ގާސިމް އާއި ރައީސް މަޝްވަރާއެއްގައި: ޖޭޕީ ވަކިން ވާދަކުރާ ނަމަ ކޯލިޝަން އެއްބަސްވުން އުވާލަން ޖެހޭނެ ކަމުގެ އިޝާރާތެއް ރައީސް މިއަދު ވަނީ ދެއްވާފައި.
21 މާޗް 2023 - 20:22
ފަސް އަހަރުގެ ވެރިކަމަކަށް ސިޔާސީ ޕާޓީތަކުން އެކުލަވާލި މި ވެރިކަން ހިންގާ ކޯލިޝަންގައި ދައުރު ނިމެންދެން ނުތިބެވޭ ނަމަ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މި ވެރިކަން 2018 ގައި އެކުލަވާލީ އެމްޑީޕީ އިސްވެ އޮވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ. ރައީސް ދެ ވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ކަށަވަރުކޮށް، ކޯލިޝަން އިތުރު ދައުރަކަށް ދަމަހައްޓަން އެއްބާރުލެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށް، ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ.
އަދި އެ ޕާޓީ އިސްވެ އޮންނަ ވަކި ކޯލިޝަނެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
އެހެން ނަމަވެސް ކޯލިޝަން އެއްބަސްވުމުގައި ކަނޑައެޅި ގޮތަށް ކެބިނެޓުންނާއި ސަރުކާރުގެ އެކި މަގާމްތަކުގައި ޖުމްހޫރީ ޕާޓީން ވެސް ވަނީ މަގާމްތައް ކަށަވަރުކޮށްފަ އެވެ. އެކަމަކު ސަރުކާރުގައި ޖޭޕީ ހިއްސާވާން ކަނޑައެޅި މިންވަރަށް މަގާމްތައް ނުލިބޭ ކަމުގެ ހިތްހަމަނުޖެހުން ވެސް ދަނީ ފާޅުކުރަމުންނެވެ.
ސަރުކާރުގައި މިވަގުތު ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފިޝަަރީޒް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގައި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރުން އެބަތިއްބެވި އެވެ. ޖޭޕީ ވަކިން ވާދަކުރަން ބައެއް ވަޒީރުން އެ ޕާޓީގެ ކައުންސިލްގައި ވޯޓު ދެއްވާފައިވާތީ، އެމްޑީޕީގެ މެންބަރުން އަންނަނީ އެ މިނިސްޓަރުން ވަކި ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކާ ގުޅިގެން ރައީސް ވަނީ ޖޭޕީން ވަކިން ވާދަކުރާ ނަމަ ސަރުކާރުގައި ނުބޭތިއްބޭނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކުގެ ތެެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ ވަކިން ވާދަކުރާ ޕާޓީތައް ސަރުކާރުގައި ބައިތިއްބައިގެން ވައުދު ފުއްދުމުގެ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށެވެ. އަދި ހިޔާލުތަފާތުވާ ބަޔަކާ އެކީގައި އިންތިހާބުގެ ކެމްޕޭން ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ވެސް ކޯލިޝަން އޮއްވައި އެމަނިކުފާނު އަދާލަތާއި އެމްޑީއޭއާއެކު އާ ކޯލިޝަނެއް ހަދާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ޖޭޕީއާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ. އަދިވެސް ހުންނެވީ ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަށް ދެއްވި ދައުވަތުގެ އިންތިޒާރުގައި ކަަމަށް ވިދާޅުވި އެވެ.
"ގަބޫލު ކުރަންވާނެ ހިޔާލު ތަފާތުވާ ބައެއް، ޑިޒިޝަންތަކެއް ނަގާއިރު ތިބޭކަމަށް ވާނަމަ އެކަމެއް އެގޮތަކަށް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކާ އެކު 2018 ވަނަ އަހަރު ހެދި އެއްބަސްވުމުގައި ނިންމާފައި ވަނީ ދައުރު ނިމެންދެން އެކުގައި ތިބުމަށް ކަމަށާއި އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ކުރިޔަށް ދާއިރު އެކުގައި ނުތިބެވޭ ނަމަ އެ އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ ކޮންމެ ޕާޓީއަކުން ކެންޑިޑޭޓަކު ނެރޭ ކަމަށްވަންޏާ އޭގެ މާނައަކީ ކެމްޕެއިން ކުރިޔަށް ދާއިރު ހިޔާލު ތަފާތުވުންތައް އޮންނާނެ -- ރައީސް
"އޭގެ މާނައަކީ ކޯލިޝަން ނެތީއެއް ނޫން، އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްޗެއް ކަމަށްވާނެ. ތަންފީޒު ނުކުރެވޭ އެއްޗެއް ކަމަށްވަންޏާ އޭގެ ބޭނުމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މައްސަލާގައި އެމަނިކުފާނު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާ ވާހަކަފުޅު ދެއްކެވި ކަމަށެވެ. ބާކީ އޮތް މުއްދަތުގައި ކުރިޔަށް ދާނީ ކިހިނެތްތޯ ގާސިމް އަރިހުގައި އެއްސެވި ކަމަށް ރައީސް ވިދާޅުވި އެވެ.
