ޚަބަރު / މާލެ ސިޓީ ކައުންސިލް

މޭޔަރާ މެދު ހިތްހަމަނުޖެހި މެންބަރުން ޖަލްސާ ބޮއިކޮޓްކޮށްފި

މާލޭ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމުގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލަރު އައިފާން ހުށަހެޅި ދެ ހުށަހެޅުން އެޖެންޑާ ނުކުރި --ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒުއާ މެދު ހިތްހަމަނުޖެހިގެން އެ ކައުންސިލްގެ ބައެއް މެންބަރުންގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފި އެވެ.

ޖުމްލަ 18 ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން ފެށުމަށްފަހު އެޖެންޑާ ފާސްކުރުމަށް ވޯޓަށް އެހުމުން، އެޖެންޑާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ހިތްހަމަނުޖެހުން އެންމެ ފުރަތަމަ ފާޅުކުރެއްވީ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރު އަހުމަދު އައިފާން އެވެ.

އޭނާ ވަނީ ސިޓީ ކައުންސިލްގެ އެޖެންޑާގައި ދެ ކަމެއް ހިމަނައިދިނުމަށް އެދިފަ އެވެ. އެއީ ބައެއް ކައުންސިލަރުން އެމްޑީޕީން ވަކިވެފައިވާތީ، ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށެވެ. އަދި 35،000ރ. އަށްވުރެ މަތީގެ ތަކެތި ޕްރޮކިޔޯ ކުރާނަމަ، ކޯޕަރޭޓް އެފެއާޒް ކޮމިޓީން ފާސްކޮށް، އެ މައުލޫމާތު ކައުންސިލަށް ދިނުން ލާޒިމްވާ ގޮތަށް ހެދުމަށް އޮތް ހުށަހެޅުމެކެވެ.

ޖަލްސާ ފެށުމާ އެކު އައިފާން ވަނީ އެ ދެ ހުށަހެޅުން އެޖެންޑާ ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ. އެއާއެކު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވެސް އެ މާލަމުން ނުކުމެވަޑައިގެންނެވި އެވެ.

ދެ ހުށަހެޅުމާ ނުލައި އޮތް އެޖެންޑާއަށް ވޯޓަށް އެހެމުން އެހެން ބައެއް މެންބަރުން ވެސް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި އެވެ. އެގޮތުން، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ނުވަ މެންބަރަކު ޖަލްސާ ބޮއިކޮޓްކުރެއްވި އެވެ. އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މާލޭ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމުގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ސިޓީ ކައުންސިލް

އެކަމާ ގުޅޭ ގޮތުން މުއިއްޒު "މިހާރު"އަށް ވިދާޅުވީ ގާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން އެޖެންޑާ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ކުރުމަށްޓަކައި އެޖެންޑާގައި ހުށަހަޅަން ބޭނުންވާ ކަންކަން 72 ގަޑިއިރު ކުރިން ފޮނުވަންޖެހޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވައިދަށް މާއްދާއެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މުއްދަތު ތެރޭގައި މިއަދުގެ ޖަލްސާގެ އެޖެންޑާ ތައްޔާރުކޮށްފައިވާނެ ކަމަށާއި އޭރު ކައުންސިލަރު އައިފާންގެ ހުށަހެޅުންތައް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ދެ ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވުނު ނަމަވެސް، ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރާނެކަން ވާނީ އަންގައިފަ އެވެ.

އޭނާ ވިދާޅުވީ ދެ ހުށަހެޅުން އެޖެންޑާ ނުކުރީ ހުށަހެޅުމުގައިވާ އެއްވެސް ކަމަކާ ދެކޮޅުވާތީ ނޫން ކަމަށެވެ. މުއިއްޒު ވިދާޅުވީ މިހާތަނަށް ކައުންސިލްގެ 109 ބައްދަލުވުން ބޭއްވިފައިވާއިރު، މިފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ކައުންސިލަރުން ފޮނުވާ ހުރިހާ ކަމެއް ވެސް ގަވައިދުން އެޖެންޑާ ކުރަމުން ގޮސްފައިވާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމުން ވެސް އެނގިގެން ދަނީ ކައުންސިލްގެ ޖަލްސާތައް ބާއްވަމުން ދަނީ ރަނގަޅަށްކަން ކަމަށެވެ.

