އޮފިޝަލް އަދި ކެޝުއަލް ވެއާގެ ރީތި އަދި ތަފާތު، ސްޓައިލިޝް އަންހެން އަދި ފިރިހެން ހެދުން ވިއްކާ އާބަން ތްރެޑްސްގައި ބުރާސްފަތި ދުވަހު އާ އަހަރަށް ހާއްސަކޮށް ސޭލެއް ފަށަން ނިންމައިފި އެވެ.
އެ ސޭލްގައި އެތަނުން ވިއްކާ އެކި އައިޓަމްތަކުގެ ތެރެއިން ހޮވާލެވިފައިވާ ވަކި އައިޓަމްތަކަކަށް ޑިސްކައުންޓް ލިބޭނެ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ޖެނުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ހެދުން ހިމެނެ އެވެ.
އާބަން ތްރެޑްސްގައި އާ އަހަރަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށަން ނިންމާފައި ވާއިރު، އެތަނުން ވަނީ އާ އަހަރަށް ހާއްސަ ކަލެކްޝަނެއް ވެސް ނެރެފަ އެވެ. އެ ކަލެކްޝަނުގައި އާ އަހަރުގެ ހެދުންތައް ހޮވުމުގައި ގިނަ ބަޔަކު ހިޔާރުކުރާ ކަޅު ކުލަ އާއި މެޓާލިކް އަދި ގޯލްޑު ކުލައިގެ ހެދުންތައް ހިމެނެ އެވެ.
އާ އަހަރުގެ ކަލެކްޝަނުގެ ތެރޭގައި ރާއްޖޭގައި ފަރުމާކޮށް، ފަހާފައިވާ ބައެއް ޑިޒައިންތައް ވެސް ހިމެނެ އެވެ.
ހެދުމުގެ އިތުރުން ތަފާތު އެކި އެސަސަރީތައް ވެސް ވިއްކާ އެ ފިހާރައަކީ މަގުބޫލު މެލޭޝިއަން ބްރޭންޑެއް ކަމަށްވާ އީލާންގެ އޮތޮރައިޒްޑް ރީސެލާ އެވެ. އެތަނުގައި އެ ބްރޭންޑުގެ އަރަބި ކެލިގްރަފީ ހިމެނޭ ގަހަނާ ވެސް ހުރެ އެވެ.
އެ ފިހާރަ ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
އެ ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ މަރުކަބް ޕްލާޒާގެ ފުރަތަމަ ފްލޯގަ އެވެ.