ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވެއްޓި، ބޮޑެތި އަނިޔާތަކެއްވެ، ސާޖަރީއެއް ހަދައިފި އެވެ.
އެނގިފައިވާ ގޮތުގައި މީގެ ދެ ތިން ދުވަސް ކުރިން ޒެއިން ގޭތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައިރު، މޭގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައި ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.
އަނިޔާވީ ފިޓް ޖެހުން ފަދަ ކަމެއް ދިމާވެގެން ވެއްޓިގެން ކަމަށް ބެލެވުނަސް، ވީ ގޮތެއް ޒެއިންގެ ހަނދާނުގައި ނެތް ކަމަށް ވަނީ އެނގިފަ އެވެ.
މި އަނިޔާތަކާ ގުޅިގެން ޒެއިންގެ ސާޖަރީއެއް ހެދުމަށް ފަހު އަދިވެސް އޭނާ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
ސާޖަރީ އަށް ފަހު ޒެއިންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި މި ވަގުތު ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.