ކުރީގެ ހޯމް މިނިސްޓަރު އުމަރު. އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އަންނަ އާދިއްތަ ދުވަހު އޭނާ ލަންޑަނަށް ފުރާވަޑައިގަންނަވާނެ. - ފޮޓޯ: މިހާރު
02 ފެބުރުއަރީ 2017 - 20:40
އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލްއާ ސިޔާސީ މަޝްވަރާތައް ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
"މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި އުމަރު މިރޭ ވިދާލުވި ގޮތުގައި ލަންޑަނަށް ވަޑައިގަންނަވަން ނިންމެވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެ ގޮތުން ޖަމީލް އާއެކު އެއްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ލަންޑަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.
"ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާތީ އޭގެ މަޝްވަރާތައް ކުރަމުން މިދަނީ، އެ ގޮތުން ޖަމީލަކީ ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ،" އުމަރު ވިދާޅުވި އެވެ.
ޖަމީލްގެ އިތުރުން ކުރީގެ ދެ މިނިސްޓަރުން އަދި އިދިކޮޅު އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ އަމީން އާއި މުހައްމަދު މަލީހު ޖަމާލްއާ ބައްދަލުކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނަންތޯ އެހުމުން އުމަރު ވިދާޅުވީ މިފަހަރުގެ ބައްދަލުވުމުގައި އެމަނިކުފާނާ މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު މިހާރު ހުންނެވީ އަވައްޓެރި ސްރީލަންކާގަ އެވެ.
އަންނަ އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އުމަރު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ މަޝްވަރާ ކުރައްވާފަ އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އަދި ޕީޕީއެމް ދެބައިވުމާއެކު އުމަރު ވަޑައިގެންނެވީ މައުމޫންގެ ފަޅިއަށެވެ.
ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރައީސް މައުމޫނާ ނުލައި ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަމަށް އާދެވެނީ ވެސް މިހާރު ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
03 February 2017
ތިޔައީ ވަރަށް ރަނގަޅު އިސްނެންގެވުމެއް، ޑރ. ޖަމީލް އާއި އުމަރު އަދި މައުމޫނުއާއި ގާސިމް އެއްކޮޅަށް އަރާފައި އަނެއްކޮޅުން އެމްޑީޕީން އަރާފައި ޕީޕީއެމާއި އެމްޑީއޭއާއި ދެކޮޅަށް ޖެއްސީމާ ރަނގަޅުވާނެ އެއިރުން ދެވަނަ ބުރުގައި ވަތަން އެދޭގޮތަށް އަނެއްކާވެސް ކުރިއަށް ގެންދެވޭނެ، މިފަހަރު ލަފާކުރެވޭގޮތުގައި އިންތިހާބުގައި ނިކުންނާނީ ޕީޕީއެމާއި އެމްޑީއޭ، ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ މައުމޫނުގެ ފެކްޝަން، ދެން އެމްޑީޕީއާއި އަދާލަތު ޕާޓީ، އެކަމަކު ދިވެހިން ބޭނުންވަނީ މުޅިން އާމީހެއް
އަހްމަދު/ނޭކުރެންދޫ
03 February 2017
އުމަރު ނަސީރަކީ ވެރިކަން ކުރެވޭނެވަރުގެ ޤާބިލުކަމެއް ހުރިބޭފުޅެއްނޫން.މިހާރު އެއުޅެނީ ޖަމީލުގެ ބޮލައް ޗިޕެެއްޖަހަން.
ޒައިން
03 February 2017
ދެ ފެއިލިޔަރުން
ބޮޑުބޭބެ
03 February 2017
މޫނަކީ މީހާގެހިތްހެޔޮކަން ބަލާލޯގަޑު.
