ޚަބަރު / ހައުސިން، ލޭންޑް އެންޑް އާބަން މިނިސްޓްރީ

އާ އިމާރާތާ އެކު ތިން މިނިސްޓްރީއެއް ޑިސެމްބަރު މަހު ހުޅުމާލެއަށް

ހުޅުމާލޭ އޮފީސް އިމާރާތުގެ ކުރެހުމެއް.

ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް އަންނަ މަހު ނިންމައި، ޑިސެމްބަރު މަހު ބޭނުންކުރަން ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ އެ އިމާރާތް ހެދުމަށް ސަރުކާރުން ނިންމީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއް ކޮށްގެން، އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި ނިންމެވުމާ ގުޅިގެން ކަމަށެވެ.

އެހެންވެ މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭގައި އެތަން އިމާރާތްކުރާށެެވެ. ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތްކުރުމަށް ހަވާލުކުރީ 2019 ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާ އެވެ.

ހުޅުމާލޭ އޮފީސް އިމާރާތުގެ ކުރެހުމެއް.

މިނިސްޓްރީން ބުނީ 2020 ގައި އެ އިމާރާތް އަޅަން ފެށި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ ކަމަށާއި އެކަމަކު ދިމާވި ދަތިތަކަށް ފަހު އަންނަ މަހު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.

ޑިސެމްބަރުގައި މިތަން ބޭނުންކުރަން ފަށާއިރު ހަ ބުރީގެ އެ އިމާރާތުގައި ތިން މިނިސްޓްރީއެއް ހުންނާނެ އެވެ.

- ގްރައުންޑް ފްލޯ - ޕާކިން

- ދެވަނަ ފްލޯ - ޖެންޑާ މިނިސްޓްރީ

- ތިން ވަނަ ފްލޯ - ޓްރާންސްޕޯޓް މިނިސްޓްރީ

- ހަތަރު ވަނަ ފްލޯ - އެމެރިކަން އެމްބަސީ

- ފަސް ވަނަ ފްލޯ - ހަޔަ އެޑިއުކޭޝަން

- ހަ ވަނަ ފްލޯ - ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސް

މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓެވެ.

ސަރުކާރު އޮފީސްތަކަށް ހުޅުމާލޭގައި ހެދި އިމާރާތް ހުންނަ ތަން ފެންނަ ޗާޓެއް

އެ މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ބޮޑުވީ ހުރަވީ ބިލްޑިން ބޭނުން ނުކުރެވި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އިންޖީނިއަރުން ލަފާދިނުމުން އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުންނެވެ.

ހުޅުމާލޭ އޮފީސް އިމާރާތުގެ ކުރެހުމެއް.

މިއަހަރު ހުރަވީ ބިލްޑިން ތަޅާލާފައި ވާއިރު މި އިމާރާތުގެ ސްޓީލް ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ވެފައި ނެތް ކަމަށާއި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އޮފީސްތަކުގެ ފައިލްތައް ދިގު މުއްދަތަކަށް ރައްކާތެރިކުރުމަށް ޖާގަ ބޭނުންވާތީ އެ ސްޓީލް ސްޓްރަކްޗާ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިމަގުން ދެވޭނެ ތަނެއްގައި ފައިލް ރައްކާކުރުމުގެ އިމާރާތެއް އެޅުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

71 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 3%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީންތަ

26 October 2022

ބޮޑު ބިމެއް އެންމެ 5 ފްލޯއަށް. ބޯ ހަލާކު. ބިމިގެ ދަތިކަމޭ ކިޔައިފަ ބޮޑު ބިމެއް ބޭކާރު ކޮށްލީ. އެމެރިކާ އެމްބަސީއަށް 1 ފްލޯ އެއްކޮށް ދޭން ޖެހޭ ސަބަބަކީ ކޮބާ؟

The name is already taken The name is available. Register?

