ޚަބަރު

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 2023 - 16:11

16 comments
17 ނޮވެމްބަރ 17:17

ރައީސް ވިދާޅުވީ އަދުލުވެރިވާނެ ކަމަށާއި ބޭއިންސާފު ނުވާނެ ކަމަށާއި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް.

17 ނޮވެމްބަރ 17:15

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި އެހެން ގައުމުތައް އަންނާނީ އެއަށް ފަހު ކަމަށް ވިދާޅުވި. އެކަމަކު ގައުމުތަކާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވި

17 ނޮވެމްބަރ 17:10

ރައީސް ވިދާޅުވީ ދީނަށް ލޯބި ޖެއްސުމަށް މަސައްކަތްޕުޅުކުރައްވާނެ. ދީނީ އިލްމުވެރިންގެ ދުލާއި ގަލަށް ޖާގަ ދެއްވާނެ ކަމަށް ވެސް ވިދާޅުވި.

17 ނޮވެމްބަރ 17:10

ކޮންމެ ގައުމެއްގައި ވެސް އިލްމުވެރިންނަކީ އެ ގައުމެއްގެ ކުރިބޯށި ކަމަށް ވިދާޅުވެ، ކޮންމެ ދާއިރާއެއްގައި ވެސް ސިޔާސަތު ތަންފީޒު ކުރުމުގައި އެ ބޭފުޅުންނަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި

17 ނޮވެމްބަރ 17:08

ރައްޔިތުންގެ ހުށަހެޅުންތަކަށް ކުރިއަށްއޮތް 20 އަހަރުގެ މާސްޓަޕްލޭނެއް ހަދައި އެއަށް ގާނޫނީ ބާރު ހޯދައިދޭނެ ކަމަށް އާ ރައީސް ވިދާޅުވި

17 ނޮވެމްބަރ 17:06

ބިންވެރި ކަމާއި ގެދޮރުވެރިކަމަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި. މި ފެށުނު ސަރުކާރަކީ ގެދޮރުގެ ރަންޒަމާނެއް ފެނިގެން ދާނެ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި.

17 ނޮވެމްބަރ 17:05

ރައީސް ވިދާޅުވީ ހަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދު ކުރާނެ ކަމަށް. ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްޗަކީ ޓޫރިޒަމް ކަމަށް. ފަރުދީ ފެންވަރުގަ އާއި އާއިލީ އަދި ގައުމީ ފެންވަރުގައި ޓޫރިޒަމުން ފައިދާވާ ކަމަށާއި އެހެންވެ އެ ދާއިރާ އަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭނެ ކަމަށް.

17 ނޮވެމްބަރ 17:04

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު، ދުވަހަކު ވެސް ނުދެކޭ ވަރުގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށް. އަދި އެކަމަށް އާ ސަރުކާރު ތައްޔާރަށް އޮތް ކަމަށް ވިދާޅުވި.

17 ނޮވެމްބަރ 17:04

ރައީސް ވިދާޅުވީ މި ފެށުނު ރިޔާސީ ދައުރުގައި ދެ ކަމަކަށް ގައުމު ބިނާކުރާނެ ކަމަށް. އެކުލަވާލާ ސަރުކާރު ދެ އަސާސެއްގެ މައްޗަށް އިސްކަން ދޭނެ ކަމަށް.

17 ނޮވެމްބަރ 17:00

ރައީސް ޑރ. މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ

17 ނޮވެމްބަރ 16:57

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ މިއަދު ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:56

ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ހުސެއިން މުހަންމަދު ލަތީފު، ނައިބު ރައީސް ކަމުގެ ހުވާ ކުރައްވައިފި. އެމަނިކުފާނަށް ހުވާ ލައިދެއްވީ މަޖިލީހުގެ ރައީސްގެ ހާޒިރުގައި އުއްތަމަފަނޑިޔާރު. ހާޒިރުގައި ރައީސް ޑރ. މުއިއްޒު ހުންނެވި.

17 ނޮވެމްބަރ 16:53

ރައީސް ޑރ. މުހަންމަދު މުއިއްޒު އިގުރާރުގައި ސޮއިކުރައްވައިފި

17 ނޮވެމްބަރ 16:50

ހުވާ ކުރެއްވުމާ އެކު 21 ބަޑީގެ ސަލާމެއް އެބަ އަރުވާ. އޭގެ ފަހުން ވަނީ ބޭންޑުގައި ގައުމީ ސަލާމް ކުޅެފައި.

