ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނުގައި ހުރި ތަކެތި ސިޓީ ކައުންސިލްގެ މުވައްޒަފުން ރޭ ގެންދަނީ: އެއީ ގަވާއިދާ ހިލާފަށް ހަދާފައިވާ ގުދަނެއް ކަމަށް ސިޓީ ކައުންސިލުން ބުނި.
01 އެޕްރީލް 2023 - 19:00
ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ރޭ ހުސްކުރަން ފެށުމުން އެއީ މިނިސްޓްރީ އަށް ނޭނގި ގަވާއިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ، މިނިސްޓްރީން ފެތުރި ވާހަކަތައް ސިޓީ ކައުންސިލުން މިއަދު ދޮގުކޮށްފި އެވެ.
އެ މައްސަލަ ރޭ ދަންވަރު ފެންމަތިވުމާއެކު، މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޔޫތު ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ގުދަން ކޮށްފައި ހުރި އަގު ބޮޑު ސާމާނުތައް ސިޓީ ކައުންސިލުން ގެންދާ ކަމަށެވެ.
"މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ޒިންމާ އުފުލަން ވާނެ،" އިންޒާރާއެކު ކުރެއްވި ޓުވީޓުގައި މަހުލޫފް ވިދާޅުވި އެވެ.
ނަމަވެސް ކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ނަމަ ޔޫތު މިނިސްޓްރީން ބޭނުންކުރީ އެ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ ގުދަނެކެވެ. މާލެހިޔާ ކައިރިން ކުރީގެ ރުމާލު ޖަގަހަ އާއި ޓޯ ޔާޑާ ދެމެދު އޮންނަ ބިމުގައި ޔޫތު މިނިސްޓްރީގެ ގުދަން ހަދާފައިވާއިރު އެ ބިމުގެ ރަޖިސްޓަރީ އޮތީ ކައުންސިލަށް ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް މިނިސްޓްރީން އެ ގުދަން ހެދީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް އެ ކައުންސިލުން ބުންޏެވެ.
"އަދި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަަކާ އެއްބަސްވުމެއް ހަދާފައި އޮތް ކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
އެހެންވެ، އެއީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ހަދާފައިވާ ގުދަނަކަށް ވާތީ، އެ ތަނުގައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެޒެޓްގައި އިއުލާންކުރި ކަމަށް ކައުންސިލުން ބުންޏެވެ. ގުދަން ކޮށްފައިވާ ފަރާތަކުން އެ ކަން ޑިސެމްބަރު 10ގެ ނިޔަލަށް ކައުންސިލަށް ނާންގާ ނަމަ ނުވަތަ ލިޔެކިޔުންތައް އެ މުއްދަތަށް ހުށަނާޅާ ނަމަ ގުދަން ރޫޅާލައި އެ ތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އެ އިއުލާނުގައި ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
އެކަމަކު، އިއްޔެގެ ނިޔަލަށް ވެސް އެފަދަ އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާތީ އެއީ ވެރިފަރާތެއް ނެތް ގުދަނެއް ކަމަށް ބަލައި އެ ތަން ހުސްކުރަން ރޭ ފެށީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެ ބޭނުމަކީ އެ ގުދަން ހުރި ތަނުން ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭތީ، ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި ގުދަނުގައި ތަކެތި ހުރި ކަން އެނގުމުން އެ ކައުންސިލުން މަސައްކަތްކުރީ އެ ތަކެތި ރައްކާތެރިކަމާއެކު، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ބަދަލުކުރުމަށެވެ.
"މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެ ގޮތުން މި ގުދަން ވެސް ހުސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އެ ގުދަން ހުސްކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރި ކުރުން ޔޫތު މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށް މަހުލޫފް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިކް23
02 April 2023
ސިޓީ ކައުންސިލުން ހީކުރަނީ މުޅި މާލޭގަ ހުންނަނީ އެމީހުންގެެ ބިންކަމަށްތަ؟؟ ދެން ކީއްކުރާ ޔުނިޓަރީ ދަޢުލަތަކާ މައިސަރުުކާރެއް.. ބަލަ ޤާނޫނު ކައުމްސިލްތަކަށް ބިން ހަވާލުުކުރާނީ މައިސަރުކާރުން.. މާދަމާ ގޮސް އެމްއެންޑީއެފް ބަޑި ގުދަނަށް ވަންނަން ދިމާ ނުކޮށްފިއްޔާރަނގަޅު، ޑިފެންސްމިިނިސްޓްރީން ނެތޭ ހުއްދަ ނަގާފައެއް ކިޔާފަ.