މަގޭވިސްނުން

27 October 2022

އެމެރިކާ އެމްބަސީއަށް 1 ފްލޯ އެއްކޮށް ދޭން އެއުޅެނީ އެފުލޯދީގެން ކުއްޔަށް މަހަކު ބޮޑުއަދަދެއް ކުލީގެ ގޮތުގައި ހޯދައިގެން ބިލްޑިންގު ބެލެހެއްޓުމުގެ ޙަރަދު ހޯދަން ކަންނޭގެ އެނޫން އެހެން ކަމެއް މަށަކަށް ނުވިސްނޭ އެމެރިކާ އެމެރިކާ އެމްބަސީއަށް 1 ފްލޯ އެއްކޮށް ދޭން ޖެހޭ ސަބަބެއް

The name is already taken The name is available. Register?

ރައްޔިތުސޮރު

26 October 2022

މިރާއްޖޭގައި ހުރި ރައްޔިތުންނަށް އެންމެ ފެންވަރު ދަށް ޚިދުމަތްދޭ 3 މިނިސްޓްރީ ތިދަނީ. ދެން ވާނެ ގޮތެއް ބުނާކަށް ނޭނގެ. ފޯނު ނުނަގައިގެން ޚިދުމަތް ނުލިބިގެން އޮޑިދޯނިފަހަރުގައި ނިދައިގެން މާލެއަށް އަންނަ މީހުން ދާން ތަންކޮޅެއް ދަތިވީމާ ނުދާނެ ކަން ނޭނގެ. މުވައްޒަފުންނަށް ބޮލަށް ފަސޭހަވާނެތާއެވެ.

The name is already taken The name is available. Register?

ޅިޔަނޫ

26 October 2022

ހަޔަރ އެޑިކޭޝަނާއި ނުބެހޭ! އަހަރުމެނަށް ކިޔެވޭގޮތް ހެދީ އެމީހުން!

The name is already taken The name is available. Register?

ހަޔަރ

27 October 2022

ތިޔަ ބުނާ ހަޔަރ އެޑިޔުކޭޝަން ނެތަސް ލާރިބަހާނެ ތަނެއް ހަދާލީމާ ކިޔަވަން ލާރި ލިބޭނެ. މިނިސްޓްރީއެކޭ ނުކިޔަސް ތިކަން ކުރެވިދާނެ. އެހެން ނޫނަސް ތިޔަ ބަހާ ލާރިން ގިނައިން ކިޔަވައިގެން ނުކުންނަނީ ޗިޕްސް. 90 އިންސައްތަ މީހުންގެ ކިބައިގައި ގާބިލުކަމެއް ނުހުރޭ. އޮންނަނީ ކަރުދާސްކޮޅެއް.

The name is already taken The name is available. Register?

ރޮޒޭރޯޒު

26 October 2022

އެމެރިކާ އެމްބަސޭ އަށް ކީއްވެ ފަންސަވީސް ހާސް އަކަފޫޓު އޮފީސް ސްޕޭސް ދޭންޖެހެނީ މިއޮތް ބިމުގެ ދަތިކަން ބޮޑު މާލެސަރަހައްދުގަ ބޮއި ހަލާކު

The name is already taken The name is available. Register?

ހޫދް

26 October 2022

ރޮޒޭރޯޒު ޢަކީ އެމްބަސީ އޭރިއާ ކަލްކިއުލޭޓަރެއްތޯ؟

The name is already taken The name is available. Register?

ހަސަންދީ

26 October 2022

ޑުބާއީ ގޮތައް ސަރުކާރު އޮފޫސްތަކާއި ބޭންކް ތަކައްވެސް ގެންނަންވީ ޕިލިޕީންސް ކުދިން އޭރުން ރަގަޅު ސާވިސް ދެވޭނެ، %90 ޒުވާނުން ވަޒީފާއަށް ދަނީ ދާހިތަކުންނެއްނޫން...

The name is already taken The name is available. Register?