17 ނޮވެމްބަރ 16:49

ރައީސް ކަމުގެ ހުވާ ޑރ. މުހަންމަދު މުއިއްޒު ކުރައްވައިފި. ހުވާ ލައިދެއްވީ މަޖިލީހު ރައީސްގެ ހާޒިރުގައި އުއްތަމަ ފަނޑުޔާރު ޑރ. މުއުތަސިމް އަދުނާން.

17 ނޮވެމްބަރ 16:46

ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ، މަޖިލީހުގެ ޖަލްސާ ފަށައިފި. ޖަލްސާ އަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 81 މެމްބަރުން. ސަލާމްގައި ހުންނެވީ އެންމެ މެމްބަރެއް. ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް އަސްލަމް

17 ނޮވެމްބަރ 16:39

ޑރ. މުއިއްޒުގެ ތިން ބޭފުޅުން، ބައްޕާފުޅު ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:38

ހުވާ ކުރެއްވުމަށް މުއިއްޒު ވަޑައިގެންފި. ބިޔަ މޮޓޯކޭޑެއްގައި ޖުމްހޫރީ މައިދާނަށް ވަޑައިގަތުމާ އެކު އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް. ރަތް ދޫލައިގެ މަރުހަބާއެއް ކި.

17 ނޮވެމްބަރ 16:34

ޑރ. މުއިއްޒު ރައީސް ކަމަށް މި ވަޑައިގަތީ، މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ދެ ބުރުގެ މަތިން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ވާދަކުރައްވާ. ޑރ. މުއިއްޒަށް 54 ޕަސެންޓް ލިބިޑައިގަތް.

17 ނޮވެމްބަރ 16:33

ޑރ. މުއިއްޒުގެ މަންމާފުޅާއި ދެ ދަރިކަލުން މިއަދުގެ ރަސްމިއްޔާތުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:32

ޑރ. މުހަންމަދު މުއިއްޒު އަކީ ޕީއެންސީގެ ވެސް ފުރަތަމަ ރައީސް. ޕީޕީއެމްގެ ހިޔާވަހިކަމުގައި އުފެދުނު އެ ޕާޓީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ލިބިވަޑައިގަތީ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމާ އެކު އެމަނިކުފާނަށް ވާދަކުރެއްވޭ ގޮތް ނުވެގެން. ޑރ. މުއިއްޒަކީ ޔާމީންގެ ކެބިނެޓްގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅާ ވެސް މެ. އަދި އޭގެ ކުރިން، ޑރ. ވަހީދުގެ ވެރިކަމުގައި ވެސް އެމަނިކުފާނަކީ ހައުސިން މިނިސްޓަރު. އަދި، ރައީސް ކަމަށް ވަޑައިގަތް އިރު ޑރ. މުއިއްޒަކީ މާލޭގެ މޭޔަރު.

17 ނޮވެމްބަރ 16:32
17 ނޮވެމްބަރ 16:30

ރައީސް ކަމުގެ ހުވާ ޑރ. މުހަންމަދު މުއިއްޒު ކުރައްވަނީ، ދެވަނަ ޖުމްހޫރީ ވެރިކަމުގެ 55 އަހަރުގެ ހަޔާތުގައި އަށް ވަނަ ރައީސްގެ ގޮތުގައި. ދެވަނަ ޖުމްހޫރީ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު 10 އަހަރު، މައުމޫން އަބްދުލްގައްޔޫމް 30، މުހަންމަދު ނަޝީދު ތިން އަހަރު، ޑރ. މުހަންމަދު ވަހީދު ދޮޅު އަހަރު، އަބްދުﷲ ޔާމީން ފަސް އަހަރު އަދި އިބްރާހިމް މުހަންމަދު ސޯލިހު ފަސް އަހަރު ވެރިކަން ކުރެއްވި.

17 ނޮވެމްބަރ 16:29

ޑރ. މުއިއްޒު ރައީސްކަމުގެ މަގާމުގެ ހުވާ ކުރައްވަން ޖުމްހޫރީ މައިދާނުގެ ސަރަހައްދަށް ވަޑައިގަތުމަށް ގެކޮޅު ދިމްޔާތުން މޮޓޯކޭޑުގައި މިހާރު ދަތުރުފުޅުފުޅު ކުރައްވަނީ.

