ކ. ހުރާ: ބޯޓުޔާޑެއް ހަދަން 100،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ރަށު ކައުންސިލުން ނިންމާފައިވޭ -- ފޮޓޯ: އެމްޓީސީސީ
23 އޮކްޓޯބަރ 2022 - 19:45
ކ. ހުރާގައި ބޯޓުޔާޑެއް ހަދަން 100،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، އެ ރަށުގެ ހުޅަނގުފަރާތުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ހެދުމަށް ބޮޑު ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ގިނަވެގެން 30 އަހަރަށް ކުއްޔަށް ދޫކުރާ އެ ބިމުގައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމާއި އަދި އެ އާ ގުޅުން ހުރި އެހެން ވިޔަފާރިތައް ވެސް ކުރެވޭނެ ކަމަށް ބުންޏެވެ. ބިން ކުއްޔަށް ހިފަން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ އަކަފޫޓަކަށް 1ރ. އެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއަދުން ފެށިގެން ބީލަން ކަރުދާސް ވިއްކާއިރު އަގަކީ 10،000ރ. އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 17 ގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ބުނީ އެ ބީލަމުގައި ބައިވެރިވެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.
ހުރާ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކޮންމެ ރަށެއްގައި ވެސް ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ ނިންމައި ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބުނު ރަށްތަކުގެ ތެރެއިން އެއް ރަށެވެ.
ސަރުކާރުން 2020 ވަނަ އަހަރު ހުރާގައި 23 ހެކްޓަރުގެ ބިމެއް ވެސް ހިއްކި އެވެ. އެ ބިން ބޭނުންނުކޮށް އަދިވެސް އޮތީ ހިއްކި ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްހަރީރާ
24 October 2022
ހުރާގައި ބިންހިންކާފައި މިވަނީ ބީޗެއް ހަދަން ޖާގަ ނުބާއްވާ، އެއީ އެތައް ޖީލަކަށް ދެވޭ އަނިޔާއެއް.
ނަން.
24 October 2022
ބިން ހިއްކަމުންގޮސް ރާއްޖޭގެ ގުދުރަތީ ރީތިކަން ދަނީ މުޅިން ގެއްލެމުން. މިއީ މަތީގަ އެއިން ފޮޓޯއިން ފެންނަ ރަށާ ދުނިޔެއަށް މަޝްހޫރު ރާއްޖޭގެ ގުދުރަތީ ރީތި ރަށްތަކާ އަޅާކިޔާލީމަ ފެންނަ މަންޒަރު. ޖަޒީރާ ރާއްޖެ ކޮންސެޕްޓުން ދެތިން ސަތޭކަ މީހުން އުޅޭ ރަށްރަށުގަގަވެސް ހުރިހާ ބަޔަކަށް ބޮޑު ގޯއްޗާއި އެހެން ހުރިހާ ކަމެއް ކުރަން ބިން ހިއްކަން މަޖުބޫރުވެ އެތަައް ބައިވަރު ރަށަކާއި އެރަށާއި ކައިރީގަހުރި ރަށްރަށްވެސް މިހެން ހަލާކުވެގެން ދާނެ.
ކޮބާތޯރައްކާތެރިކަން
24 October 2022
މީހުން ދިރިއުޅޭ ރަށްރަށުގަ ފައިބަރ ގްލާސް މަސައްކަތް ކުރަން ހުއްދަ ދޭއިރު، މި ޤައުމުގަ، ނެތޭ މަސައްކަތް ކުރާ މީހުންނާ އެ ރަށުގަ އުޅޭ މީހުންނަށް ލިބިދާނެ ޞިއްޙީ ގެއްލުންތަކުން ރައްކާތެރި ކުރުމަށް ޢަމަލުކުރާނެ މިންގަޑެއް އުޞޫލެއް. ދެން ހަމަ ކައުންސިލަށް ލާރި ލިބެންޏާ ކޮންމެ ކަމެއްވެސް ކުރަންވީ. ދެން ދައްކާނެ ކެންސަރު ގިނަވާ ވާހަކަ.
ސަލީމު އިދުރީސް
24 October 2022
އޮނަރަބްލް އަފީފު ދީދީ އެވިދާޅުވީ ބޮޑު ތެފުޅެއް! އަދި ތިކަމުން ދިމާވާނެ ސިއްހީ މައްސަތައް ބޮޑުވާނެ ކަމައް ބެލެވޭ ރާއްޖޭގަ ބޯޓު ބަނުމާ ބޯޓު މަރާމާތު ކުރާގޮތައް ބެލީމަ! ވައިގަދައިރު ފައިބަރު ގާނާ ކުނޑިތައް ލޮލަށާބޮލަށާ ރަށުތޭގަ ކައްކާ ބަދިގެ ތަކާހަޔައްފޯރާ! ތިތަންވެސް ވަކި ފެންވަރު ރަނގަޅުވާނެ ކަމުގަ ނުބެލެވޭ!
އޮނަރަބްލް އަފީފު ދީދީ
23 October 2022
ތިވަރުގެ ބިމެއް ރަށަށް މަދު ލާރިކޮޅެއް ލިބޭގޮތަށް އަމުދުން ރަށުގެ ރައްޔިތުންނަށް ވަޒީފާއެއް ކީއްކުރަންތޯ ނުސީދާކޮށްވެސް ލާރިއެއް ނުލިބޭގޮތަށް ދޫކުރުން ރަނގަޅެއްނޫން. # ތިއަށްވުރެން ރަނގަޅު ވާނެ ބީޗް ހިމެނޭ ގޮތަށް 5 ބުރީގެ ހަތަރު ވަރަކަށް ސިޓީ ހޮޓާ (ބިލްޑިންގެއްގައި 100 އެނދު) ހިމެނޭގޮތަށް ޓްއަރިޒަމް ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރާ ތަނެއް ހަދަން ފުރުސަތު ހުޅުވާލިޔަސް. ކައުންސިލަށް ކުލި ނުލިބުނަސް ރައްޔިތުންނަށް މަންފާކުރާލެއް ބޮޑުވާނެ.