ފިރިމީހާ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ރާމިޒާ އަލީ ކްރިމިނަލް ކޯޓުން ކުރިން ބޭއްވި އަޑުއެހުމެއްގައި --
21 އޮކްޓޯބަރ 2022 - 19:20
ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އަންހެނެއްގެ މައްޗަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ގދ. ތިނަދޫ، ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ، އޭނާގެ ފިރިމީހާ ހަސަން ލޫތު އާއި އިތުރު ބަޔަކާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ފައިސާ އިން މުއާމަލާތު ކޮށްފައި ވާތީ އެވެ.
މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެ އިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ އެވެ.
ރާމިޒާގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލީ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅަމަކަށް ގޮތެއް ނިންމަމުންނެވެ.
ރާމިޒާގެ ފަރާތުން ބުނީ، ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަތަކީ އޭނާއާ ގުޅުން އޮތް ގޮތެއް ބުނެދީފައި ނުވާ ކަމަށެވެ. އެ ހެކިތައް މައްސަަލައާ ގުޅުން ހުރި ގޮތެއް ބުނެދެވިފައި ނުވާ ކަމަށާއި އެ ހެކިތައް "ރެލެވަންޓް" ނޫން ކަމަށް ބުނެ އެ ހެކިތައް ބަލައިނުގަތުމަށް ރާމިޒާ އެދުނެވެ.
ހެކިތައް "ރެލަވަންޓް" ނުވާ ގޮތެއް ދިފާއަށް ބުނެ ނުދެވޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި ދިފާއުން ބަލައިނުގަތުމަށް އެދުނު ހެކިތަކަކީ މަސްތުވާތަކެތި ވިޔަފާރިކުރިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކެކެވެ.
މައްސަލަ ބޭރުކޮށްލަން ގާޒީ އަލީ އާދަމް ނިންމެވި ނިންމުމުުގައި ވަނީ ރާމިޒާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ސާބިތުކުރެވޭނެ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ މައްސަލައިގެ ސީދާ މައުލޫއާ ގުޅުން ހުރި ހެކިތަކަކަށް ނުވާއިރު، އެ ހެކިތަކުގެ މައްޗަށް މައްސަލަ ނިންމަން ބަލާއިރު، އޭނާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައި ވެ އެވެ.
އެހެންވެ، އަލީ އާދަމް ނިންމެވީ ދައުވާ މައުލޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ދައުވާ ބާތިލުކުރި އެވެ.
ދައުލަތުން ރާމިޒާގެ މައްޗަށް ކުރި ދައުވާގައި ވަނީ ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ. އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ. އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ. ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައި ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން ފުލުހުން ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000ރ. އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000ރ. ފެނިފައި ވެ އެވެ.
ރާމިޒާގެ ފިރިމީހާ އާއި އިތުރު ބައެއްގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިންގެ ދައުވާތައް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
22 October 2022
ތީގަ އެބައުޅޭ 3 މިލިޔަނެއްހާ ރުފިޔާ، އަދި ކޮބާ ފުލުހުނައް ނުފެނި ހުރި ފައިސާ، މީމާ ފެނުނުފައިސާ މިމައްސަލަޔާ ރިލަވަންޓެއްނޫން، ވީމާ ރާމިޒާ ދޫކޮއްލަދީ އަދި އަތުލި ފައިސާ ކޮޅުވެސް ޖެހޭ އިނަޓަރެސްޓު އާއެކު އޭނާޔާ ހަވާލުކުރަން
ގޯޕު
22 October 2022
ސީޕީ ހަމީދު މި ނިންމުމަށް ޓްވީޓެއް ނުކުރަންތޯ؟ ދަމަކުން ބަޑިއެއް ޖަހާހެން މައްސަމަލެއް ސާބިތުވާއިރަށް މި ވަރުގެ ބައެއް ނެތްކަމަށް ޓުވީޓުކޮށް ނަގަމުންދާއިރު، ތިމާމެންގެ އިހުމާލުންނާ ސިޔާސީ ވެރިންނާ ވިޔަފާރި ވެރިންގެ ނުފޫޒުގަ ޖެހިގެން ކިތައްކިތައް މައްސަލާގައިތޯ ދައުލަތުގެ ތި ދެ މުއައްސަސާ (ފުލުހުންނާ ޕީޖީ) މިހާތަނަށް ބޮލާފޮށޯ އެޅިފަ ހުރީ ވިސްނާލުން ރަނގަޅު. ފުއްޕާފަ ޓުވީޓުކުރާނީ އެވަރުގެ ޤާބިލުކަން ރައްޔިތުންނަށް ދެއްކުނު ދުވަހަކުން.