އަލީ
03 February 2017
މަގޭމެން ޕިންކީންނަކީ ވޯޓުލައިގެން ކަންކަން ނިންމުމުގެ ޝައުގުހުރިބައެއްނޫން އުމަރާ އެއީ ބޭކާރު ޚަރަދެއް ކީންކުރަން ބޭކާރު ޚަރަދުކުރަންވީ މަގޭމެން ނަކީ ތަރަގީ ތަރައްގީއަކީ ޕިންކީ އިންތިޚާބުގެ ކަންތައް ކުރިންވެސް ފަހުންވެސް މަގޭމެން ނިންމާނީ ކޯޓުން އެކަމާނޫޅޭ އެކަމެއްނުވާނެ ޑިމޮކްރަސީގައި އިންތިޚާބެއް ނޯންނާނެ މަގޭމެންގެ ބްލޫސްއާ ކޯތުތަކާ އޮތީމާ ނިމުނީ އުމަރުމެންނަކީ ސިޔާސީވާހަ ދައްކާ މާޅަކުދިން މަގޭމެންނަކާ ނުކުޅެވޭނެ އުމަރަކަސް ޖަމީލަކަސް ތިގެންއުޅެންޏާ ޖަލަށްލާން ޖެހިދާނެ
ޝަފީގު
03 February 2017
އަޅުގަނޑަށް ވަރަށް މަޖާ އުމަރު އިންތިޙާބު ގެވާހަދައްކާތީ ވެ ތިޖޫރީ ހުރިތަން ވަޅުގަނޑަކަށް ވެނިމުނު އިރު އުމަރު ހުންނެވީ ތަހޮގީގީ އިދާރާގެ ވަޒީރަކަށް ކޮނަކަމެއްތޯ ކުރެވުނީ ނުހައްގުން މީހުން ހިފާހައްޔަރު ކުރުން ފިޔަވާ ވީކަމެއް ހަމަހަރާނޭ އިގޭތޯ
ޢަލީ
03 February 2017
ކޮމާންޑް ސެންޓަރު ލަންޑަނަށް ބަދަލު ކުރަނީތަ. ބަލަ ކޯލިޝަން ހަދައިގެން އަޔަސް މަ ވޯޓެއް ނުދޭނަނަށް. އެމްޑީޕީން ވެރިކަމަށް އައީ ކޯލިޝަން ހަދައިގެން. އެކަމު އެންމެން ބޭރުކޮއްލާ ވެރިކަން އަމިއްލަ ކޮއްލި. ޕީޕީއެމްއިން ވެރިމަަށްއައީވެސް ކޯލިޝަން ހަދައިގެން، އެކަމު އެންމެން ބޭރުކޮއްލައިފި. ދެންހަމަ ބޭރުކުރާ އެންމެން މަގުތަކަށް ނިކުންނާނެ. މަމީ އެމްޑީޕީ މެމްބަރެއް. ޕާޓީން ނެރޭ ކެނޑިޑޭޓަކަށް ވޯޓްދޭނި ހަމައެކަނި ކޯލިޝަން ނުހަދާ އެމްޑީޕީ އިންތިހާބަށް އައިސްގެން. ނޫނީ ޕީޕީއެމްއަށް ހިތާދެކޮޅަށްވެސް ވޯޓްދޭނަން. ޤައުމުގެ ހަމަޖެހުން މާމުހިންމު.
އަފިހުން ގޮއްޔެ
03 February 2017
އަލީގެ ކޮމެންޓަށް ތާއީދު ކުރާ ހާލު ބުނެލަން އޮތީ، ނިންމާލަމުން ތިބުނި "ޤައުމުގެ ހަމަޖެހުން" ޕީޕީއެމަށް ވޯޓު ދީގެން ޤައުމުގެ ހަމަޖެހުން ލިބޭނެބާ! މިހާތަނަށް ފެންނަން އޮތް މަންޒަރަކީ އެއްވެސް މިންވަރަކަށް ޤައުމުގެ ހަމަޖެހުމެއް ނެތްކަން ދެއްތޮ، ނުވިތާކަށް ޤައުމު ކައި ހުސްކޮށްފި ނޫންތޯ، ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އިންތިހާ ނޫންތޯ، މިހާރުވެސް ހުއްޓުމެއްނެތި އެކަމުގަ އެވެރިން އެތިބީ މަތިހަށި ނަގާފަ ނޫންތޯ، ދެން ޤައުމުގެ ކޮން ހަމަޖެހުމެއްތޯ އޮންނާނީ، ޤަބޫލު ކުރައްވަންތޯ، ވިސްނާލާ.