ގާސިމްގެ ޖަވާބެއް ނުވަތަ އެކަމާ ބެހޭ އިތުރު ތަފްސީލެއް ރައީސް ނުދެއްވަ އެވެ. ވިދާޅުވީ އެ މައްސަލާގައި އަދި އެމަނިކުފާނު ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
"އަޅުގަނޑުމެންނާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ ކޮންމެ ޕާޓީއަކުން ކެނޑިޑޭޓަކު ނެރޭ ކަމަށްވަންޏާ އޭގެ މާނައަކީ ކެމްޕެއިން ކުރިޔަށް ދާއިރު ހިޔާލު ތަފާތުވުންތައް އޮންނާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ އަދާލަތާއި އެމްޑީއޭ އާއެކު މުލިއާ ގޭގައި ބައްދަލު ކުރައްވައި ކެމްޕެއިން ފައްޓަވަން ނިންމަވައިފަ އެވެ. އަދި އެ ދެ ޕާޓީއާ އެކު މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަން ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 March 2023
ކޯލިޝަން ހެދީ 2018 އިން 2023 އަށް މަނިކްފާނު ރައީސަކަށް ބަހައްޓަން. އޭގެ ފަހުން ރައީސަކީ މަނިކްފާނުކަމަށް އަމިއްލައަށް ދައުވާކުރިޔަސް އެފަދަ އެއްބަސްވުމެއް ކޯލިޝަނުން ނެތް ނިންމާފައެއް. ދެން އެއްބަސް އުވާލަންޏާ އަމިއްލައަށް ވެސް އިސްތިއުފާ ދީ. ތިހާ ކޯލިޝަން ހަދާ ހިތްވަންޏާ ބަރުލަމާނީ ނިޒާމާއި ދެކޮޅީ ކީއްވެބާ!
ކަރޕްޝަން
22 March 2023
މަނކުފާނު ކަރަޕްޝަން ހުއްޓުވަން އުޅުނިއްޔާ މާ ރަންގަޅުވާނެ، ފެނަކަ، ސިވިލްސަރވިސް އަށް މީހުންނެގުމުގައި ހައްދުފަހަނަ އަޅާގޮސްފި.. މިކަން ނޭގޭ ރައްޔިތަކުނެއް،، ގިޔާމަތްދުވަހުން މަނިކުފާނާ ސުވާލުކުރެވޭނެ.
ފޫހި
22 March 2023
ކޯލިޝަން ދެމެހެއްޓީ ރައްޔިތުންނަށްޓަކައި ކަމަށް ދައްކަން ވަރަށް މަސައްކަތްކުރި. އެކަމަކު ހަގީގަތަކީ ވެރިކަން ދަމަހައްޓަން ކުރި ކަމެއްކަން. އެކަމުން ރައްޔިތުންނަށް ވާނެ އެއްވެސް މޮޅެއްނެތް. އޮތީ ގެއްލުން. އެއީ ސަރުކާރުގެ މަތިބަރުވުމުގެ ސަބަބުން ޚަރަދުބޮޑުވުން. ޖީއެސްޓީ ބޮޑުކުރަންޖެހުނުކަން އެއީ މީގެ ހެއްކެއް. ހުރިހާ އެންމެން ގުޅިގެން އިބޫ ވެރިކަމަށް ހޮވަންޖެހޭ ސަބަބެއްވެސް ނުވިސްނުނު.
ހަމޭން
22 March 2023
ވަކިން ކުރިމަތިލާން ނިންމިޔަސް ނުނިންމިޔަސް ވެރިކަމަށް އައީ މިފަސް އަހަރުގެ އެގްރީމެންޓަކާއިއެކު، ވީމާ މިދައުރު ހަމަކުރަންޖެހޭނެ. އޭރަކު އެއްބަހެއް ނުވޭ ދެން އަންނާންއޮތްހާ ދައުރަކަށް އެކުގައި ތިބުމަކަށް.
ހުސައިން ނަދީމު
22 March 2023
މިހާރުން މިހާރައް ރިޔާސީ އިންތިހާބުގައި ވާދަ ކުރަންބުނި އެއްމެނާ އެމީހުނާގުޅުންހުރި އެއްމެން ސަރުކާރުން ބޭރުކުރައްވާ. ސިޔާސީ މަގާމުތަކުން ވަކިކުރައްވާ. އެތެރޭގަ ތިބެގެން އިދިކޮޅަށް މަސައްކައްކުރަން ފުރުސަތު ނުދެއްވާ. ބާކީ ފިކުރަކީ ޕާޓީއައް ޖެހިފައިވާ ކެންސަރެއް. އަވަހައް އެ ފިކުރުވެސް ބޭރުކުރައްވާ
ސޭކުބެ
22 March 2023
ކޯލީޝަންހެދީ 5 އަހަރުގެ މުއްދަތަށް އެކުގަތިބެން. އެހެންވީމާ 5 އަހަރު ހަމަނުވަނިސް ކޯލީޝަން ރޫޅާލައިފިނަމަ އެގްރީމެންޓާ ޚިލާފުވެވުނީ. ކޯލީޝަން ޕާޓީއަކުން ވެރިކަމަށް ކުރިމަތިނުލުން އެއީ އެއަބަސްވުމުގެ ޝަރުތެއްނަމަ ހަމަވަގުތުން ރޫޅާލަންވީ އަދި ވަޒީފާއިންވެސް ވަކިކުރަންވީ. ތިމާ ހިތަށްއަރާހާގޮތެއް އަމިއްލަ އެދުން ބޮޑުވިއަސް ކުރުމަކީ ޖަންގަލީގެ އުސޫލު.
