ފިރިހެނުންނަށް ހާއްސަ ހެދުން ވިއްކާ ފިހާރަ އިލާލާގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ އާ ޑިޒައިންތަކެއްގެ ގަމީސްތަކެއް ނެރެފި އެވެ.
އިލާލާއިން ބުނި ގޮތުގައި އަލަށް ނެރުނީ ދިވެހިންނާއި ދިވެހި މާހައުލާ ގުޅޭ ޑިޒައިންތަކެވެ. އަދި އަލަށް ނެރުނު ޑިޒައިންތަކުގެ ތެރޭގައި އެކި ކުލަތަކުގެ ޑިޒައިންތައް ހިމަނާފައިވާނެ ކަމަށް ވެސް ބުންޏެވެ.
އިލާލާއިން މި ފަހަރު ތަފާތު 45 ޑިޒައިނެއްގެ ގަމީސް ވަނީ ނެރެފަ އެވެ. މި ގަމީސްތަކުގެ އެކި ސައިޒުތަކާއި ފިޓުތައް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އިލާލާގެ އަމިއްލަ ބްރޭންޑު "ކައުރީ" ގަމީސްތަކުގެ އާ ޑިޒައިންތައް ދޭތެރެދޭތެރެއިން އަންނަނީ ތައާރަފް ކުރަމުންނެވެ. "ކައުރީ" ބްރޭންޑުގެ ގަމީހުގެ އިތުރުން އެ ބްރޭންޑުގެ އެކި ޑިޒައިންތަކުގެ ފުޅި އާއި ތޮފި އަދި ސޯޓާއި ޓީޝާޓު ވެސް އިލާލާއިން ލިބެ އެވެ.
އިލާލާއިން "ކައުރީ" ބްރޭންޑު ތައާރަފް ކުރީ 2019 ވަނަ އަހަރު އެވެ. އެ ބްރޭންޑުގެ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިލާލާއިން ބުނެ އެވެ.