މޯޑްބޭ
02 April 2023
ތި މުއިއްޒަކީ މާލޭގަ ބިން ކޮޅެއް އޮތިއްޔާ ތީނަގެ މިލްކައް ހަދާހިތުން ލޮލަށް ނިދި އަންނަ މީހެއްނޫން. ވަރިހަމަ މީދާ ވަން ހޮރެއްވެސް، އެވެސް ދަމާނެރޭނެ. މިވާ ދެން ވެރިންނޯ.
ޒިންމާކޮބާ
02 April 2023
ތިއީ ވަކިސަރުކާރެއްތަ؟ ކައުންސިލުން ހަދާފައިއޮތް އެއްބަސްވުމެއްގެ ކޮޕީ ކައުންސިލުގައި ނެތުމަކީ އޭގެ ޒިންމާ އެހެންބަޔަކު ނަގަންޖެހޭ ކަމެއް ނޫން. އަދި އެއީ ބައެއްގެ މުދަލަށް އަރައިގަންނަން ލިބޭ ހުއްޖަތެއްވެސް ނޫން. މުޅިންވެސް މިއުޅެނީ ގަދަބާރުން ކަންކަން ކުރަން. މިއީ ކުރީގެ ވެރިކަން ނޫންކަން ނޭނގެނީ ތޯއްޗެ. ކުރު ސިޓީއަކުން ތިބިން ކައުންސިލުން ވަކިކުރެވިދާނެކަން ނޭނގެނީތަ!
މުހައްމަދު ދާވޫދު
02 April 2023
މަހުލޫފް ދާއްކާވާހަ ގަބޫލްކުރަންވާނީ ވަރަށް ގިނަގޮތްގޮތުން އެކަމެއްގެ ހަގީގަތް ހޯދުމައްފަހު. ތެދައްވުރެ ދޮގު މިހާރަނަށް ގިނައީ.
މަކުނު
02 April 2023
މަށަށް ހީވަނީ ތީ މުއިއްޒުގެ ބިމެއް ހެން. މިހެން މިބުނީ އޭނާ ހައުސިން މިނިސްޓަރަކަށް ހުރިއިރު އެތަނުގައި ރުމާލު 2 ޖަގަހަ ހަދަން ދީފަ، މިހާރު މޭޔަރުކަން ލިބުނީމަ ސިޓީ ކައުންސިލިގެ ބިމަކަށް ވީމަ. ކީއްވެބާ ޝިފާ މޭޔަރު ކަމުގަ ރުމާލު2 ޖަގަހަ ރޫޅާނުލީ ސިޓީ ކައުންސިލް ބިމެއް ވިއްޔާ
ޥަހީސް
02 April 2023
ވާނުވާއެނގޭތަ؟
މަ ބުނީ
01 April 2023
އަވަހަށް ރެޑްވޭވް އަށް =/100 ރުފިޔާ އަށް ތި ބިން ކުއްޔަށް ދީ.........؟
ތޔކހ
01 April 2023
މަހޭ ދޭބަލަ މަހައް
ވަހީދުއްދީން
01 April 2023
މަހޭމެން ވެއްޖެއެއްނު ގާނޫނުތަކަށް ތަބާވާން. ކޮބާތަ ތިޔަވުޒާރާގެ ލީގަލް މީހުން. 2 މުއައްސަސާގެ މެދުގައި ބޮޑު އަރައިރުމެއް އުފެދޭއިރު ލީގަލް ޓީމު ނިދާފަތޯ؟
ކޮއްކޮގެ އިބުރާ
01 April 2023
ބަލަ ދެެ މުވައްޞަސާ ގައި ވެސް ހުރީ ސަރުކާރުގެ މުދާ ނޫންއުތަ! މުއިޒު އެހެރީ ބަރާ ބަރަށް އަރާއި ގަނެ ތަންފީޒުކޮށްފައި!⅔