ޖަލްސާ ބޮއިކޮޓް ކުރެއްވި ސަބަބާ ގުޅޭ ގޮތުން ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހު "މިހާރު" އަށް ވިދާޅުވީ ކައުންސިލަރުން އެޖެންޑާއަށް ކަމެއް ހުށަހެޅުމުން އެކަން އެޖެންޑާއަށް ނުލައި ހުންނެވުމަކީ މޭޔަރަށް އޮތް ބާރެއް ނޫން ކަމަށެވެ. އެއާ ހިލާފަށް މޭޔަރުގެ އަމަލުތައް ބަހައްޓަވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، ކޮމިޓީތައް އަލުން އެކުލަވާލުމަށް މޭޔަރު ދެކޮޅު ހައްދަވަމުން ގެންދަވަނީ އެ ކޮމިޓީތަކުގެ ކޮންޓްރޯލް ގެއްލިދާނެތީ އެވެ. އެކަމަކު، ކައުންސިލަރުން ނިސްބަތްވާ ޕާޓީ ބަދަލުވުމަކީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުވާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ވީއެންމެ އަވަހަކަށް ކުރަންޖެހޭނެ ކަމަށެވެ.

އައިފާން ދެވަނައަށް ހުށަހަޅާފައި އޮތް ހުށަހެޅުމަކީ ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ހިނގަމުންދާތީ، އެކަމަށް ފާރަވެރިވުމުގެ ގޮތުން ގެންނަ ބަދަލަކާ ގުޅޭ ހުށަހެޅުމެއްކަން ސައިފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުޑަ ކޮމިޓީއެއް ހަދައިގެން ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ ކަންކަން އެހެން ކައުންސިލަރުންނަށް އެނގުމަކާ ނުލައި މޭޔަރު ނިންމަވަމުންދާ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވީ ޕާކިންނަށް ބިންތައް ދޫކުރުމާއި ބައެއް މައިޒާންތަކުން ކެފޭ ފަދަ ތަންތަން ހެދުމަށް ކައުންސިލުން ނިންމާފައިވަނީ މުޅި ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކުރުމެއް ނެތިކަން ކަމަށެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ ސައިފް ވިދާޅުވީ މޭޔަރު މުއިއްޒު މިހާރު ކަންކަން ކުރައްވަމުންދާ ގޮތާ ގުޅޭ ޝަކުވާއާ އެކު ލޯކަލް ގަވަރެމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް ކައުންސިލަރުން ދާނެ ކަމަށާއި ދެން ޖަލްސާތަކުގައި ބައިވެރިވާނީ މޭޔަރު ކަންކަން އިސްލާހު ކުރެއްވުމުން ކަމަށެވެ.

29 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުން

07 July 2023

ބަލަ. 72 ގަޑިއިރުކުރިން ހުށަހަޅަން ގަވައިދު ފާސްކޮށްފައި ނޫންތަ އެއޮތީ. އެހެންްވީމާ 72 ގަޑިއިރު ނެތި ހުށަހަޅާ ހުށަހެޅުން ދެން އިންނަ ޖަލްސާއަށް އެޖެންޑާކުރާ ވާހަކަ ބުނެފައި އެއޮތީ. ކޮންމެ ކަމެއްގައިވެސް ހަމަތަކެއް އިންނަން ޖެހޭ. ހިތަށް އެރިގޮތަކަށް އެއްކަމެއްވެސް ނުވާނެ. މުއިއްޒަކީ މާލޭ ރައްޔަތުން މޭޔަރުކަމަށް ހޮވާފައި ހުރިމީހެއް. ތިއެލްޖީއޭއަށްވެސް މުއިއްޒާ ދެކޮޅަށް ކަންކަމެއް ނުކުރެވޭނެ.