ސްމޭޝ
22 October 2022
ދައުވާ ބޭރުކުރިޔަސް، އެފައިސާ ތަކަކީ ޝައްކު އުފެދޭ ގޮތަށް ހޯދި ފައިސާކަން އެއަންހެން މީހާއަށް ނޭގޭނެ އެއްވެސް ގޮތެއް ނެތް! އެއި ތިފައިސާއަޚި އެއްދުވަހަކުން ދެދުވަހެއްގެ ކަމަކުން ހުރި ފައިސާއެއް ނޫންވީމާ.މޫނު ބުރުގާ އެޅިޔަސް އަދި މައުސޫމަކަމަކަށް ނުވޭ! މުހިންމީ މީހާގެ އަމަލު ތަކާއި ނިޔަތް ރަނަގޅު ކުރުން.
ވާނުވާ.
23 October 2022
ފިރިމީހާކުރާ ކަމެއް އަނބިމީހާއަށް ނޭނގި ހަމަ އޮވެދާނެ. ރައްޔިތުން މުސާރަ ދީފައި ޑްރަގު އެތެރެ ކުރުން ހުއްޓުވަން ބައިތިއްބާފައި ތިބޭ އެތައްފަށަލައެއްގެ މީހުންނަށް ތިކަންކަން ނޭނގޭއިރު ކިހިނެއްބާ އަނބިދަރިންނަށް އެނގޭނީ ޑްރަގުގެ ވިޔަފާރީގައި އުޅޭކަން؟
އެޑްމުންޑޯ
22 October 2022
ޑްރަގު މައްސަލަތަށް ދާނީ މިހެން ، އެއީ ބައި އަޅާ ބެހިގެން ދާ އެއްޗެއް
މިލިއަން2020
22 October 2022
މީނަ މިއަކީ ކުރިން މޫނު ބުރުގާ އަޅާ މީހެއްވެސް ނޫން.
ކަހެރުވައް
22 October 2022
ގެއަށް ވަންނަ ފައިސާއަކީ ހަލާލު ފައިސާތޯ ހުދު އަނބިމީހާވެސް ނުބަލާނެ.
ނުބައި
22 October 2022
އެތައް ބައެއްގެ އަނބިންނާ ބެހޭ ހަގީގަތެއް ބުނި މީހާ ނުބައިވީ. އެއީ އޭނަގެ އަމިއްލަ އަނބިމީހާ ކުރާ ކަމެއްކަމަށް ހަދާފަ ނިންމާލީ. އެކަން ކުރާ އެހެން އެންމެން އޯކޭ.
ނަމުގެ އިއްފަތް ތެރިކަން ދަމަހައްޓާ!
22 October 2022
ނަން ޖަހާއިރު އާންމުންނައް ނަން ފުރިހަމަކޮން ނުފެންނަގޮތައް ޖަހަން ފެނޭ. އާންމުންނައް ފެންނަ ސަފްހާ އެއްގަ ނަމަ ނަމުގެ ފުރަތަމަ އަކުރުގެ ފިލި އެކަނި ޖަހާނީ.
ވަޑިޔައްތޮކިނަބާ
22 October 2022
މިޤައުމުގައި ދެންް ދުވަހަކުވެސް އިންސާފު ޤާއިމުނުކުރެވިދާނެއެކޭ ހިއެއްނުވެއެވެ. ޤާނޫނުތައް ހެދިފައިހުރީ ޔަހޫދީންނާއި ނަޞާރާއިންގެ ޤާނޫނުތައް އަޞްލަކަށް ބަލައިގެންނެވެ. ކުށްކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބޭގޮތަށް ޝަރީޢަތް ހިންގޭ މުޖުތަމައެއްކަމުގައި މި މުޖުތަމަޢުވެސް މިހާރު މިވަނީ ވެނިމިފައެވެ. ޤައުމު ހަލާކުރަނީ އަހަރުމެންގެ މައްޗަށް ބަސްބުނަންތިބި ވެރިންނެވެ.
