18 ޑިސެމްބަރ 2023 - 12:40
ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމާ ބެހޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ހުއްޓާލައި ހުރިހާ ވަޒީރުންނަށް ރުހުން ދޭން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.
މަޖިލީހުގެ ގަވައިދަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން ގާސިމް މިއަދު ވިދާޅުވީ އާ ސަރުކާރަށް މާ ގިނަ ދުވަހެއް ނުވާއިރު ރައީސް އާއި ނައިބު ރައީސް އަޒުލުކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ފަދަ މަސައްކަތްތަކެއް ކުރުން ބަލައިނުގަނެވޭ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވި އިރު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ޕީޖީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގައި ވިދާޅުވެފަ އެވެ.
"ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ހިޔާލުތަކާ އެކީ އަޅުގަނޑަށް ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ އިސްކަމެއް ދޭން ޖެހޭ މަސައްކަތަކީ މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އަޒުލް ކުރުމުގެ މަސައްކަތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާނަން،" ޝިފާއު ވިދާޅުވި އެވެ.
މި ކަންކަމާ ގުޅުވައި ގާސިމް ވިދާޅުވީ ރައީސް އާއި ނައިބު ވަކިކުރަން އުޅޭއިރު ސަރުކާރުގެ ކެބިނެޓަށް ރުހުން ވެސް ދީފައި ނުވާ ކަމަށާއި މިނިސްޓްރީތަކުގެ މެންޑޭޓު ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން، ރައީސް އަޒުލްކުރުން ފަދަ ކަމެއް ކުރަން އުޅުން ހުތުރު ކަމަށެވެ.
"ގާނޫނުއަސާސީއާ ހިލާފަށް އެ މަސައްކަތް [ރައީސް އަޒުލު ކުރަން އުޅުމަކީ] އަޅުގަނޑުމެންގެ ވާޖިބެއް ނޫން. އަޅުގަނޑު ދަންނަވަން ހުއްޓާލަން މިހާރުން މިހާރަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ރައީސް އައްޔަން ކުރެއްވި ވަޒީރުންގެ ހަމަވާ ނަމަ އެ ހުރިހާ އެންމެންނަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.
"އޭގެ ފަހުން އެއްވެސް މިނިސްޓަރަކު ގޯހެއް ހަދާ ނަމަ ސުވާލުކޮށްގެން މަސައްކަތް ކުރިޔަށް ގެންގޮސް ނޯ ކޮންފިޑެސް ގެންދެވިދާނެ." ގާސިމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
18 December 2023
ގާސިމު ވަކި ކުރޭ..
މަ ބުނީ
18 December 2023
ޤާސިމް އަށް ވަރަށް ހުތުރު ކަމަކަށްވާނެ ދޮގުވެރިޔަކު ޤާނޫނީ ގޮތުން މަޖިލީހުން ޤާނޫނީ އިމުގެ ތެރެއިން ވަކިކުރުން. އޭނާޔަށް ކަމުދާނީ ޖުމްހޫރީ މައިދާނުން ރައީސުލް ޖޫމްހޫރިއްޔާ ދުރުކުރުން.
ކޮލަމާހުއްޓާ
18 December 2023
ދޮގާ މަކަރު ހަދައި ޔާމީނުގެ ފޮޓޯ ވިއްކައިގެން ވެރިކަމަށް އައީ.. މަޖްލިހަށް ލިބިދީފައިވާ ބާރެއް ރައީސް އަޒުލުކުރުމަކީ.
ރިޔާސީ
18 December 2023
މަޖިލިސަކީ ވަކި ބާރެއް. ރައީސް ގޯސް ނަމަ ވަކި ކުރެވެން ޖެހޭނެ
ހިޕޯކުރޮޓް
19 December 2023
އަންނިގެ ފޮޓޯ ޖަހައިގެން އެމްޑީޕީ މަޖްލީސް އަދި އިބޫ ވަރިކަމަށްއަޢީ
ވަތަނީބޯކިބާ
18 December 2023
ގާސިމް ވިދާޅުވިއަސް ހަތިޔާރު އެޅި ބޭރު ސިފައިން ގައުމުގައި ތިބިއަދަދާ ތިބި ތަނެއް ސާފުނުވާ ވަލީއުލް އަމަރަކު ބަހައްޓައިގެން ތިބެން ހެޔޮވާނެތޯ ؟
ކޯލިޝަންނަހަދާ
18 December 2023
ދެރައީ އަދިވެސް އެމް.ޑީ.ޕީ އިން މިފަދަމީހުންނާއި އެކު ކޯލިޝަންހަދަން އުޅޭތީ. ބަލިގަބޫލު ނުކުރެވުނޭ، ގާނޫނާއި ޚިލާފޭ ކިޔާއިރު ލަދެއްވެސް ނުގަނޭ. އަޒުލުކުރުން އެއީ ގާނޫނުގައި އޮންނަކަމެކޭ. ގާނޫނުގައި ނެތީ"ހަތިޔާރާއި ނުލައި ނިންމައިލެވުނު" ކަންތަކުގެ ވާހަކަ. އެއީ ދީނާއި ގާނޫނާއި ޚިލާފުކަމަކީ!
ޕިކްސް
18 December 2023
އަޒުލުކުރުން އޮންނަނީވެސް ވަކި ސަރުތުތަކެއް ހަމަވެގެން. ހަމަ ތިމާ މީހުން ހިތްހަމަނުޖެހުނީމަ އަޒުލެއް ނުކުރެވޭނެ
ބޮކްސް
18 December 2023
ހަމަނުވަނީ ކޮންޝަރުޠެއް؟
ސަލީމާއްތަ
18 December 2023
އަޅުގަޑުވެސް ތާއީދު ގާސިމްބެއަށް.
ދޮން ހަސީނާ
18 December 2023
ރައްޔިތުން ވޯޓްދީގެން ހޮވާފައޮތް ސަރުކާރެއް މަސްދުވަސް ނުވަނީސް އަޒުލްނުވެގެން އުޅޭނަމަ އެއީ ބޮޑުވަރެއް. ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް މެމްބަރުންވެސް ވިސްނަންޖެހޭނެ. މަޖިލީހުގައި މެމްބަރުން ވަހަކަދެއްކުމުގެ އަޚުލާގީ މިންގަނޑެއްވެސް އޮންނަންވާނެ. ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ސިޔާސީ ބޭފުޅުން ވާންޖެހޭނެ. ދަރިންނާއެކު ޓީވީބަލާލެވޭ ވަރެއްނުވޭ މިހާރު. ތިޔަ މަޖިލީސް އުވާލަން ފެންނަނީ...
އަހަންމަދާ
18 December 2023
ގާސިމް ބުނީމަ ދެން ޖެހޭނީ ތިކަން ހުއްޓާލަން އެއީ ރިޔާސީ އިންތިހާބުގައި ފުދޭވަރަކަށް ގިނައިން ވޯޓް ލިބިފަ ހުރި މީހެއް.
ކަރިޝް
18 December 2023
ގާސިމް 2012 ގައި ޖުމްހޫރިމައިދާނަށް ގޮސް ބަގާވާތްކުރިއިރު ހުތުރެއްނޯންބާ ؟!
ފުޅު ބޭ
18 December 2023
ޤާސިމު އަޒުލު ކުރެވޭނެ ގޮތެއް އޮތްތޯ ބަލާ ދީބަލަ؟