ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމުގެ ކުރިން އޮފިޝަލަކު ވޯޓުކަރުދާސް ގުނަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ސެޕްޓެމްބަރ 2023 - 11:42
ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހެއްގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ވޯޓުލުން މެދުކަނޑާލައިފި އެވެ.
ފުލުހުން ބުނީ ވޯޓު ލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ދިމާވެގެން އުޅޭ ކަން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވެސް ކަށަވަރުކޮށްދިނެވެ.
އެ މައްސަލަ ފެންމަތިވީ އެ ފޮއްޓަށް ވޯޓު ލާން ދިޔަ މީހަކަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި ހުރި ކަން އެނގިގެން އޭނާ އެ މައްސަލަ ޖެއްސުމުންނެވެ. އޭނާ ބުނި ގޮތުގައި، އޮފިޝަލުގެ ސަމާލުކަމަށް އެކަން ގެނެސް ދެ ފަހަރަށް ވޯޓު ކަރުދާސްކޮޅު ބަދަލުކުރި އިރު، ފަހުން ދިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް ހުރީ ކުރަހައިފަ އެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އިންނަ ގޮޅީގެ ބޭރުގައި އެއްވެސް އެއްޗެއް ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ.
އީސީން އެންމެ ފަހުން ބުނި ގޮތުގައި، ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފެށިތާ ތިން ގަޑިއިރު ވީއިރު، މިހާތަނަށް 34 ޕަސެންޓް މީހުން ވަނީ ވޯޓު ލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
30 September 2023
އޮފިޝަލު ބޭރުކޮށް ކަނޑައެޅިފައިވާ އަދަބު ދީގެން ތިކަން ހައްލުވާނީ.
ސައްކު
30 September 2023
ކަދުރޭ މެންނައް ސައްކު ނުކުރާތި
ރިސްފާ އުންމޫން
30 September 2023
ފާރިސް މައުމޫނުގެ ޓީމް ބާތިލް މެމްބަރެއްދޯ.