17 ނޮވެމްބަރ 16:27

ޖުމްހޫރީ މައިދާނުގައި މީގެ ކުރިން ރައީސަކު ހުވާކުރުމުގެ އެއްވެސް ރަސްމިއްޔާތެއް ބާއްވައިފައެއް ނުވޭ. އެންމެ ފަހުން، އިބްރާހިމް މުހަންމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވީ ގަލޮޅު ދަނޑުގައި.

17 ނޮވެމްބަރ 16:26

ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަނީ ޖުމްހޫރީ މައިދާނުގައި މި ރަސްމިއްޔާތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓަޕެއްގައި. ގާތްގަނޑަކަށް 3000 މީހުންނަށް ދައުވަތު ދީގެން ބާއްވާ މި ރަސްމިއްޔާތަށް، މުޅި ސަރަހައްދުގައި ވަނީ ގޮނޑި ޖަހާފައި. ސްޓޭޖް ހަދާފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ އެއްގޮތަށް. މި މަސައްކަތް ކޮށްފައި ވަނީ ސިފައިންގެ ކުންފުނިން.

17 ނޮވެމްބަރ 16:26

މިހާރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.

17 ނޮވެމްބަރ 16:25

އިންތިހާބީ ރައީސް މުއިއްޒުގެ މަންމާފުޅާއި އާއިލާގެ ބައެއް ބޭފުޅުން މިއަދުގެ ރަސްމިއްޔާތުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:23

ކުރީގެ ރައީސް ނަޝީދު މިއަދުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:23

އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރަސްމިއްޔާތަށް ވަޑައިގެންފި.

17 ނޮވެމްބަރ 16:22

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދެކަނބަލުން ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:21

އިންޑިއާގެ ވަފުދުގެ ބޭފުޅުން ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

17 ނޮވެމްބަރ 16:19

ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ދެންމެ ވަޑައިގެންފި.

17 ނޮވެމްބަރ 16:18

މިއަދުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ބައިވެރިވެވަޑައިގަންނަވާ.

17 ނޮވެމްބަރ 16:16

ހުވާ ކުރައްވާ ރަސްމިއްޔާތަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ދެކަނބަލުން ވަޑައިގެންފި.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި. ޖުމްހޫރީ މައިދާނުގައި ބާއްވާ މި ރަސްމިއްޔާތަށް ދައުވަތު ދެއްވާފައިވާ ބޭފުޅުން މިހާރު ގެންދަވަނީ މައިދާނަށް ވަޑައިގަންނަވަމުން.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި ބޭރުގެ 46 ގައުމަކުން ވެސް ބައިވެރިވޭ.

ދެ ވަނަ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްގެ ގޮތުގައި މިއަދު އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށް މަގާމުގެ ހުވާކުރައްވާނީ 4:45 ގައި.

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު މިރޭ 7:45 ގައި އެ މަނިކުފާނުގެ ކެބިނެޓް ހުވާކުރުން ރައީސް އޮފީހުގައި އޮންނާނެ.

16 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުލީޒު

17 November 2023

ވިނަރެސް ފުލެޓްގެ އަގު ހެޔޮކޮށްދެއްވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައިދެއްވުން އެދެން، މަހުކުލި 17789 ދައްކަން އެބަޖެހޭ

The name is already taken The name is available. Register?

މުއީންދާ

17 November 2023

މަރުޙަބާ ރައީސް ޑރ.މުޢިއްޒު! ސިޔާސީ ފިކުރުގެ ގޮތުން އަޅުގަނޑުގެ ވިސްނުން ތަފާތު. އެހެން ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ޙިތާބު ވަރަށްވެސް ފުރިހަމަ. މުޙިންމު ކަންކަމަށް އަލިއަޅުވާލީ ވަރަށް ޢިލްމްވެރި މޭރުމަކުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 November 2023