އެމްސް

26 October 2022

ދެން، ސާވިސް ހޯދަން/ކަސްޓަމަރުން ގޮތުގަ އިތިއޯޕިއާ އާއި ކެންޔާއިން މީހުން ގެނައުން ކިހިނެއް؟

The name is already taken The name is available. Register?

ބަރާބަރު

26 October 2022

މިއީ މިހާތަނަށް ފެނުނު ކޮމެންޓްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކޮމެންޓް. މިހާރު އޮފީސްތަކުގައި މިތިބި ކުދިންނަށް ދަރިންބެލުމުގެ އެލަވަންސް ދީފައި ގޭގައި ބައިތިއްބަންވީ. އޭރުން ގެޔަށް ގޮސްގެން ދަރިން ބަލަންޖެހިގެން އޮފީސްތަކުގައި ޚިދުމަތް ނުދެވިއެއް ނޯންނާނެ. ބޭރުން ކުދިން ގެނައިމާ ހުރިހާ ޚިދުމަތެއް ބަރާބަރަށް ޚިދުމަތް ލިބޭނެ.

The name is already taken The name is available. Register?

؛ޖލހކހފދދދ

26 October 2022

ތަންކޮޅެއް އުސްކޮށް ހަދާލިނަމަ!

The name is already taken The name is available. Register?

އެމްސް

26 October 2022

14 ބުރިއަށް ހަދާފަ، ތިރީ 4 ބުރި ޕާކިން އަށާއި ސާވިސް/ޚިދުމަތް (ބޭންކް/ސުޕަމާކެޓް/ކެފޭ/ފޯން ޚިދުމަތް ފަދަ ކަންކަމަށް)، ބާކީ އޮފީސްތަކަށް!

The name is already taken The name is available. Register?

ތެތްކަމެއްނެތްބޮލެއް

26 October 2022

ކަނޑުން ބައެއްދޫކޮށްލިގޮތަށް ޖައްވާ ފަޒާޔާ ހަމައަށް އޮތްބައިވެސް ދޫކޮށްލީތޯ؟ ދުނިޔޭގެ ބިންބޮޑެތި އެހެންގައުމުތަކުގައިވެސް އޮފީސްއިމާރާތަކީ ވީހާވެސް އުސްކޮށް ހަދާތަންތަން.

The name is already taken The name is available. Register?

އެމްސް

26 October 2022

މިއީ ދުނިޔެއިން ބޭރު/ރާއްޖެތެރެ، މިތަނުގަ އެޕާރޓްމެންޓް ހަދާނީ ވީހާވެސް ކުދި ލިފްޓް ލާފަ/އުސްކޮށް، ބަލި މީހުން ހެލިކޮޕްޓަރުގަ ބާލާގޮތަށް! އޮފީސްތައް ހުންނާނީ 4 ބުރިއާއި 6 ބުރިއަށް!

The name is already taken The name is available. Register?

ބާލިދީ

26 October 2022

ފަހުން އަނެއްކާ އުސްކުރާނީ. އިންޕްރާ ސްޓްރަކްޗަރ ހަދާފަ ތަޅާ ރިއަލްއެސެޓް ބޭކާރުކުރާ އެއްވަނަ ގައުމު ދިވެހިރާއްޖެ!

The name is already taken The name is available. Register?

މހލދބ

26 October 2022

ޢޮފީހަކުން ދޭ ހިދުމަތާ މަސައްކަތް ކުރާ އިމާރާތާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ، ޖާގަ ބޮޑު ހިތްފަސޭހަ އިމާރާތެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ފެންވަރު ރަގަޅު ހިދުމަތްތަކެއް ލިބޭނެ ކަމުގައި ރައްޔިތުން އުންމީދުކުރޭ ނަަމަވެސް ގިނައިން ކަންހިނގަނީ ދިމާ އިދިކޮޅަށް.

The name is already taken The name is available. Register?

އެމްސް

26 October 2022

ފެންވަރު ހުންނަންވީ ޢިމާރާތަކު ނޫން، ޚިދުމަތްދޭ މީހުން ގައިގަ!

