15 ނޮވެމްބަރ 2023 - 20:37
ހުކުރު ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެ ތަން ވަށައިގެން ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން މަނާކޮށްފި އެވެ.
ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައިވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީ އާ ހަމައަށެވެ.
ޓްރެފިކް އެލަރޓް:
— Maldives Police (@PoliceMv) November 15, 2023
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތާ ގުޅިގެން ޕާކުކުރުން މަނާ ކުރެވޭ ސަރަހައްދާއި ބަންދުކުރެވޭ ފަޅުގެ ސަރަހައްދު.@mvpeoplesmajlis pic.twitter.com/JGdBytZFMV
މެދުޒިޔާރަތް މަގުގައި ފެންޓަސީ ސްޓޯރުން ފެށިގެން ހޮޓެލް ޖެންއާ ޖެހިގެން އޮންނަ ޕާކިން ޖާގައާ ހަމައަށް ޕާކުކުރުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، ލޯކަލް މާރުކޭޓުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެ ސަރަހައްދުގައި ކަނޑުއުޅަނދުތައް ބަނދަރުނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ހުވާކުރުމުގެ ރަސްމިއްޔާތަށް މި ބަދަލު ގެނެސްފައިވަނީ، މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަަދަދ
16 November 2023
މިވަރުނުކޮށް ހުވާ ނުކުރެވެނީތޯ؟ ފުރަތަމަ ފެށުންވެސް މިއަންނަނީ އެންމެ ނުބައިކޮށް. ވެރިކަން ފެށިގެން ކޮށްލާނެ ވަރު މިހާރުވެސް އަންދާޒާ ކޮށްލެވޭ.
ރަނގަޅުކަމެއްތަ
16 November 2023
ބުރާސް ފަތި ދުވަހު ހަވީރު 6 އިން ފެށިގެން ހޮނިހިރު ދުވަހު ހެނދުނު 6 އަށް ހެދުމުގެ ބޭނުމަކީ ކޮބާ؟ ހަފްލާ ނިންމާ ގަޑިން ފެށިގެން 3 ގަޑިއިރު ފަސް ކޮށްލީމަ ނިމުނީއެއްނު.
ނޫސް ކިޔާ މީހާ
16 November 2023
އެއްވެސް ބޭފުޅަކު އިސްރާފޭނުކިޔާ ނިމެމުންމިދާ ސަރުކާރުން އިސްރާފްކުރިވަރަށް ދުވަހަކުވެސް އިސްރާފެއްނުކުރާނެ ކުޑަކުޑަ މިސާލެއް ރަށްރަށުގައި އަޅަންފަށާފައިވާ ސުކޫލް މަލްޓިޕާޕާސް ހޮލްތައް ދެންމިހެންގޮސް ކިޔާނެކަމެއްނެތް ޖަހާފައިވާ ދަގަޑުތައް ދަބަރަސްގޮސް ހުސްވެފައި ގެނެސްސާހުރި ސިމެންތިތައް ގާވެފާ ހިލަ ހިލަވެލިތައް މުޅިތަނަށް ފެތުރިގެންގޮސްފައި މީއަދި ކުޑަވަރު
ތެދުބަސް
16 November 2023
މި ގޮތަށް ހަމަ ހިތައްއެރީމަ މުޅި ސަރަހައްދު ޕާކް ނުކުރެވޭ ގޮތަށް ހެދީމަ އާންމުންނަށް ކިހާ އުދަގޫވާނެ. އެސަރަހައްދުގަ އުޅޭ އޮފީސްތަކުގެ މުވަޒަފުން ކޮންތާކުތޯ ޕާކުކުރަނީ. މަސްވެރިންގެ ޕާކާ ހަމަޔަށް ވީމަ ބޮޑުވަރު އެއީ. އެމީހުންނަށް ނުފެނޭތަ މުޅި އެމަގުގަ ޕާކު ކޮށްފަ ހުރިހާ ވެހިކަލްތަށް. މީހުންނަށް މަޖުބޫރު ކުރުވަނީ ޤާނޫނާ ގަވައިދު މުގުރަން.. ދެދުވަސް މީ ކޮންމެ ދުވަހަކު އެހާ ދުރުގަ ޕާކު ކުރަން މިޖެހެނީ.
ީަކަމެއް
16 November 2023
ހެޔޮނުވާނެ އެއްވެސް ސަރުކާރަކުން ކުރާ ކަންކަން ވަކިން ފަޅު ރަށެއްގަ ބާއްވަބަލަ. ޙުރިހާ އުނދަގުލެއް ރައްޔިތުންނަށް. ޢޭނާ ހުވާ ކުރުންވެސް މަޖިލިސް ތެރޭ ކޮށްބަލަ. ޢޭރުން ހަރަދުވެސް ކުޑަވެފަ މަގުވެސް ބަންދުކުރާކަށް ނުޖެހޭނެ. ބޯ ހަލާކު
ޢިހްސާސް
16 November 2023
މިވަރުކަމެއް ކުރަންވެސް ތިހާ ބޮޑު އިސްރާފެއް..
އިންތިގާލީ ކޮމެންޓް ގުރޫޕު
15 November 2023
ވާއު. ވާއު. މުއިއްޒު ހުވާކުރުން ޖުމުހުރީ މައިދާނުގަ. ވާއު. ވާއު.
ވެޔޮ
15 November 2023
އިސްލާމީމަރުކަޒަށްހުކުރަށްދާމީހުންނަށްޕާކުކުރެވޭނެތޯ'
ވާރޭ
15 November 2023
ހުކުރު ދުވަހުގެ މޫސުން ވެސް ބަލާލާ.. އޮތީ ގުގުރާ ވާރޭ
LaamuonlineDOTcom
15 November 2023
ދުނިޔޭގެއެކިގައުމުތަކުގެ މީހުންތައްގެނެސް ފުނިކުރާއިރު ކިހާވަރެއްގެ ސެކިއުރިޓީއެއްތިޔަތަނުގައި އެބައޮތްބާ؟ ވަށައިގެން ބޮޑެތިއުސްއިމާރާތްތައްހުރި އިރު އޯޕަންއެއަރކޮށް ހަމަބިމުގައި އޮތްތަނެއް އެއްގޮތަކަށްވެސް ރައްކާތެރިވާނެކަމަށް ގަބޫލެއްނުކުރެވޭ! ޓެރަރިސްޓުންނަށްވެސް ހޯދަންއުޅެފިނަމަ ނިއުކުލިޔަރ ހަތިޔާރުވެސް ހޯދިދާނެ ޒަމާންމީ އެހެންނުން! ފުލުހުންވެސް އަޅަންޖެހޭ ފިޔަވަޅުތައްއަޅާނެކަމަށް ގަބޫލުކުރެވޭ، ނަމަވެސް މިތަން ރައްކާތެރިވާނެކަމަށް ނުބެލެވޭ