އެމްއެންޕީގެ ރައީސް އާއި ޕާޓީގެ އިސް ބޭފުޅުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ސަރުކާރު ޒިންމާދާރުކުރުވުމުގެ ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަަމަށް އެމްއެންޕީން ބުނޭ. -- ފޮޓޯ | މިހާރު
01 ޑިސެމްބަރ 2022 - 18:56
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން އެ ކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މި މަހުގެ 14 އެވެ.
އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެމްއެންޕީގެ އޮފީހަށާއި އެ ޕާޓީގެ ރަސްމީ މެއިލަށް ވެސް ހުށަހެޅޭނެ ކަމަށް އެމްއެންޕީން ކުރި އިއުލާނުގައި ވެ އެވެ.
ދާދި ފަހުން ފާސްކުރި އެމްއެންޕީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް ނާޒިމް ވަނީ އިއުލާނު ކުރައްވައިފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ މެންބަރުންގެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް އެ ޕާޓީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެ ޕާޓީގައި މިހާރު 10،000 މެންބަރުން އެބަތިބި ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަރަބޯ ސަރ
03 December 2022
ޕާޓީ މޮޅުކޮއްލަން ބާރައްދުއްވަން އޮއިލް ކިޔާ ތެލެއް އެޅިޔަކަސް ނުދުވާނެ. އުފެދުމުގަވެސް ދުންއަރާފައޮތް އިންޖީނެއް.
ރޯޒަސް
03 December 2022
އެމްއެންޕީ ޕާޓީ ތޯ ނުޏީ އާރސީސީ ޕާޓީތޯ؟
މހއމދބ
03 December 2022
ތީ ޕާޓީ އަކީ ނާޒިމް އާއި ރިޔާޒުގެ ހަރު މުދާގަޑެއްނު..އެއީ ހަމަ ނަމަކަށް ކުރި ކަމެއް ނާޒިމް ނޫން މީހަކު ކުރިމަތި ނުވެސް ލާނެ ފަހުވަގުތު ތީ ޤައުމަށް ޙަރާމް ކޯރުވެފައި ތިބި ބައެއް .. ވަރަށް ސަލާމް
އަބޫސި
03 December 2022
ޝައުގުވެރިކަމެއް ނެތް.. ވެފުން
ދި ގަރލް ޔޫނޯ
02 December 2022
އަދި ޕާޓީ ފިޔަނުފަޅާ މިހާރުވެސް ސަރ ފަހަތުން އެނބުރޭ ވަހުތާނެއްހެން .. ގ ލަކް
ވެލާ.
02 December 2022
ކޮއްކޮ އމޑޕ ގަތަ؟
ވިކުރާމު
02 December 2022
ދުނިޔެއަށް ހުޅުވާލާ
ވެބޫ
02 December 2022
އުރަތްޕެއް ނެތް .. ވ ސަލާން
ހީރަސް
02 December 2022
ޕީޕީއެމް އާ އެމްޑީޕީ ނޫން ބަޔަކު ބޭނުން
ޢެމެރިކާ
01 December 2022
ކަޑަ ޕާޓީއެއް