ޚަބަރު / މެމްބަރު ހަސަން ޒަރީރު (މަތިވެރި)

މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ގައްބަރޭ ހޯދަނީ

ފުލުހުން ހޯދަމުން އަންނަ ގައްބަރޭ: އޭނާއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް.

15 މެއި 2023 - 19:07

37 comments

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ބޮލުގައި މަރުތޭލަކުން ތަޅައި މަރާލަން އުޅުނު ކަމުގެ ތުހުމަތަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އިބްރާހިމް އަބްދުއްﷲ (ގައްބަރޭ) ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި ބޮޑެތި ކުށްތަކެއްގެ ގިނަ ރެކޯޑު އޮންނަ ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނި ގޮތުގައި އޭނާ ހޯދަނީ ގްރޫޕު ހަދައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށެވެ. އެއީ ކޮން މައްސަލައެއް ކަން ފުލުހުން ނުބުންޏަސް "މިހާރު"އަށް އެނގިފައިވާ ގޮތުގައި ގައްބަރޭ ހޯދަނީ މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް ހަމަލާދިން މައްސަލައިގަ އެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު: އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުން. --- ފައިލް ފޮޓޯ: މަޖިލިސް

ޒަރީރު ވިދާޅުވެފައިވާ ގޮތުގައި ފަސް މީހަކު ކެފޭތެރެއަށް ވަދެ މަރުތޭލަކުން އޭނާގެ ބޮލާއި ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރި އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ގައްބަރޭ ހައްޔަރުކުރުމަށް އޭނާގެ އެއްވެސް މައުލޫލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އާއި ފުލުހުންގެ ހޮޓްލައިން 3322111 ނަމްބަރަށް އަންގަން އެދުނެވެ.

ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިން ސަބަބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމަލާދިން މީހުންގެ ނަން ހާމަނުކުރައްވައި އޭނާ ވިދާޅުވެފައި ވަނީ ބަޔަކު ވަދެ އަނިޔާކުރިއިރު އޭނާއެކު އެތަނުގައި އިތުރު ބަޔަކު ވެސް ތިބި ކަމަށެވެ.

ޒަރީރަށް ހަމަލާ ދިން މީހުން ދެނެގަނެވުނީ އެ ކެފޭ ތެރޭގައި ހުރި ސީސީޓީވީ ކެމެރާއިންނެވެ.

37 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން.....

16 May 2023

މިފަދަމީހުން ގައުމީމަޖްލިސް ފަދަ މަޖްލިސް ތަކަށާ ކޮމިޓީތަކަށް ނުހޮވޭނެފަދަ ގޮތަކަށް ގަވާއިދުތަށް ބަދަލު ކުރަން ކެރޭނެ ވެރިއަކު އެބަހުރިތަ؟

The name is already taken The name is available. Register?

ޑަބޯ

16 May 2023

ޓާކޫރު ސާހަބް!ގައްބަރުކާ ޕަކަޅޯ ޒިނަދާހޭ. ވީރޫ/ޖޭ، މި ދެމީހުނަށް ނޫނީ ގައްބަރޭ ހައްޔަރެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ރޯޒަސް

16 May 2023

އައްޗީޑި އެމްޑީޕީ.. ގައުމީ މަޖިލިހުގައި ބޮޑެތި ކުށްތަށް ކޮށްފައި ތިބި ގޭންގު ލީޑަރުން؟؟؟؟ އަދީބާއި ޔާމީނު ނަންވާނީ

The name is already taken The name is available. Register?

ނުވިސްނާ

16 May 2023

އެމްޑީޕީ ކައުންސިލުން ، މިޒާތު ކުށުގެ ރެކޯޑު އޮންނަ މީހުން ވަކިނުކުރެވެނީ ކީއްވެބާ؟؟؟؟؟ މިޕާޓީގެ ޕާލިމަންޓަރީ ގުރޫޕު މީހުން ވަކި ކުރެވޭ. ގޭންގުތަކުގެ މީހުން ނާ ވަގުން ގެ ހާއްޔަކައް ވެފަ ޕާޓީތައް މިއޮތީ އެހެންވީމަ މި ޕާޓީ ނިޒާމު ކަޑަ.ބާރުހޯދުމައް ބިރުވެރިކަމާ ނުލާފާކަން ބޭނުން ތިޔަކުރުވަނީ.....

