ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރަކާ ސަލާމް ކުރައްވަނީ.
13 ޖެނުއަރީ 2023 - 18:13
ރާއްޖޭގެ ތަރައްގީގެ އެންމެ އިސް ސަފުގައި އަބަދުވެސް ތިބީ އައްޑޫގެ މީހުން ކަމަށާއި އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވެސް އައްޑޫގެ މީހުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައުރީފު މިއަދު އޮއްސާލައްވައިފި އެވެ،
"މި ޕާޓީ ވުޖޫދުވެގެން އައި އިރުގައި އައްޑޫ ސިޓީގެ ރައްޔިތުން ވީ ގުރުބާނީ އަޅުގަނޑު ހަނދާން އެބަހުރި. މިއަދު ވެސް އައްޑޫ ސިޓީގެ މެމްބަރުން ތިބީ މި ޕާޓީއާ އެކީގައި އެ ގޮތުގައި،" މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް މިއަދު ހަވީރު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ޖަލްސާގައި އެ ރައީސް ވިދާޅުވި އެވެ.
ރައީސް ވަރަށް ސާފުކޮށް ވިދާޅުވީ، އައްޑޫގެ މީހުން ނެތި އެމްޑީޕީ ދެމިނޯންނާނެ ކަމަށެވެ.
"މިއަދުގެ، މި ވަގުތުގެ ހާލަތަށް ބަލާއިރު ކުރިއަށް މި އޮތް ޕްރައިމަރީގައި އެއް ދާއިރާއަކުން އެއް ރަށަކުން އެންމެ ގިނަ ބަޔަކު ވޯޓުލަނީ އައްޑޫ ސިޓީން. މިކަމުން އެކަނި ވެސް އައްޑޫ ސިޓީ އާއި އެމްޑީޕީ އާއި އިސްލާހީ މަސައްކަތާ އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެންދޭ،" އެމްޑީޕީގެ އެންމެ އިސް ލީޑަރު ވިދާލުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ.
ރައީސް ވިދާޅުވިގޮތުގައި، ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފާހަގަ ފުރަތަމަ ޖެހެން ޖެހޭ ތަނަކީ ވެސް އައްޑު އެވެ.
"އައްޑޫ ސިޓީ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީއެއް ނުވާނެ. އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް. މިއީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އައްޑޫގެ ތަރައްގީގެ ޕްލޭން އެކުލަވައިލީ އައްޑޫ މީހުން ކަމަށެވެ. ރައީސް ވިދާޅުވީ، 2018 ގެ ކެމްޕެއިންގެ ފަހު ޖަލްސާގައި އައްޑޫގައި ވިދާޅުވި ފަދައިން އައްޑޫގެ ޕްލޭން ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން ފޭދޫގައި ބައެއް ސަޕޯޓަރުންނާއެކު.
"ދެންމެ [މޭޔަރު] ނިޒާރު ވިދާޅުވި ފަދައިން މި ސިޓީގެ 100 ކިލޯގެ މަގު އެ ދަނީ ހެދެމުން. ފެން ހިންދާ ނިޒާމާއި ޕޭމަންޓާއެކުގައި ކުރިއާ ހިލާފަށް. މިއީ ލިންކް ރޯޑަށް ފަހު މި ސިޓީގައި ކުރެވޭ ތަރައްގީގެ އެންމެ ބޮޑު ޕްލޭން. މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އައްޑު އަށް ބިން އިތުރުކޮށް، ޓޫރިޒަމްގެ ކަންކަން ފެތުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެ އެވެ. އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިގައިވާ ގަން އިންޓަނޭޝަނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ޓެކްނިކަލް އިވެލުއޭޝަން ނިމި މިހާރު އޮތީ ފައިނަލް އިވެލުއޭޝަންގައި ކަމަށެވެ. އެ މަސައްކަތް ލަސްތަކެއް ނުވެ ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އައްޑޫގައި ވަކިން އޮތް ތިން ރަށުގެ ބަނދަރު ނިމި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް އަންނަނީ ނިމެމުން ކަމަށެވެ. އެއާއެކު އައްޑޫގެ ކަރަންޓު ވިއުގަ މުޅިން ބަދަލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އައްޑޫގެ މީހުންނަށް ތަރައްގީގެ ވާހަކަ ދެެއްކެވެން ފެށޭވަރުވީ "އަދި ކިރިޔާ" އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
