ރައީސް ސޯލިހާއި ފައްޔާޒް: ނަޝީދުގެ ތާއީދު ނެތަސް ދެ ވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް ފައްޔާޒް ވިދާޅުވި. -- ފޮޓޯ | މިހާރު
22 މާޗް 2023 - 10:50
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ނުވެ، ޕާޓީއާ އެކު މަސައްކަތްޕުޅު ކުރައްވަން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ އެދިވަޑައިގެންފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދަން ބޭއްވެވި މަޝްވަރާ ބައްދަލުވުމަށް ފަހު، ފައްޔާޒް ވިދާޅުވީ ނަޝީދު ތާއީދު ނުކުރެއްވިޔަސް އެމްޑީޕީން ދެ ވަނަ ދައުރެއް ކާމިޔާބުކުރާނެ ކަމަށެވެ. އެ ޕާޓީން އިސްވެ ރާއްޖޭގަައި ޑިމޮކްރަސީ އާއި ހެޔޮވެރިކަމަކަށް ކުރި މަސައްކަތްތަކާއި ގައުމުގެ ހަމަޖެހުން ދެމިއޮންނާނެ މަގަކީ ވެސް އެއީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ރައީސް ނަޝީދަށް ވެސް އަޅުގަނޑުމެންގެ ޕާޓީގައި ތިބި އެހެން ބޭފުޅުންނަށް ވެސް ދަންނަވާނީ އަޅުގަނޑުމެންނާ އެއްކޮށް މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ. ބާކީ ނުވާށޭ. ބާކީ ވުމަށް ވަޑައިނުގަންނަވާށޭ،" ރައީސާ އެކު މީޑިއާއާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުންނަ ހިޔާލުތަފާތުވުންތަކަށް ސުލްހަ ކޮންމެވެސް ވަރަކަށް ހޯދޭނެއޭ. އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ. ދެ މީހުންނަށް އެއްފަހަރަކާ ވެރިކަމެއް ނުކުރެވިދާނެ. އެހެންވީމާ ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަޖެހޭ."
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރިޔާސީ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހިގެން ޕާޓީއާ ވަކިން މަސައްކަތްތަކެއް ކުރިއަސް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދުގެ ތާއީދާ ނުލައި އިންތިހާބު ކާމިޔާބުވެދާނެތޯ ނޫސްވެރިއަކު އެހުމުން ފައްޔާޒް ވިދާޅުވީ "އަޅުގަނޑުމެން ވަރަށް ބޮޑަށް ރައީސް ނަޝީދުގެ ތާއީދު ބޭނުން" ކަމަށެވެ.
"ހަމަ ވަރަށް ބޮޑަށް ބޭނުން، އެހެން ނަމަވެސް އެ ނުލިބިއްޖެ ކަމަށް ވިޔަސް އިރާދަކުރެއްވިޔާ ކާމިޔާބު ކުރާނަން. އަޅުގަނޑުމެން ބޭނުން ވަނީ ރައީސް ނަޝީދާ ވެސް އެއްކޮށް ގޮސް އިންތިހާބު ކާމިޔާބުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ފަހު ނޫސްވެރިންނާ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
ނަޝީދު ވަކިން ޕާލަމެންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު ކަމަކަށް ވާއިރު އެކަމަށް ވެސް ފިޔަވަޅު ނާޅާނެތޯ ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ އެއީ ހިތުގައި އޮންނަ ޝުއޫރު ފާޅުކޮށްލެވޭނެ ޕާޓީއެއް ކަމަށެވެ. ޕާޓީގެ ލީޑަޝިޕުން ފެށިގެން އާއްމު މެމްބަރުންނާ ހަމައަށް ވެސް އެ މިނިވަންކަން ހިޔާލުފާޅުކުރުމުގައި އޮންނައިރު، ހިޔާލު ތަފާތުވުމަކީ އާ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީ ހިނގަނީ ރަނގަޅަށެވެ. އެއްވެސް ކަމަކާ ގުޅިގެން ގުޑުގުޑެއް ނާޅާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފިޔަވަޅު އަޅައިގެން ނޫން މި ޕާޓީގައި ވެސް ކަންކަން މި ކުރަނީ. އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް މި ކަންކަން ކުރަނީ. އެ އަށް ވުރެ އަޅުގަނޑުމެން ސްޓްރޯންގް،" ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ބަލައިގަންނަން ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްކަން. އެހެންވީމާ އަޅުގަނޑުމެންގެ އިހްތިރާމް އެގޮތަށް ދިނުމުގެ ގޮތުން ފަހަތަށް ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެނެއް ވެސް ނޫން، ބިރަކުން ވެސް ނޫން."
ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެއީ ވެސް، ފައްޔާޒް ވިދާޅުވި ގޮތުގައި، ޕާޓީން ފަސްޖެހޭނެ ކަމެއް ނޫނެވެ. އެފަދަ އެއްވެސް ކަމަކާ އަދި ޕާޓީގެ ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
22 March 2023
ފައްޔާޒު ސައިޒުވާތަން ފެންނަނީ މިފަހަރަކީ ގާސިމުގެފަހަރު ގާސިމުގެ ވެރިކަން ދެކިލަން ބޭނުން ގާސިމަކީ ދީލަތިފަރާތެއް
ރެކިފުތާ
22 March 2023
ބާކީވެފައިވާ މީހެއްގެވާހަކަ ހަމައިރުއިރުކޮޅާ މިދައްކަނީ ކީއްވެބާވައޭ ހިތަށްއަރާ. ޕާޓީން ކަނޑާލި މީހުންގެ ވޯޓްލިބޭނެ ހަމައެއްގޮތެއްވެސް ނޯންނާނެ. ބާކީވާމީހެއް އިނގޭނެ ވޯޓުލާނިމުނީމަ.
ބޮޑުމީހާ
22 March 2023
މިވަރުގެ ހީލްތްތެރި ވެރިކަމެއް މީހަކު ނުކުރާނެ. މަޖްލީހާއި މުޅި ދައުލަތުގެ ކޮންޓްރޯލް ނަގައިގެން ރައްޔިތަކަށް ކޮށްދެވުނު ކަމެއް ބުނެބަލަ. ކޮރަޕްޝަން ވީ އިތުރު، ސިޔާސީ މަގާމުތައް ވީ އިތުރު، ދަރަނި ވީ އިތުރު، މިވަރުގެ ވެރިއެއް ގެންނަން ދެވަން ފަހަރަށް ވޯޓްދޭން ހެޔޮނުވާނެ. ފައްޔާޒުމެން ކިތަންމެ ފޮންޏެއް ކެނޑިޔަސް ނަޝީދު ނަުލައި އެމްޑީޕީ ބޮޑުތަނުން ފެއިލްވާނެ
ދަތް ކާރުވާ
22 March 2023
ފައްޔާޒު ކެތްތެރިވެ ލައްވާ. އަންނި އަދި ދާނެ. ހޮވުނަސް ދާނެ. ނުހޮވުނަސް ދާނެ. އިބޫގެ 2 ވަނަ ދައުރެއް ލިބިއްޖެނަމަ، އެމްޑީޕީގެ ވެރިކަން ހޯދުމުގެ އެދުން ވެރިކަން ބޮޑުވެގެން ހީލިކަރުވައިގަތީމާ ދެން ހިނގައިދާނެ. ނުހޮވިއްޖެނަމަ ޕާޓީ ކުދިން ކޮޅައިގެން މަގުމަތީ ސަކަރާތައް އަނެއްކާވެސް ޕާޓީ ކުދިންނާގެން ކުރިޔަށް ވަޑައިގަތުމަށް އުރައްޕޭއް ނުހުންނާނެ. އޭރުން ފައްޔާޒު ހުންނަވާނީ ބާކީ ކުރައްވާފަ.