އިއްޒަތްތެރި ރައީސް. "ޙަރަދު ކުޑަކުރުމުގެނަމުގައި" ރައްޔިތުންނަށް ދޭންޖެހޭ އަސާސީހިދުމަތް ދިނުމަށް ކުރާންޖެހޭ ޙަރަދުތައްނުކޮށް ހުއްޓާލައިފިނަމަ މިހާތަނަށް މާލޭސަރުކާރުތަކުން ގެންގުޅުނު "އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުން" ކ.އަތޮޅު މާލެއާއި އެހެންރަށްރަށާއި ހުރިފަރަޤުބޮޑުވެ ރާއްޖޭގެ އެތައްރައްޔިތުން ފަޤީރުއަޅުންނަށް ވެގެންހިގައިދާނެ. # އެހެންކަމުން ކުރާންޖެހޭކަމަކީ "ސަރުކާރުންކުރާ އިސްރާފުގެ ޙަރަދު" ހުއްޓާލުމާއިއެކު ޤައުމީ އިޤްތިސޯދު ފުޅާކުރުން.

The name is already taken The name is available. Register?

މުރާސިލް

17 November 2023

ޑރ.މުއިއްޒު ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުން އަޅުގަނޑުގެ ހިތުގައި ޤައުމީލޯބި އުތުރިއެރިގެން ދިިޔައެވެ. މާތްﷲގެ ވާގިފުޅާއިއެކު އެމަނިކުފާނު ޤައުމުގެ ކުރިމަގު ބިނާކުރެއްވުމުގައިކުރައްވާ މަސައްކަތްޕުޅުގައި ބަރަކާތްލައްވާ ކާމިޔާބު މިންވަރުކުރައްވާ ދިވެހިރާއްޖެއަށާއި ދިވެހިންނަށް އުފާވެރިކަން މިންވަރު ކުރައްވާށިއެވެ. ޑރ.މުއިއްޒާއިމެދު އުއްމީދުއާވެ އުފާވެރިކަން އިހުސާސް ކުރެެއްވިއްޖެއެވެ. އަޅުގަނޑުގެ ނިންމުން ރަނގަޅުކަން ކަށަވަރު ވެއްޖެއެވެ

The name is already taken The name is available. Register?

ޞީޅާޅާ

17 November 2023

މަރުހަބާ މުއިޒު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

17 November 2023

މަރުޙްބާ ރައީސް ޑރ މުއިއްޒު. އިބްރާހިމްގެ ވެރިކަން ނިމުމަށް ރާއްޖޭގެ އާބާދީގެ ބޮޑުއަދަދެއްގެ ރައްޔިތުން އެދޭތާ އެތައް ދުވަހެއްފަހުން މިދިޔަ ސެޕްޓެމްބަރު މަހު 2 ފަހަރެއްގެ މަތިން ވޯޓުލުމަށް ލިބުނު ފުރުސަތުގައިވެސް "ބޮޑުތަނުން އިބްރާހިމަށް ނޫނެކޭ ބުނި ސަބަބު" ޑރ މުއިއްޒުގެ ވެރިކަމުގައި ތަކުރާރު ނުކުރައްވާ ވެރިކަން ހޯދުމަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދު ތަކާއި އެއްގޮތަށް ވެރިކަމުގެ ކަންތައް ކުރިއަށް ގެންދަވާނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ނަމްރޫދް

17 November 2023

ރަސްމިއްޔާތު އެހާއެހޭއެއްނޫން…

The name is already taken The name is available. Register?

އެމީލިއޯ

17 November 2023

އިންޑިޔާ އައުޓު ކުރުން ގަޑު ކޮބާ.

The name is already taken The name is available. Register?

ޙަޖު

17 November 2023

އަނެއްކާ ގައުމު ހަޒާނާ އާބަޔަކައް ލިބުނީ. މާލެ މަގުމަތި ވިއްކާލިބަޔެއްމީ ޖީބައް ކަޓްލާފަ

The name is already taken The name is available. Register?

އަފްރާސިޔާބު

17 November 2023

ޑރ. މުއިއްޒު ވަރަށް އުންމީދީ ވާހަކައެއް ތިޔަ ދެއްކެވީ. ދެން އޮތީ އެކަން އަމަލުން ދެއްކެވުން. ވަރަށް ފުރިހަމަ ބަސް ކޮޅު. ދެފުތް ފެންނަ ސަރުކާރެއްގައި މަސައްކަތް ކުރުމަކީ އުންމީދު ކުރެވޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454