އަފްރާސިޔާބު
22 October 2022
ބަލަ ޝައިޠާނާ ވަސްވާސް ދީގެން ހަދާފައި ހުންނަ ހުޅަނގުގެ ކޮންމެ ގާނޫނަކީ ކުށްވެރިންނަށާއި ދައުލަތުގެ ވެރިންނަށް ފަހިވާގޮތަށް ހަދާފައިހުންނަ ގާނޫނޭ. އެ އިސްލާމީ ގައުމަކުން ބަލައިގަތީމާ ހިނގޭނީވެސް އެގޮތަށޭ. އެމީހުންގެ ގާނޫނުތައް ހަދާފައި ހުންނަނީ އެމީހުންގެ ވިސްނުމާއެއްގޮތަށް އުޅެންޏާ ކޮންމެ ކަމެއް ކުރިޔަސް ކުށްވެރި ނުވެފައި އެމީހުންނާ ދެކޮޅުނަމަ ކުށްނުކުރިއަސް ކުށްވެރިވާގޮތަށޭ. ރަޝިޔާ ޔުކްރޭން ހަނގުރާމަޔާއި ފަލަސްތީނު އިސްރާއީލު ހަނގުރާމަޔަށް ބަލާ
ކާޑޭ11
22 October 2022
މީގަ ޔަހޫދީންންކާ ނަޞާރާއިންނަކާ ކޮންކަމެއް. ބލ އެއްނު. ހަމަ އެއްކަލަ ކާޑު ޖަހާނުލާ ނުވޭދޯ.
ދޮންޑު
21 October 2022
ޢަސްތާ ކާޑުގެ ވިޔަފާރީގައިވެސް ދީނީ ބޭކަލުންނާ ކަންބަލުން ވެސް އުޅުއްވާތޯ. ދީން ނިވާފަތްގަނަޑަކައް ހަދައިގެން އުޅޭ މީހުނައް...
އެމްސް
22 October 2022
މިއީ %100 މުސްލިމް ޤައުމެއްކަމުން، މިތަނުގެ ހުރިހާ ބޭކަލުންނާއި ކަންބަލުންވެސް ވާނީ އިސްލާމުންނަށް!
އާދެ
22 October 2022
ހެދުން އެޅުމުގައި އެންމެ ފުރިހަމައަށް ދީންވެރި. އެކަމު ދީނުގެ އެންމެ ކުޑަމިންވަރުން ހަލާލު ހަރާމް ބެލުމުގައި އޭގެ އިދިކޮޅު.
ގަދަކަލޭ
23 October 2022
ކާޑުގެ ވިޔަފާރިއޭ ނުކިޔާ، މުޅިރާއްޖެއަށް ވާވަރަށް ކާޑުހޯދައިގެން އެންމެންވެސް ތިވިޔަފާރިގަމިހާރު އުޅެނީ. ކޮމެންޓް ކުރައްވާ ބޭފުޅާގެ އާާއިލާ ބޭފުޅެއް އަދި ދީނީ ދީނީ ބޭކަަލެކޭ ނުކިޔަސް އުޅުއްވާނެހެން އަޅުގަނޑަށް ހީވަނީ. ތިވިޔަފާރި ފެއްޓެވީ ހަމަ އިއްޒަތްތެރި އާއިލާތަކުގެ ބޭފުޅުން. ދީނާ، މީހަކު ލައިގެން ހުންނަ ހެދުމަކާ ތިޔާއޮތް އެއްވެސް ގުޅުމެއް ނެތް.
ޙިނި
21 October 2022
ޑުރަގު ވިޔަފާރި ފުޅާވަނީ ދައުލަތުގެ ކޯޓުތަކާހެދި.
އެމްސް
22 October 2022
ޓެކްސީދަތުރުތަކުގެ އަގު އަަދި ކިތަންމެ ބޮޑަސް އެއީވެސް ބަޔަކު ކާންބޯންކުރާ މަސައްކަތް! ހަމަ އެފަދައިން 2 ފަރާތުގެ ވަކީލުންނަށްވެސް މިދަޢުވާ މިހެން ކުރެވިދާނެ!