އަލްޖިބްރާ
03 February 2017
އުމަރު ބުނި އަންނިގެ އުގަކަށް ނުވެއްޓޭނަމޭ! މިހާރު ތިޔަވެއްޓެންދަނީ ކާކުގެ އުގަކަށްތަ ؟ ތިޔަޖަމީލުވެސް އަންނިއަށް ބަވާފަ ގޮސް ކޯލިޝަންހެދީ އަންނިގެ އުގަށްވެއްޓިގެނެއް ނޫންތަ ؟ އުމަރު ކިތައްމެ ވަރަކަށް ދިވެހިރާއްޖޭގެ ވެރިކަމަށް ސަވާރުވާން އުޅުނަސް އުމަރަށް ވޯޓްލާނެ ބަޔަކު ނޫޅޭ ! ތިޔައުޅެނީ މޮޔަވެގެން ! ކަލެއަށް ކަލޭގެ ހިޔަނި ފެނުނަކަސް ، ކަލެއަކީ ކަމުދާމީހެއް ނޫންކަން އެންމެންވެސް ދަނެއެވެ.
ގެދާނޯމޮސް
02 February 2017
މިޤައުމަށް ކާލާ މަންނައިގެ ސުންޕާކަން ޖެހެނީއެވެ.
ބޮޑުބޭބެ
03 February 2017
ބޯހުރިމީހަކު ގަބޫލުކުރާނެތަ މައުމޫނު ޔާމީނުދޫކޮއްލާފަ އުމަރ ރިޔާސީއިންތިޚާބަށް ނެރޭނެ ކަމަށް. ކާމިނީގެއިން ވރިކަން ދޮންޖޭމުގެ އަށް ބަދަލުވާން އެދޭނެކަމަށް. ދިވެހިން ގަމާރުކަންމަތީ ތިބޭނީ ކިހާދުވަހަކުބާ!
ފަޅުވެރިން
02 February 2017
ޢުމަރާ ތިޔައީ ބޮއްކުރާ ދޮށަށް އޮޑި ކެނބުމެއް ނޫންބާ؟ ޢުމަރަކީ ރިޔާސީ ކެންޑިޑޭޓް، ޖަމީލު އެއީ ކޮން އެއްޗެއް؟ ކުރީގެ ނައިބު ރައީސޭ ކިއިދާނެ، ނަގައިގަތް ކުޑަކަތީބޭވެސް ކިއިދާނެ. އެހެން ނަމަވެސް ހަނގުރާމައިގެ މައިދާނުން މަދުވެގެން ދެފަހަރު ވަނީ ފިލާފައި. ތިޔަތިބީކީ އެއްވެސް އަގެއް ހުރި މީހުންނެއް ނޫނޭ. އެބަޔަކާ ބެހޭގޮތުން ޢުމަރު ކެނޑިނޭޅި ސަޅިބައިސާ ކެނޑި ކާލާ މަންނައާއި، ކާލާ ބައިސާއާއި، ކާލާ ބިބީގެ ހުރި ފެންވަރާއި ފަންވަރުވެސް ދިވެހިން މިދަކީ ދެކެމުންނޭ. އަބަދުވެސް ތިޔަކަހަލަ ތަމްސީލެއް ކުޅުމުގައި އުޅެވޭތޯ ބަލާ. ފިލްމް ކުޅުމުގައި ޖަމީލުގެ ހުރި ކުޅަދާނަކަން ހަމަ ގައިމުވެސް "ސްޓީލިންގ ޕެރެޑައިސް" ފިލްމު ބެލި މީހުންނަށް އޮޅިފައެއް ނޯންނާނެ! އެހެންނަމަވެސް ތިޔަކަހަލަ ތަމްސީލީ މީހުންނަކަށް ދިވެހިން ޝައުޤުވެރިކަމެއް މިހާރަކު ނެތޭ! ތިޔަކަހަލަ ކޫސަނި ފިލްމުތައް ބަލާނެ ވަގުތެއް ދިވެހިންނަކަށް ނެތޭ. ތަރައްޤީގެ ހަދަފްތައް ކަޑައްތު ކުރުމުގައި ދިވެހިން މިއުޅެނީ މާ އަވަދިނެތިކޮށޭ! ސޮރީ ފިލްމީ ބޯއިޒް، ނޯ ޓައިމް ފޮރ ޔޫ!