ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް: އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމަ އަށް އޮންނާނެ.-- ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
22 ޖެނުއަރީ 2017 - 17:21
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުަތުތަކުގެ ތެރޭގައި 30 އަހަރު ވެފައި ވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކުރުމަށް ފަހު، ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުން ހިމެނެ އެވެ.
ސީއެސްސީން މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ ހާލިދު، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މިދިޔަ މަހު އައްޔަންކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮމް
23 January 2017
ސަރުކާރުނޫން ފަރާތެއްގައި 10 އަހަރު އުޅުން. ސިވިލް ގަވައިދު ނޭގޭ ވަކިމީހަކަށް ދޭން އަމާޒުކުރި ވަޒީފާ.
މެންޓަލިސްޓް
22 January 2017
އަސްލު ތިޔައިއުލާން ކުރަންވީ ޕީޕީއެމްގެ އޮފީހުން ،، އެއީ ކޮންމެގޮތެއްގައިވެސް ތިޔަމަގާމަށް ހޮވޭނީ މަޖިލިސްގެ މެޖޯރިޓީވޯޓްލިބިގެން ،، މިއަދު މަޖިލިސްގެ ކޮންޓްރޯލްއޮތީ ޕީޕީއެމްގެ އަތްމަތީގައި ،، ދެން ދެވަނަ ކަމަކަށް އޮތި ތިޔަމަގާމުގެ ޝަރުތުތަކުތެރޭގައި އެބައޮތް ޑިގްތީއެއް ހާސިލްކޮއްފައި އޮތުންކަމަށް ،، ފުރަތަމަ ކުރަންވީކަމަކީ ރައްޔަތުންގެ މަޖިލިސްއަށް ޑިގްރީއެއް ނެއްމީހަކު ކުރިމަތިނުލެވޭގޮތަށް ހަދަން ހަދަން ވީ ،،، ވަރަށްވެދުން ،