The name is already taken The name is available. Register?

ހާމިދު ޝާހިދު

26 October 2022

ޔާމީން ސަރުކާރުގައި، 2 ބުރީގެ އިމާރާތެއް މާލޭގައި އަޅަން އުޅެ، ފިނޭންސް މިނިސްޓްރީ ވަށައިގެން ހުރި ބިލްޑިންގ ތައް ތަޅާވެސްލި. އެކަމަކު ފަހުން އެ މަޝްރޫޢު ހުޅުމާޅެއަށް ބަދަލުކުރި. އެމަޝްރޫޢު އެހެން އޮއްވާ، 6 އެއްކަ ބުރީގެ ކޮން އިމާރާތެއް މިއެޅީ. ގައިމު 25 ބުރީގެ އިމާރާތް އެޅުނުނަމަ، ސަރުކާރުގެ 90 އިންސައްތަ އޮފީސްތައް އެއް ފުރާޅެއްގެ ދަށަށް ގެނެވުނީސް.

The name is already taken The name is available. Register?

އެމްސް

26 October 2022

ލާމަރުކަޒުވެ ނިމޭއިރު އެކި މިނިސްޓްރީ ހުންނަންވާނީ ރާއްޖޭގެ އެކި ހިސާބުތަކުގަ! ވަޒީފާގެ ފުރުސަތުތައް ލާމަރުކަޒުވާނީ އޭރުން!

The name is already taken The name is available. Register?

ވ ސަލާމް

26 October 2022

ތހިތަން ެސް ކުރު މުއްދަތެއްގަ ތަޅާލަން ޖެހޭގޮތަށް ތިއެޅީ 6 ބުރިއަށް އެންމެ ކުޑަމިނުން 10 ބުރިއަށް އެޅިނަމަ އިތިރު އޮފީސް ތަކެއް ތިތަނަށް ގެންދެވުނީސް ނޫންތޯ؟ އެންމެ 3 އޮފީސްތޯ ބޮނދުކުލި ދައްކައިގެން ތިއުޅެނީ ބަލާލަބަލަ ޑީޖޭޖޭ ކިތަށް ލައްކަތޯ އަމިއްލަ މީހަކަށް މަހަކު އެދަޢްކަީ މިހެނެގޮސ ކިތަށް އޮފީސް ތީ ކުލިދައްކައިގެން ތިބީ ބޭކާރު ޚަރަދު ސަރުކާރުން ކުރަނީ ދުރަށްނުވިސްނާ ރައްޔިތުން ތެރެއިން ނަގާ ކޮމިތީ އަކުން ކޮންމެ ދެއަހަރަކުން ގައުމިހިންގަންވީ

The name is already taken The name is available. Register?

އެމްސް

26 October 2022

އަވަހަށް ތަޅާލަން ޖެހެނީ ޢިމާރާތްކުރެވޭ ފެންވަރު ދަށްވެގެން، ސިނަމާލެ 1 އަދި 2 މިހާރު އެހެރީ ތަޅާލަންވެފަ!

The name is already taken The name is available. Register?

މުރީދު

26 October 2022

އިނގިރޭސި އަކުރުން ނަންބޯޑު ހަދާފަހުންނަ ޚިދުމަތް ދިނުމުގަ ދޯހަޅި ވަމުން ދާކަން އެބަފާހަގަވޭ ފޯނެއް ނުަނަގާ

The name is already taken The name is available. Register?

އެމްސް

26 October 2022

ޚިދުމަތް ރަގަނޅުވާނީ މީހުންގެ ފެންވަރު ރަގަނޅުކޮށް މީހުން އިތުރުކޮށްގެން! އިމާރާތަކީ މާފަހުން އަންނަންޖެހޭ ކަމެއްކަން 25 ބުރީގެ ހޮސްޕިޓަލް ޢިމާރާތުންވެސް އެނގޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454