The name is already taken The name is available. Register?

ބުލްބުލީ

15 May 2023

ގައްބަރޭއާދެކޮޅަށް މުއިއްޒުގެ ބާރުތަކުން ތެދުވާނެކަމަށް އުންމީދުކުރަން. ފުލުހުންގެ އަތްތަކުގާ ވަނީ ސިޔާސީކަސްތޮޅުއެޅިފާ.

The name is already taken The name is available. Register?

ކަތްދައްތަ

15 May 2023

ކަލޯހަޔާ "އެޕާޓީގެ މެންބަރު" އެކޭ މިއޮތީ އެމް.ޑީ.ޕީ ގެ ވާހަކަދޯ. ގައުމީ މަޖިލީހުގަ މިތިބީ ކޮންބައެއް؟ ރައްޔިތުންގެ ފައިސާއިން މިލިޔަނުން މިލިޔަނުން ދީގެން ސިޔާސީ ޕާޓީތައް ހިންގާއިރު ޕާޓީގަ މިތިބީ ދިވެހިރައްޔިތުންގެ ލޭ ބޯން އަރާތިބި މީހުން. އަހަރެމެންގެ ޓެކްސް ފައިސާ މިޚަރަދު ކުރަނީ އަހަރެމެން ކަތިލަން. ގައުމުގެ ހަލާކު ކައިވަތަކާ އަރާ ހަމަވީ.

The name is already taken The name is available. Register?

ފްރައިޑޭ

15 May 2023

ދެން އިވޭނީ ގައްބަރޭ އަށް އިސްލާމިކް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ކަން ދިން ވާހަކަ.

The name is already taken The name is available. Register?

ޚަދީޖާ އަޙްމަދު

15 May 2023

ޞުބްޙާނައްﷲ . ގައްބަރޭ އަކީ ޤައުމީ މަޖްލިހުގެ މެމްބަރެކޭ. ހެތޮ ނުވާނެ ރައްޔިތުންނޭ. މިއީ ފުކެއް ބޮޑުވަރޭ.

The name is already taken The name is available. Register?

ދދދދދދ

16 May 2023

ހުވާ މަވެސް ސިއްސައިގެން ދިޔަޔީ މީ ބޮޑެތި މާރާމާރީ އާއި މީހުން މެރުމުގެ އެތެއް މައްސަލަ އެއްގަ ހައްޔަރު ކޮއްފަ ހުރިމީހެއް މީނަގެ ގުރޫޕްގަ އުޅުނު ޝަހުމް އެތެއް ބަޔެއްގެ މަރާލިކަން ސާބިތުވެ މަރަން ހުކުމް ކޮއްފަ އޮތީ

The name is already taken The name is available. Register?

‫ތުއްތޮންބެ

15 May 2023

‫ކިޔަވައިގެންތިބި ގާބިލުމީހުން އެއްކައިރިކޮއް ހުރިހާތނެއްގެވެސް އެންމެމަތީފަޑީގަ ބަސްކިޔާ ގޮތްނިންމަން މިތިބެނީ ކުށުގެރިކޯރޑު މުގުރާފަތިބޭމީހުން އެއީކީ މުޅިއަކުން އެމީހުންގެމައްސަލައެއްނޫން އަހަރެންމެންގެ ތެރެއިން ގިނަމީހުން ބޭނުންވާގޮތް ޑިމޮކިރަސީގަމިއޮންނަނީ ގިނަބަޔަކު ބޭނުންވާގޮތް އެއީގޯހަސް އަދި ރަނގަޅަސް.

The name is already taken The name is available. Register?

ޖާބެ.

15 May 2023

އެމް.ޑީ،ޕީ ޔަކީ މިހާރު ހުސް އަސާސީ ތައުލީމު ފެންވަރުންވެސް ފެއިލްވެފަ ތިބި ޒަމާނުއްސުރެއް ކުށޫގެ ރެކޯޑް އޮއްނަ މީހުންގެ ހާއްޔަކައްވެ ނިމިއްޖެ ، ޑުރަގު މާރާމާރި ޓެކުން ވައްކަން މިހުރިހާކަމެއް އެބައޮތް މިއީ މިކުރާކަމަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454