އަބްދުﷲ ޖަމީލް: އޭނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސް ކޮޅަކަށް ފަހު.
11 ޖޫން 2023 - 08:59
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަބްދުﷲ ޖަމީލް މިއަދު އަވަހާރަވެއްޖެ އެވެ.
ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖަމީލް އުމުރުފުޅުން 87 އަހަރުގައި އަވަހާރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޝައިހް މުހައްމަދު ޖަމީލް ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލް ވަޒީރުކަން ކުރެއްވި މިނިސްޓްރީތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީ ހިމެނެ އެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ އެކި މަގާމުތަކާއި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ކުރެއްވި އެވެ.
އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފަ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި އެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ނޮވެމްބަރު 10، 2008 ގައި ދައުލަތުން އަރުވާފައިވާ އަބްދުﷲ ޖަމީލް ވަނީ 54 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.
އަބްދުﷲ ޖަމީލް އަވަހާރަވިއިރު ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ. އަބްދުﷲ ޖަމީލަކީ ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ ފަތުހުﷲ ޖަމީލާއި ޑރ. އާމިނަތު ޖަމީލް ބޭބޭފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
11 June 2023
إنَّا لله وإنا إليه راجعون މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި. އާމީން
ޢައިނު
11 June 2023
إِنَّا لِله وَإِنَّـا إِلَيْهِ رَاجِعون ރަޙްމާންވަންތަ، ރަޙީމްވަންތަ، ކަރީމްވަންތަ މާތްﷲ، ޢަބްދުﷲ ޖަމީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ކާތިބު
11 June 2023
إنَّا لله وإنا إليه راجعون މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!
އިލާ
11 June 2023
އަބްދުﷲ ޖަމީލަކީ އަޅުގަނޑަށް ފެނުނު ތަނުގައި ރައީސް މައުމޫން ދައުރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ބޮޑާކަމެއް ނެތް އެންމެ ސާދާ ބޭފުޅާ.. އަބްދުﷲ ޖަމީލަށް ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން..
އެކްސްް
11 June 2023
إنَّا لله وإنا إليه راجعون މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި!
އައްޓަމަސް
11 June 2023
ހޫމް މުހައްމަދު ޖަމީލުގެ އެންމެ ބޮޑު ދަރި
ޒޫމްބޫރީ
11 June 2023
މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި
ޑޮކްޓާރ. ބަނާނާ
11 June 2023
إنَّا لله وإنا إليه راجعون މާތް الله, މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ رحمة ލައްވައި ސުވަރުގޭގެ ދާއިމީ نعمة މިންވަރު ކުރައްވާށި! ޢާމީން. މިއަދު ވްކިވެ އެދިޔައީ އިއްޒަތް ތެރިއެއް . ޢިހުތިތާމް އާއި ގަދަރު ދެވިގެން ރައްޔިތުންގެ ލޯބި ލިބުނު އަދި ގައުމަށް މަތިވެރި ހިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއް!
އިދޫ
11 June 2023
މިއީ މުޙައްމަދު ޖަމީލް ދީދީގެ ދަރިކަލެއްތޯ؟
ހުސެން ބެންގަލޫރު
11 June 2023
އާދެ.
އޮނަރަބްލް އަފީފު ދީދީ
11 June 2023
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