ޚަބަރު / ގެއްލިގެން ހޯދާ މީހުން

އާސިރު ފެނުނީ އެއާޕޯޓު ޓާމިނަލުގެ ގޮނޑިއެއްގައި އިންދާ

އާސިރު އިސްމާއިލް.

ވީނުވީ ތަނެއް ނޭނގި ގެއްލިގެން މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ހޯދަމުން އައި މުހައްމަދު އާސިރު އިސްމާއިލް ރޭ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގެ ގޮނޑިއެއްގައި އިށީގެން އިންދާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

އާއިލާ އިން އާސިރު ގެއްލިގެން ރިޕޯޓްކުރީ ހުޅުމާލޭގައި ވަޒީފާ އަދާކުރާ ފިހާރައަށް ދާން ގެއިން ނުކުތް ފަހުން ހަބަރެއް ނުވެގެންނެވެ. އެކަމަކު އެ ރޭ އޭނާ ހުޅުމާލެއަކަށް ނުދެ އެވެ.

އެހެންވެ އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ އެންމެ ފަހުން ފެނުނީ ބޮޑުތަކުރުފާނު މަގުން، ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވީއައިއޭގެ ޓާމިނަލަށް ވަދެގެން ދަނިކޮށެވެ.

އޭނާ ހޯދަން މާލޭގެ އެކި ސަރަހައްދުތަކާއި އެއާޕޯޓްގެ ކެމެރާތައް ބެލިއިރު ފުލުހުން ވަނީ އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖެ ތެރެއަށް ވެސް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ކުރިން ބުނެފަ އެވެ.

ގާތްގަނޑަކަށް ދެ ހަފްތާ ފަހުން އޭނާ ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އާސިރުގެ އާއިލާގެ މީހަކު ކިޔައިދިން ގޮތުގައި އާސިރު ފެނުނީ އިންޓަނޭޝަނަލް ޓާމިނަލުގެ ގޮނޑިއެއްގައި އިށީނދެގެން އިންދަ އެވެ. އޭނާ ފެނުނުއިރު ލައިގެން ހުރީ ގެއްލިގެން ރިޕޯޓްކުރިއިރު ވެސް ލައިގެން ހުރި ހެދުން ކަމަށް ވެސް އޭނާ ބުންޏެވެ.

އާސިރު އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކާތީ، މި ހުރިހާ ދުވަހަކު އޭނާ އިނީ އެތަނުގައި ކަމެއް ނުވަތަ އެހެން ތަނެއްގައި ކަމެއް އަދި ނޭނގެ އެވެ.

އާސިރު ފެނުމާ އެކު އެންމެ ފުރަތަމަ ގެންދިޔައީ ވެސް ހޮސްޕިޓަލަށް ކަމަށް އެނގިފައިވެ އެވެ.

ރޭ ފުލުހުން ބުނެފައިވާ ގޮތުގައި އާސިރު ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އާސިރަކީ ސިކުނޑީގެ އުނިކަމެއް ހުންނާތީ ބޭސް ބޭނުންކުރާ މީހެކެވެ. އެކަމަކު އޭނާ އުޅެނީ ހަމަ "ނޯމަލް" މީހެއްގެ ގޮތުގައި ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

29 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 24%
icon angry icon angry 7%
icon wow icon wow 55%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

19 February 2023

ސީސީ ޓީވީން ޢެރާފޯޓައް ވަންތަން ފެނޭ ދެން ގެއްލުނީ. ދެން ގުލުހުން މުޅި މާލެޔާ ވިލިގިއްޔާ ހުޅުމާލެ ބެލި އިރުވެސް ނުފެނުން.

The name is already taken The name is available. Register?

ފިނރުޓޭ

19 February 2023

ކޮބާހޭ ނޯމަލް ވެފަ މި ބުނީ!

The name is already taken The name is available. Register?