"އަޅުގަޑު އަބަދުވެސް ދަންނަވަން ތަރައްގީގެ ވާހަކަ ދައްކަން ފައްޓަން ވާނީ ގައިން ތާހިރު ވެގެން ތިބެގެންނޭ. އަދި ކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ކިރިޔާ ދައްކާލެވޭ ވަރުވީ. ކުރީގެ ސަރުކާރުތަކުން އެބަހުރި ޕްރޮޖެކްތައް ހިންގަން އުޅެފައި. މި ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ކަންތައްތަކެއް ހިންގި. އެހެން ނަމަވެސް ކިހިނެއްތޯ ވީ؟ ކިތައް އަހަރު އަޅުގަނޑުމެން އެ ކަމުގައި އުޅެން ޖެހުނުތޯ؟،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ހިންގި ކަންކަމަށް ފާޑުވިދާޅުވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އެހެން ކަންކަން ދިމާވަނީ ޕްލޭނެއް ނެތި ކުއްލިކުއްލި އަށް ކަންކަން ކުރަން އުޅުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭވާހޮޅިން ކުރީ ވައްކ
14 January 2023
ކޮންމެ އިންތިހާބަކަށް އައްޑުއަކީ ހަބެއް ކަން ނިމުނީމަ އެްއީ ބަނބެއް
ވިޖޭ
14 January 2023
ވަރައްފަސޭ ހައިން ހައްދާލެވޭ ބައެއްތީ
ހުދުހުދުބ
14 January 2023
އައްޑޫ އޮތް ތަނެއްކަންވެސް އިނގެނީ ވޯޓު ކައިރިވީމާ
ގާބިލު
14 January 2023
ތިޔަހެން ކޮންމެ ވެރިޔަކުވެސް އައްޑޫ މީހުން ހައްދާނެ ކޮންމެ ކެމޮޕޭނެއްގަ... އަކަމު މިފަރަހު އެހެނެއް ނުވާނެ ކަޑަޔަަކައް ނުގުޑާނެ
ނާގާބިލު
14 January 2023
ގުޑާނެ.. އައްޑޫ މީހުންނަކީ އެންމެ ފަސޭހައިން ހެއްދޭމީހުން. އަފުން މަފުން ކިޔައިގެން އުޅެނީ އަނގައިން. ކަމުން ހަމަ މާލޭ މީހާގެ އަޅެއް
ޢިއްޒަތްތެރި ރައީސްއެވެ
14 January 2023
ވަކިބަޔަކު ރުއްސަން މާބޮޑަށް ރިއެކްޓްވާ ނުހެއްދެވުން ރަނގަޅީ. ކިތަންމެ އުޅުއްވި އަސް އެންމެންގެ ރުހުމެއް ނުލިބޭނެ. މިހާރު މުޅި ކްރެޑިޓް ތިޔަދެއްވީ އައްޑުއަށް އެހެން ކަންކޮޅުތަކަށް ބޭއިންސާފު. ކީއްވެބާ ބެލެންސް ތައުރީފު މިޒަމާނުގައި ވެރިން ވެސް ނުދަންނަނީ ބަޔަކު ރުއްސަންވެސް ވާހަކަ ދައްކަން ވަނީ ދެންތިބި މީހުނާ ކުރިމަތިލާފައި ކުރީގެ ވާހަކަ ބާތިލުކޮށްފި ހިނިތުންވެވޭ މިންވަރު ގައި. މީ މިގައުމުގެ އެންމެން ވެސް އަލުން މުރާޖަޢާކުރަން ވެއްޖެ އުސޫލެއް.
ާއަދިތިނަަދޫ
14 January 2023
އަދި ތިނަދޫވެސް އެބައޮތް ފަހަށް ބާއްވާފަ. ތަރައްގީގެ ނާރެހޭ ކިޔަން. ދައުރުނިމެނީ އަދި އެއުޅެނީ ތިނަދޫ ކަޅުފަސް ތަނުގައި ފައި ނުޖެހިގެން.
ހޮޅިވާހަކަ
14 January 2023
ހުސް ވާހަކަ. ދެކުނުގެ ތަރައްގީއަށް ހުރަސް އެޅުން ފިޔަވާ އިތުރުކަމެއް ނުކުރޭ
އެމްސް
14 January 2023
"ތާހިރު ދިރިއުޅުން"، "ތަރައްޤީވާންވީ ރަޢިއްޔަތުމީހާ/ރަޢިއްޔަތުމީހާގެ ޖީބު" މިއީ ހައްތާވެސް ނަޝީދުގެ ކްލެސިކް ބަސްބަސް! ތަރައްޤީގެ އެއްވެސް ތަސައްވުރެއް އިބޫގެއެއް ނެތް! ބިން ހިއްކާ، ޓްއަރިޒަމްގެ ވާހަކަ ދެއްކެނީ އެހެންވެ! ދައްކަންވީ ހިކިބިމުގަ މިހާރުވެސް ތިބި މީހުން ފުދުންތެރިކުރުވާނެ އަވަސް ގޮތްތަކެއްގެ ވާހަކަ! ޕްލޭނެއް ނެތި ކުއްލިއަކަށް ރިއެކްޓް ކޮށްގެން ލިބޭނެ ކާމިޔާބެއް ނެތް! ދިވެހިރާއްޖެއީ މާލެ އެކަނި ނޫންކަން ފުރަތަމަ ދައްކަދިނީވެސް ނަޝީދު!
އަމީތާބުތުއްތުދީދީ
14 January 2023
ކަލޭމެން ކަމެއްކޮށްދެންޏާ މޮރިސަސް ބޯޑަރު ކުރަހާއިރު ހުވަދޫކަނޑު މެދަށް ރޮނގު ޖައްސާލަބަލަ ކޮންމެ 5 އަހަރަކުން އައްޑޫމީހުން އެއްކޮށްގެން އަރިކަނަޓޭނުކިޔާ.
ދަގަތްފާނު
14 January 2023
ދައްކާ ވާހަކައަށްވުރެ ހިސާބުއަކުރުން ފެންނަންހުންނަ ކަންކަމަށް ބެލުން އައުލާކަން ބޮޑީ، ދައުރުގަ ބަޖެޓުގޮތުގަ 180 ވަރަކަށް ބިލިއަން ރުފިޔާ ހަރަދުކުރެވޭއިރު އާބާދީގެ ނިސްބަތުން އައްޑޫއަށް އޭގެ %15 ހަރަދުކުރިތޯ ބަލާފަ ނުކޮށްހުރިއްޔާ ތިތަނަށް ނުދާންވީ، 2 ބިލިއަން ހަރަދުކުރީމޭކިޔާފަ ފޮނިކަނޑަންޏާ ހަނދާންކޮށްދޭންވީ އާބާދީގެ %15 މީހުނަށް ހައްގުވަނީ ދައުލަތަށްލިބޭ އެއްޗެއްގެ %1 ނޫންކަން.