މައިތިރި
22 March 2023
މަކަރާޖަހައިގެން ޕާނެއް ނުކެވޭނެ. ދުނިޔެ ކެވިދާނެ. -މުގާބޭ-
ޔޯޔޯ
22 March 2023
މީ ގައުމާއި ރައްތިތުންނަށް ގެއްލުން ބޮޑު ސަރުކާރެއް. ޜިޔާސީ ވައުދުތަކާއި މެނިފެސްޓޯ އޮޅާލާ ރައްތިތުންނަށް ކަންކަން ސިއްރުކޮށް ފޮރުވާފަ. ދޮގާ އޮޅުވާލުމާ ކަންކަން ޓުވިސްޓްކޮށް ވިޔާނުދާ ސިޔާސަތެއްގެ ސަގާފަތެއް އާލާކުރަމުން ގެންދަނީ. ރައްޔިތުންނަށް ގޮންޖަހާފާ ހިތުހުރިގޮތަކަށް ކަންކަންކޮށް ހުދުމުހުތާރުކޮށް ދާއިމަށް ވެރިކަމުގައި ދެމިތިބުގެ ވިސްނުމަކީ ކާމިޔާބުވާނެ ކަމެއްނޫން.
ހަސޯ
22 March 2023
2013ގަ ގެނައި ސަރުކާރުން ބިލިއަނުން ދަވާލާ ސިޔާސީ ހުރިހާމީހުން ޖަލައްލާ މަޖިލީހުގަ ބޮޑުތަޅު އަޅުވާ ސްޕްރީމަ ކޯޓަށް ފުރާޅުފަޅާލައިގެން ވަނުމާ ޓީވީސްޓޭޝަންތައް އަންދާލާ މަޖިލިސް މެމްބަރުން ޖަލައްލާ ކަޅުދަބަސް ގެއަށް ވައްދާ ބެއްޔަސް ނުބެއްޔަސް ދިހަހާސްދީ ގަދަބާރުން ވެރިކަންކުރިމީހާއަށްވުރެ ސަކަރާތްވާހަކަތޯ.
ފެކްޓް މަޗަން
22 March 2023
ޕްރައިމަރީގަ މޮޅުވި މީހާ ފަހަތަށް އަރަންޖެހޭ. ބަލަންވީ 2018،2019،2020،2021، މި އަހަރު ތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ތިބީ އެމްޑީޕީ ކިތައް މެމްބަރުންތޯ. 2022ގައި ނަޝީދު އެ ވިދާޅުވާ ވަރުގެ އަދަދެއް މަދުވެއްޖެ ކަމަށްވާނަމަ އެއީ ގޯހެއް. ޕާޓީގެ މީހުނަށްވާނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގަ ތިބޭ މީހުން. މީހަކު އަންބޮޑިން ފޮތެއްނަގާފަ ނަންތަކެއް ކިޔާފަ އެއީ ޕާޓީ މީހުނޭ ބުންޏަސް އެވާހަކަ ގަބޫލެއް ނުކުރެވޭނެ.
ސުލާމާނު
22 March 2023
ގަދަބަސް ބުނަންތިބޭ. މިކިޔަނީ މީހެއްގެ އަންބޮނޑީގަ އޮތްއެެއްޗެއްގެ ވާހަކައެއްނޫން، ޕާޓީން ބަލަހަށްޓަމުން ދިޔައެއްޗެއްގެވާހަަކަ. އެކަން އެގޮތަށް ކުރަމުން ދިޔައީ ދައުލަތަށް އިތުބާރުނުކުރާތީވެ، މިހާރު ސަރުކާރު އޮތީމަ ތިހެންހީވިޔަސް ސަރުކާރުގެއްލުނީމަ އެނގޭނެ އެކަން
އެމްސް
22 March 2023
ގާޒީއަކު އިޤްތިސާދީ ވަޒީރެއްގެ ބައި ކުޅެން ހަދައިގެން ގޮސް ޤައުމު ބަގްރޫޓްވިއިރުވެސް ރައީސް މީހާ އަށް ހުރެވެނީ ވާނުވާގަ!
