ގައިސް.
22 މާޗް 2023 - 10:31
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް މިއަދު އައްޔަންކޮށްފި އެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމުން ގައިސް މިދިޔަ ޖެނުއަރީ 8 ގައި އިސްތިއުފާ ދެއްވީ އެ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވެ އެވެ.
ގދ. ތިނަދު އަށް އުފަން ގައިސް ވަނީ އެ ކެމްޕެއިންގައި އަމަލީ ގޮތުން އޭރު އުޅުއްވައިފަ އެވެ. އޭނާ އޭރު ވިދާޅުވީ، ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ބްރޯޑްކޮމުން އިސްތިއުފާ ދެއްވުމަށް ފަހު ބޭނުންވަނީ އަނެއްކާވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަން ކަމަށެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލުރާޖާ
24 March 2023
މިހެންވާތީ އިބޫވެސް ވަކިސަހަލެކޭނުބުނެވެނީ. ޒުވާނުންނޭ ކިޔެވުމުގެބޭނުމެއްނެތް. މަގުމަތީ އަޗާތަޅާފަ ކޮންމެވެސް ޕާރޓީއެއްޕްރޮމޯޓްކުރީމަ ހުންނާނީރަނގަޅަށް
އަބްޑޫޅް
24 March 2023
ހޫނ. ގައިސު ދޯ؟
ަސދަސދސ
23 March 2023
ޑެޕިއުޓީ މޑ އޮފީހަށްގޮސް ކީއްކުރާނީ ؟ ކޮން އިލްމެއް، ކޮން ތަޖްރިބާއެއް ހުރި މީހެއް ؟
ސަރައްޕޭ
23 March 2023
ކިޔަވައިގެން ތިބި ކުދިންތިއްބާ އެކުޓިވިސްޓަކަށް ބޮޑެތި މަގާމުދިނީ ކީކޭބުނާނި…. މީނަވެސް ފަހަތުފަޔަށްބުރަވެ ސަރުކާރު ޕުރަމޯޓްކުރާނި…
ކުމްކުމް
23 March 2023
އަސްތާ ތީ ކުރީގެ އެމްޕީ މިހާރު ފިއުލު ސަޕްލައިގެ އެމްޑީ ގެ ކޮއްކޮޔޯ. ދެންވަކި ބޭނުންވޭތަ އިތުރު ކޮލިފިކޭޗށަނެއް.
އަސޭލ
23 March 2023
ހޫން ދިރާގު ޓީވީ ފުންޑަލި ބުޜޯޑުކޮމްގެ ކުރީގެން މެންބަރުދޯ. އެކަމުގެ ތިޔަ އިނާމުލިބުނީ ތޯއްޗެއް
ބޮޑުމީހާ
22 March 2023
ދައުރެއްގަ ތެރޭގައި 1400 ސިޔާސީ މަގާމު. މިވަރުވީމާ އެންމެންވެސް ވާނެ އިބޫއަށް ދެވަނަ ދައުރަކަށް ވޯޓް ދޭން
ހުސައިން
22 March 2023
ހުޅުމާލެއަކީ ލައްކައެއްހާ އާބާދީ އޮތް ތަނެއް. މުޅިރަށުގައި މަދިރި. އެންމެފަހުން ޕެސްޓްކޮންޓްރޯލް ސްޕްރޭކުރީ ކޮންދުވަހަކުހޭ އެތާގެ އެމްޑީ އާތިފްކާރިންއެހިޔަސް ނޭގޭނެ އެއީ ކުރަންޖެހޭ މަސްއޫލިއްޔަތެއްކަމެއް. މަދުންނޫނީ މުޅި ގައުމުހިންގަން ހުސް ތާވަޅުން.
ޑޑޑ1
22 March 2023
ޢާއިލީ ވަޒީފާތައްދޯ. ޕިސް ޕިސް، ގާބިލު މީހެއްތޯވެސް ނުބަލާ ގެންގޮސް ލާފާނެ އައިޖީއެއް ޑޮކްޓަރަކައްވެސް.
ލަކޯ
22 March 2023
ޒަމާނެއްގަ ހިރިހިމައިދި އާއިލާ ބާރުވެރިކަމެއްގަ އޮވެގެން އެމީހުން ބުނި ގިތަކަށް ތިނަދޫ މީހުން ހެދިޔަސް މިހާރު ހިރިހިމައިދި އާއިލާ މީހަކު ކުންފުންޏެއްގެ އިސްމަގާމަކަށްލިޔަސް އޭނާބުނެގެން ތިނަދޫއިން ލިބޭނެ ވޯޓެއްނޯންނާނެ އެއްޒަމާނެއްގައި ބާރުވެރިކަންއޮވެ އޭރު އަތޮޅުވެރިއަކަށް ހުރި މީހާ ހަވަރަށްދީ ބޮލުގައި ފަކީރާއިން ޖެހި މީހާ އުޅުނު ގޮތަކަށް ނޫޅެވޭނެ މިހާރު.
އަސްލުވާހަކަ
22 March 2023
މަރުޙަބާ ގައިސް... އިންސާފާއި ހަމަަހަމަ ކަމާއި އެކު އެއްފަހަރާ ބޮޑެތިޑައުންޕޭމަންޓާއި ، އެޑުވާންސު ބޮޑެތި އަދަދުން ފައިސާ ދެއްކެން ނެތް އާންމު ނިކަމެތި މީހާވެސް ހުޅުމާލޭގައި އުޅެން ޖެހޭ ކަމާއި ، އެމީހުންނަށްވެސް ފަހި ފުރުސަތުތަކެއް އެޗް.ޑީ.ސީ އަށް ގެއްލުން ނުވާ ގޮތެއްގެ މަތިން ވިޔަފާރި ކުރުމުގައި އާއި ބިން ދޫކުރުމުގައި ރަގަޅު ބަދަލުތަކެއް ގެންނާނެ ކަމަށް އުއްމީދު ކުރަން..