ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް (ވ)، ކޯސްޓްގާޑުގެ ކޮމާންޑަރަކަށް ހަމަޖެއްސެވި ސަލީމަށް ސެޓްފިކެޓް ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
27 ޑިސެމްބަރ 2023 - 18:20
ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް މިއަދު އައްޔަންކޮށްފި އެވެ.
ސަލީމް، އެ މަގާމަށް ހަމަޖެއްސެވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ އެވެ.
އޭނާ ވަނީ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރުކަމާއި ކޯސްޓްގާޑު ކޮމަންޑެންޓްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ކޯސްޓްގާޑުގެ ކޮމަޑާންޓަކަށް ކުރިން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ. އެކަމަކު، މި މަހުގެ 13 ވަނަ ދުވަހު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަންކުރެއްވުމުން އެ، ކޯސްޓްގާޑުގެ އިސްވެރިޔާގެ މަގާމު އޮތީ ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
28 December 2023
މިތިބަ، މިތިބަ، ހިތްވަރުގަދަ މީހުން ފެނުނީމަ، އަހުރެން ހަމަ، ދެ ފައިން ވާގި ދޫވެފަ، އުޑިވޭ. ބެރެކްސް ގަ ހުންނަ، މިމީހުންގެ ރަސްމީ ވޯޑްރޯބުގަ، އަދިވެސް، ބޯކޮށް ސުނޯ ފައިބާ އިރުއިރަށް ލާ ވައްތަރުގެ ކޯޓު ހުރޭތަ؟ 1990 އިގެ އަހަރު ތަކުގަ، މިއީ ކޮންމެ އޮފިސަރެއްގެ ވޯޑްރޯބުގަ ހުންނަ އެއްޗެއް. ކިހިނެއް އެގޭނީ ދޯ؟ ރާއްޖެއަށްވެސް، ސުނޯ ފައިބަފާނެ ނޫން ދޯ؟
ލަކީ
27 December 2023
މަރުހަބާ ސައްލެ ސަރ. ބެސްޓު މީހެއް.