ޖުމްހޫރީ ދޫ
22 March 2023
2 ވަނަ ދައުރަކަށް ރައީސާއެކު މަސައްކަތްކުރަން އަޅުގަޑުމެން އެއްބަސްވީންތޯ؟ ނުވަން.!!!! 2018 ގެ ސަރުކާރު އެކުގައި 5 އަހަރުވަންދެން ހިންގާ، ދަމަހައްޓަން އެއްބަސްވީ. އެކަން ޖުމްހޫރީ ޕާޓީން ކުރާނެ. ޖޫމްހޫރީ ޕާޓީއަކީ ހުވާ މަތީގަ ތިބޭ ޕާޓީއެއް. ދެން 2023 އިންތިހާބަށް ޖުމްހޫރީ ޕާޓީ ކުރިމަތިލިޔޭކިޔާފަ، 2018 ގެ ސަރުކާރު ތެރެއިން ޖޫމްހޫރީ ޕާޓީ ފަހާލުމަކީ މަނިކުފާނަށް ކުރެވިދާނެކަމެއް. މިހާރުވެސް ކޯލިޝަން ވައުދާ އެއްގޮތަށް ޖޭޕީ އަށް އެއްޗެއް ލިބިފަކަ ނެތް!!
ސޭކުބެ
22 March 2023
ބަހުގެ ކުށެއް އިސްލާހުކޮއްލަން :މިހާރުވެސް ކޯލިޝަން ވައުދާ އެއްގޮތަށް ޖޭޕީ އަށް އެއްޗެއް "ލިބިފައެއް" ނެތް!!
އެދުރުބެ2
22 March 2023
ވެރިކަންވެސް ނިމުމަކަށް އަންނަންޖެހޭނެ
ބަޑިތަކުރު
22 March 2023
ކިތަންމެ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާނެކަމަށް ދައްކަން އުޅުނަސް އިދިކޮޅު ބަޔަކު އިންތިޚާބެއް ބޯމަތިވެފައި އޮއްވައި ސަރުކާރުގެ ތެރޭގައި ތިބެގެން ސަރުކާރަށް ތާއީދުލިބިދާނެ އެއްވެސްކަމެއް ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދީފާނެކަމަކަށް ބުއްދީގެ ހަމައިން ގަބޫލެއް ނުކުރެވޭ. އަދި ތާއީދު ކުޑަކުރުމަށް ކުރެވެން ހުރިކަމެއްވެސް ކުރަމުންދާނެކަމަށް ފެންނަމުންދާ މަންޒަރުތަކުން ގަބޫލުކުރެވޭ.
މަސަލަސް
22 March 2023
ދީނުގަ އޮންނަގޮތަށް ވަރިވުމުގެ ކުރިން ކުރަންޖެހޭ ކަނތައްތައް ކުރީމަ ރަގަޅުވާނެ. ދެފަރާތުން ދެ ހަކަމުން ގޮސް ވާހަކަ ދައްކައި މައްސަލަ ހައްލު ކުރާނީ. ނުވެއްޖެއްޔާ ވަރިވާނީ ދޯ
ރައީސަށް
22 March 2023
ސިޔާސީންގެ ކޯލިޝަނާ ރައްޔިތުންގެ ކޯލިޝަން ބަރާބަރަށް ދިމައެއް ނުވާނެ. ސިޔާސީންގެ އެއްޓީމުގަ ތިތިބީ ނަޝީދުގެ ބާކީންނާ ޕީޕީއެމް ޓީމުގަ ޕްލޭން-ބީ ނެތިގެނާ ދިޔަ މީހުނާ ޖުމްހޫރީގެ ކޯލިޝަނެއް. އަނެއްޓީމުގަ ތިބީ ސަރުކާރުގަ މިހާރު ތިބި މީހުން. އަދި ސަރުކާރުގަ އެބަތިބި މޮޅުވާނެ ޓީމު ނޭނގޭތީ އިރުނާރާގެން ތިބި ބައެއް ވެސް. މީ ހުސް ސިޔާސީޓީމު. ގާސިމުގަ ކިކްޖަހަން ގޮވި ނަޝީދު ފެނޭނު؟ ރައީސް ރަނގަޅުވާނީ ބާކީ ދުވަސްކޮޅު ކެތްތެރިވެ ކެމްޕޭން ކުރެއްވިއްޔާ.