The name is already taken The name is available. Register?

އިކްރާން

06 July 2023

މުއިއްޒުގެ ނިންމުން ހަމަ ސަތޭކަ. ސީދާ އިސޫލު ނެގެހެއްޓީ

The name is already taken The name is available. Register?

ވަރަބިންދާލި

06 July 2023

ރައީސްޔާމީނަށް ފަހު ދެން ތާއީދު އޮތީޑރ މުއިއްޒަށް . މާލެވަށާބުރެއް އަޅާލިއަސް ތަފާތު ފެނޭ . ޑިމޮކްރަސީ ވަރުގަދަ ކުރަން ށޭކިޔާފަނި ހަދާނީކީނޫން .

The name is already taken The name is available. Register?

މޫސާ ނިޒާރް

06 July 2023

ވަކަރުގޭ ކުދިން އުޅޭހެން ޕީޕީއެމްގެ ކައުންސިލަރުން ތިއުޅުނީ. މުއިއްޒް ހެދި ގޮތް ރަނގަޅު

The name is already taken The name is available. Register?

ބޮޱޭ

12 July 2023

ސާބަސް

The name is already taken The name is available. Register?

މުއާނިޝް

06 July 2023

މަށެއް މުއިއްޒް ތާއިދެއް ނުކުރަން. އެކަމަކު ތަފްސީލް ކިޔާލުމުން އިނގޭ އައިފާން ހުށަހެޅީ މާލަހުންކަން. 2 އަހަރު ވާއިރު ގަވާއިދު ނޭނގޭތެ އައިފާންއަށް؟

The name is already taken The name is available. Register?

ެަމްޒަދް

06 July 2023

ކުރިންވެސް މުއިއްޒް އެތައް ބާރެއް ދޫކޮށްލި. ދެން ސައިފް ބުންޔަސް ތިކަން ގަބޫލް ކުރާނީ ކިހިނެއް.؟

The name is already taken The name is available. Register?

މިފްޒާލް ޖިހާދް

06 July 2023

މަށަށް ޔަގީން ގާނޫންގެ އެބުނާ 72 ގަޑިއިރު ތެރޭ ހުށަހެޅި ނަމަ މޭޔަރ ތިކަން އެޖެންޑާ ކުރާނެ ކަން. ދެން ޖަލްސާ ފެށުނީމަ ހުށަހެޅީމަ ވޭތަ؟

The name is already taken The name is available. Register?

ތިބިޔާން

06 July 2023

މުއިއްޒް ނެގެހެއްޓީ ގާނޫން. ގާނޫން މުގުރައިގެން އައިފާން ނަރީޝް ތި ނުކުތީ. ކީކޭ ބުނާނީ

The name is already taken The name is available. Register?

ހައިޝަމް އަބްދުލް ގައްޔޫމް

06 July 2023

މުއިއްޒް ހިންގާލާފަ އުޅޭތީ ޕީޕީއެމްގެ ކުދިންނަށް ވެސް ހަޖަމް ނުވީދޯ؟ ހެހެ

The name is already taken The name is available. Register?

އަފާފް.

06 July 2023

ކަލޯ ވަކި މީހެއް ބުނެގެން ވަކި ގޮތައް ތި ހަދަނީ. ޔާމީންއަށް ވުރެ މުއިއްޒް މާލެ އަށް ގަދަވާނެހެން ހީވެގެން ތެޅެނީދޯ؟

The name is already taken The name is available. Register?

އާންދޮގެއް

12 July 2023

މުއިޒް އެއީ ހިތުހުރިހާގޮތަކައް މީގެކުރިންވެސް އަދި މިހާތަނައްވެސް ކަންކަން ނިމްމާފަ ހުރި މީހެއްނޫން ތިއުލެނީ ކާން ބޭނުންހާގޮތަކައް ނުކެވިގެން ކަމެއްވެގެން އެމަގާމައް ރައިއްޔަތުން ހޮވާފަ އެހުރީ ވަރައް ސާފުދ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454