1206

18 February 2023

އަދާލަތު އިމްރާނު އުޅުނީ މި ކަމުގައި ވެސް ދޮގު މަކަރާއި ހީލަތް ހަދައި އޮޅުވައިލައިގެން ނުހައްގު ތައުރީފާ ސަނާ ލިބިގަންނަން. ކިޔައިގެން ހުރީ ބަނޑޭރިން ބޭރުގައި ހުރި އެއްޗެއް ބާއޭ މަ ހިތަށް އަރާފައިބާ. ލަދު ކަންފުކެެއް ވެސް ނެތް އަޖައިބު ހީވޭ. ޚަބަރުތައް ބުނާ ގޮތުން، އާންމު މީހަކަށް ފެނިގެން އާސިރު ކަމުގައި ހީވެގެން ވައިބަނދަރު ފުލުހަށް ރިޕޯޓު ކުރީ. 'މިހާރު'ން ބުނީ ފުލުހުން "150 ގަޑިއިރުގެ ކެމެރާ" ބަލައިގެން ވެސް، އާސިރު ހޯދައި ނުފެނުނު ކަމަށް.

The name is already taken The name is available. Register?

އިސްމާލި

18 February 2023

އޭނާ ފެނުނު ތަނެއް ފުލުހުން ނުބުނާނެ ދޯ. ފުލުހުންނާއި ސިފައިން އެންމެ ގަދައަށް ބަލަހައްޓާ ތަނުގެ އެތެރޭން ވިއްޔަ 12 ދުވަސް ފަހުން އެ ފެނުނީ. އެންމެ މަޖާ ތަންކޮޅަކީ ސީސީ ފުޓޭޖް އިން ފެނެއޭ އޭނާ އެތަނަށް ވަންނަ ތަން ވެސް. އެކަމުވެސް މި މީހުންގެ މޮޅުކަމުން އެތާ އެތެރެ ބަލާލަން ހިތައް ނޭރި.

The name is already taken The name is available. Register?

އުދުހޭ

18 February 2023

މިއޮއްހުރިހާ ދުވަހު އޭނާ ކައިބޮއި ނިދާހެދީ ކިހިނެތްބާ؟

The name is already taken The name is available. Register?

ބައިކިލޯ

18 February 2023

އެހެންމީހުންވެސް ކައިބޮއި ހަދާ ހަދާގޮތަށް. އެބަހީ އަނގައިން ކައިބޮއިހަދާ ދެލޯމަރައިގެން ނިދުން.

The name is already taken The name is available. Register?

އަފްރާސިޔާބު

18 February 2023

އޭނާއަށް ކާންގެނެސްދީ ފާޚާނާ ކުރުވައި ނިންދަވާ ހެދީ އޭނާގެ ޖިންނި. އޭނާ އެއަރޕޯޓްގެ ތެރޭގައި އުޅުނު މުހިންމު ތަންތާނގައި ސީސީ ޓީވީ ކެމެރާތައް ނުހުންނާތީ ކެމެރާއަށްނާރަނީ. އަދި އޭނާ ކާން އިންނަ ތަންތަންވެސް ހުންނަނީ އެހެންމީހުންނަށް ނުފެންނަ ގޮތަށް ރަސްދު ކުރެވިފައި. ޢެބަހީ ޓެކްނޮލޮޖީގެ ޒަރީއާ ބޭނުންކޮށްގެން ގެއްލުވާލާފައި.

The name is already taken The name is available. Register?

ބައްސަމް

18 February 2023

ސިކުޑީގެ އުނިކަމަކަށް ބޭސް ކެޔަސް ބަލިމީހުންގެ ކަންކަން އާއިލާއިން ތަންކޮޅެއް ރަގަޅަށް ބަލަންޖެހޭނެ

The name is already taken The name is available. Register?

