަމަ ޖެހުމަށްޓަކައި ހެޔޮ ގޮތް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

މީރާން

12 August 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! އާމީން. ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވުމަށް ވީހާ ވެސް ގިނައިން ހެޔޮ ދުޢާ ކުރައްވާށެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

12 August 2022

انا الله وانا اليه راجعون އަޅުގަނޑާއި އެކު އެއްތަނެއް ގައި އުޅުއްވި އިރު ހުޒާމް ވަރައް ބޮޑަށް ރަފީޢުގެ ލަވަތަށް ކިޔާއުޅުނެވެ. ކީއްވެތޯ ރަފީޢު ޚައްސަވަނީ ދެންނެވި ރަފީޢު ވަރައްގިނަ ނޯޓްސް ވަރަށް މޮޅަށް ކިޔާކަމަށެވެ. އެހެންވެ ވޯކަލް އަށް އެހާ ޝައުގު ބެހެއްޓެވީ ކަމުގަ ދެންނެވިދާނެއެވެ.

The name is already taken The name is available. Register?

ކޮށްދޭނަމޭ ދަންނަވާ ހެޔޮހާދުޢާ ދަންނަހާ

11 August 2022

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ މާތް اَللّٰه ހުޒާމްގެފާފަ ފުއްސަވައި, ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނަތުލްފިރުދައުސް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! اللهم آمين يارب العالمين? ހަނދާންވަނީ ހުޒާމްގެ ވަރަށް މަޝްހޫރުވި، ވަރަށްރީތި އެހައިމެ އަސަރުގަދަ ލަވައެކެވެ. "އިއްވާމަގޭ ޙާލު ފަސްދީފަ ދާއިރް، ވާނޭގޮތް ނޭނގޭތީ ގިސްލާ މަރޯއިރް، ކޮށްދޭނުހޭ ދަންނަވާ ހެޔޮހާދުޢާ ދަންނަހާ"

The name is already taken The name is available. Register?

ކަލްކީ ކަހާނީ

11 August 2022

ވަރަށް ބޮޑަށް ދެރަވެއްޖެ. ކްލާސްމޭޓަކަށް ވީތީ. މާތް ﷲ އޭނާގެ ފުރާނައަށް ރަޙުމަތް ލައްވައި ފާފަ ފުއްސަވައި ޖައްނަތުލްފިރުދައުސް ދެއްވާނދޭ!

The name is already taken The name is available. Register?

އައްޔާ

11 August 2022

انا الله وانا اليه راجعون

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454