ޙިނި
22 March 2023
ރިޔާސީ ޜޭސް ޢަތައް ގޮވީމަ މިއެންގުނީ އަތައް ގޮވިކަންވެސް، މީކީ އެމްޑީޕީގެ ހިކުމަތާ ވިސްނުމެއް ނޫން. ޢެމްޑީޕީ އިން އަބަދުވެސް ދެކުޅި ކުރިޔައް ކުޅޭތަން ކުރިން ފެނުނީ، މިހާރުމިވީ ކީއް. ޢެމްޑީޕީ އީކުވޭޝަނުގެ ކޮންސްޓަންޓް އަކީ ނަޝީދު، އެކަމު އެމްޑީޕީ ސިޔާސަތު ބަދަލުވީމަ ކޮންަސްޓަންޓް ގެއްލުނީ. ދެން ބުނެބަލަ ޕޯމިއުލާ ރަންގަޅުކުރެވޭނެ ގޮތެއް؟ ކޮންސްޓަންޓް ލައިގެން ޕޯމިއުލާ ރަންގަޅުކުރެވެނީ.
އެމްސް
22 March 2023
މިޤައުމުގެ ވެރިކަން އެއްވެސް ބަޔަކަށް ހައިޖެކް ކުރެވިގެން ނުވާނެ! ރިޔާސީ ނިޒާމަކީ ކޯލިޝަންއަށް ޖާގަ އޮތް ނިޒާމެއް ނޫން! އެކަން އޮތީ ބަރުލަމާނީގަ!
ޖުހާނާ
22 March 2023
ރިޔާސީ އިންތިޚާބެއްގައި ކޯލިޝަން ނެހެދޭނެކަމަށް އޮތީ ކޮން ޤާނޫނެއްގައި ނުވަތަ ކޮން ގަވާއިދެއްގައިބާ؟ ޤާނޫނަކުން ނުވަތަ ގަވާއިދަކުން މަނާނުކުރާ ކޮންމެ ކަމަކީ ހުއްދަ ކަމެއް. ޤާނޫނުގައި ނުވަތަ ގަވާއިދުގައި މަނާ ނުވަތަ ހުއްދަނޫން ކަންތައްތައް ހުންނާނީ ލިޔެފައި. އޭގެ އިތުރަށް ޢާންމުކޮށް ލިޔެފައި ހުންނާނީ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކާއި، މަނާ ކަންތައްތަކުން އިސްތިސްނާވާ ފަރާތްތަކާއި ޙާލަތްތައް. ާާޭާާާޭާާޭާާާާޭާާާޭާާޭާާާޭާާާޭާާޭާާާާޭާާާޭ
އެމްސް
22 March 2023
ޑިމޮކްރަަސީއެއްގަ ޑިކްޓޭޓަރޝިޕެއް ހިންގާކަށްވެސް ޤާނޫނަކު ނެތް! އަނެއްކާ ފެންބޯކަށްވެސް ނޯވޭ ނުން! ވެލާމަހަކީ ޙަލާލު މަހެއް އެކަމަކު ކެއީމަ އަދަބުވެސް ދެނީތާ! އިސްލާމްދީނުގަ އޮތީ މަރަށް މަރުހިފަން އެކަމަކު %100 މިޤައުމުގަ އެކަމެއްވެސް ނުކުރޭތާ! ޕާލަމަންޓްރީ ނިޒާމާއި ރައީސް ދެކޮޅީ ވެރިކަން ގެއްލިދާނެތީ! ކޯލިޝަން ހަދަނީ ވެރިކަމުގަ އަދިވެސް ހުރެވޭތޯ! ވެރިކަމުގަ މަސްތުގަ ޖެހިއްޖެއްޔާ ސަލާމަތް ނުވާނެއޭ ބުނާ ބަހުގެ މިސާލު އެންމެ ހާމަ ޤައުމަކީވެސް މިއީ!