ވަހީދުބ

17 February 2023

ދިވެހިން އަލިކަމެއްނެތި އަނދިރީގައި އުޅުނު ދުވަސްވަރު ހިތްބިރުގެންފައި ތިބޭތީ މިޒާތުގެވާހަކަތައް ދައްކާ، އަދި އެވާހަކަތައް ގަބޫލުވެސް ކުރޭ. އެކަމަކު މިޒަމާނުގައި މީހުންނަށް ނުފެނި ކައިބޮއި ނިދާހަދާފާނެ ކަމަށް ގަބޫލު ނުކުރާނެ

The name is already taken The name is available. Register?

ބަހަބަރު

17 February 2023

މިއީ މަ އާސިރު ހޯދަން 150 ގަޑިއިރުގެ ގޭމް އޮފް ތުރޯންސް ބެލުމުގެ ނަތީޖާ

The name is already taken The name is available. Register?

ދެރައޭ

17 February 2023

އަހަރެމެން އެކަންޏެއްނޫން މިއުޅެނީކީ. ޖިންނި ޝައިޠާނުންވެސް އުޅޭ. އެމީހުންގެ ކިބައިން ސަލާމަތްވާނެގޮތް އެބައޮތް އަންގަވާފައި. ތިޔައީ އެކަހަލަ ކަމަކާ ވަރަށް ވައްތަރު. ސެކިއުރިޓީއަށް ބަދު ބަސްބުނުން ހުއްޓާލަންޖެހޭ. ޖިންނީން އިންސާނުން ޖަހައިގަނެގެން ގެންދިއުމުގެ ޙާދިސާތައް ހިނގާފައި އެބަހުރި. ބައެއްފަހަރަށް އެމީހާ ފެނޭ. އަނެއްބައިފަހަރު ނުފެނޭ.

The name is already taken The name is available. Register?

ރޭރި

18 February 2023

ހަސަންފުޅުބެއަށް އެވީ އެހެންކަމަށް ވެދާނެތަ؟ ގައިމު ހަސަންފުޅުބެ ކެމެރާއަކަށްވެސް ނާރަޔޯ އެހެންމީހުން އެރިއިރު

The name is already taken The name is available. Register?

ވަހީދުބ

18 February 2023

އިންސާނުން ހައްދަވާފައިވަނީ ރޫހާނީގެ އިތުރުން މާއްދީ ބައިތަކުން. އިންސާނާގެ ރޫހާ ކުޅުމަކީ އެއްވެސް މަޚުލޫގަކަށް ލިބިގެންވާ ބާރެއްނޫން. ޖިސްމުވެސް ފޮރުވާލާ ގެއްލުވާލާ ޖަހައިގަނެގެން ގެންދިއުމުގެ ބާރު ޖިންނީންނަށް ވެސް ލިބިގެންނުވޭ. މޮޔަވާހަކަ ނުދައްކާ

The name is already taken The name is available. Register?

އޯޕަން މައިންޑް

18 February 2023

ޖިންނި ޝައިތޯނުން އުޅޭ. މި ޑިމެންޝަން ނޫން އެހެން ޑިމެންޝަންތަކުގައި އެކި ޒާތުގެ ތަކެތި އުޅޭ ކަމަށްވޭ. އަދި ދުނިޔެ ނޫން އެހެން ގެލެކްސީތަކުގައި މިދުނިޔޭ އަށްވުރެ މާ ތަރައްޤީވެފައިވާ ސިވިލިޒޭޝަންތައް ހުރިމަށް ބެލެވޭ ހެކިތައް ފެނިފައިވޭ. އޭލިއަން އެބްޑަކްޝަން އަކީ ވެސް ހިނގާ ކަމެއް ކަމަށް ބުނޭ އަދި އެބްޑަކްކޮށްފައި ތިބި މީހުން އެބައުޅޭ.

The name is already taken The name is available. Register?

48343

17 February 2023

މީ ހާދަ އަޖާއިބުކުރުވަނިވި ވާހަކައެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454