ގެއްލިގެން ހޯދަމުން ދާ އިހުސާނާ.
31 މެއި 2023 - 11:36
ހުޅުމާލެއިން، ކުޑަދަރިފުޅާ އެކު، އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ، 32، ގެ ޚަބަރެއް ނުވެ، ގެއްލިގެން މިދިޔަ ހޯމަ ދުވަހު އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު، އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު، ހިޔާ 06-4-15 އިން ކަމަށް ވެސް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
31 May 2023
ކުރީ ވެރިކަމުގަ ގެއްލުނު މީހުންގެ ޓީޝާޓްލައިގެން މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ބޮޑެތި ހިގާލުންތައް ބޭއްވި މީހުންގެ ވެރިކަމުގައި ގެެއްލުނު މީހުންނާއި މަރާލި މީހުން މާ ގިނަ.
ޙަބީބު.
31 May 2023
ހަރުކަށި ފިކުރުމީހުންްގެ އުނދަގޫ ވަރައްބޮޑު
ރަދީފްއޮފިޝަލް
31 May 2023
ހަމަ ހުރެފަ ތިހެން ބުނަން އެނގެނީ ކިހިނެއް؟؟ ވަހީ ބާވައި ލެއްވީތަ؟؟
ބަލަންތިބޭ
31 May 2023
ވެދާނެ ގައުުމު ހަލަ ބޮލި ކުރުމަށް ހިންގާ އެޖެންޑާގެ ދަށުން ކޮށްގެން އުޅޭ ކަމެއްކަމަށް .... ހެޔޮހާލުގައި ތިބެ ފެންނާނެ ކަމަށް އުއްމީދުކޮށް ދުޢާ ކުރަން ،
ގެދާނޯމޮސް
31 May 2023
އެކަނި ރައްށެއްގަ ހުރި މީހަކަށް ދިންހަމަލާ ޔާގުޅުން ހުރި މީހުންނަށް އެފަދަ ބަޔަކު ގެ ނުރައްކާވެސް ކުރުން އެކަށީގެންވެއެވެ.
ގެދާނޯމޮސް
31 May 2023
ސަލާމަތުން މަޔަކުވިޔަސް ހުރެ އާއިލާއަށް ވާނުވާ އެނގުން މުހިންމެވެ. ނާންގާނުގުޅި ވާގޮތަށް ދިގުލާ ދާނަމަ އެކަމަކީ ސީރިއަސް ކަމެއްކަމުގަ ޢާއިލާ ތަކުން ވިސްނާނެ ކަމުގަ އެންމެން ވިސްނަން ޖެހިފަވާ ޒަމާނެވެ.
މުނާލް
31 May 2023
އަވަހަށް ހެޔޮހާލުގައި ފެންނާނެ ކަމަށް އުއްމީދު ކުރަން. ފެނުނީމަ މިދެމައިންނަށްވީގޮތް ވެސް ޚަބަރެއްގަ ގެނެސްދިނިއްޔާ ރަނގަޅު.