ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި، ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ | ރައީސް އޮފީސް
25 ފެބުރުއަރީ 2024 - 12:39
ގައުމުގެ ހާލަތު ގުޅިފައި އޮތީ، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ދިވެހި ދިދަޔަށް އިޝާރާތްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ކަމަށާއި މިނިވަންކަމާ އެކު ދިދަ ވިހުރޭނީ އަންނަ މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ޕީޕީއެމް/ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބިގެން ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގަ އެވެ.
ޕީއެންސީގެ ޗެއާމަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ދިވެހި ދިދައާ ގުޅުވައި ވަރަށް މުހިންމު ވާހަކައެއް ދެއްކެވި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގައުމީ ސަލާމަށް އަތްނަންގަވައިގެން.-- ފޮޓޯ: ރައީސް އޮފީސް
"ގައުމީ ދިދައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވަނީ އޭ ދިވެހި ދިދަޔާ، ތިބާ ވިހުރޭށޭ މިނިވަންކަން މަތީ، ދޭނަމޭ ގަދަރާއި އިއްޒަތް އޭގެ ފުރިހަމަ ގޮތް މަތީ. ވިދާޅުވީ ދެން ތިބާއަށް ދިވެހި އުދަރެހަކުން އިރެއްނޯއްސޭނެޔޭ، އެންމެ ފުން ލޯބިން ތިބާ ބޮސްދޭށެ ގޮސް ވަތަނުގެ ބިންމަތީ،" އޭނާ ވިދާޅުވި އެވެ.
ގައުމުގެ އަދުގެ ހާލަތާ ގުޅޭ ހުރިހާ ވާހަކައެއް ގޮސް ގުޅެނީ ރައީސްގެ އެ ބަސްކޮޅާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ވާހަކައިގެ ތެރޭގައި އަޅުގަނޑުމެން ދައްކަން މި އުޅޭ ހުރިހާ ވާހަކައެއް ހިމެނޭ. އެ ދިދަ މިނިވަންކަމާ އެކު ވިހުރިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ދެންމެ މި ވިދާޅުވި ކަންތައްތަކެއް ނުކުރެވޭނެ. ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލެއް ވެސް ނޭޅޭނެ އަދި ދެން ހުރި ތަރައްގީގެ މަޝްރޫއުތަކެއް ވެސް ނުހިންގޭނެ. އެހެންވެގެން ރައީސް ވިދާޅުވީ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހއ. ވަށަފަރުން މަރުހަބާ ކިޔަން ރައްޔިތުން ނުކުމެ.-- ފޮޓޯ: ރައީސް އޮފީސް
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަމާ ރައީސް ހަވާލުވެވަޑައިގަތް އިރު، ގައުމުގެ މިނިވަންކަން އޮތީ ގެއްލިފަ އެވެ. އެހެންވެ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ މިނިވަންކަން އަލުން ހޯއްދަވައިދެއްވަން ކަމަށް ވިދާޅުވި އެވެ.
އެއާއެކު ގައުމު އޮތް ދަތިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެކަމުގައި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި އޮޑިއަށް އެބަ ޖެހޭ ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި، މުރާލި ފަޅުވެރިންތަކެއް ހޯދަން. އެ ފަޅުވެރިން ހޯދުމުގެ މަސައްކަތަށް މިހާރު މި އޮތީ ވަގުތު ކުޑަތަންވެފައި،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހަބާކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާ އެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރިކަމާ އެކީގައި ވިހުރެމުން ދާނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން."
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 89 ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓުން ނެރެ އެވެ. މި އިންތިހާބުގައި، 93 ދާއިރާ އަށް މެމްބަރުން ހޮވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
27 February 2024
މިމީހުނަށް ގައުމު ހަވާލުކުރާ ކޮންމެ ފަހަރަކު ދިވެހިންނަށް ދިވެހިންގެ މިނިވަންކަމާ މެދު ސުވާލު އުފެދެއއވއ. ކުރީ ފަހަރު ގައުމުގެ މައިދޮރު، ދިވެހީންގެ ލޯބޯ ފިއްސައިގެން ހެދި އެއާޕޯޓް ޖީމެއާރަށް އެތަތް މިލިޔަން ޑޮލަރަކަށް ވިއްކާލީ.. ދެން އައި 2018 ގެ ވެރިކަމުގައި ކުރިން ދިވެހިންނަށް ބޭނުން ކުރެވެން އޮތް 45،000 އަކަ ކިލޯމީޓަރު ވިއްކާލީ.. މީ އަދި އެނގެން ހުރި ކަންތައް.. ދިވެހި ރައްޔިތުން މިކަންކަމާއި މެދު ވިސްނާ
ސިނާން ހާދީ
26 February 2024
އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދިނީމަ ގައުމު ވިއްކާލީ. މިއަދު އެ ފިލާވަޅު ނަގައިގެން ކުރިޔަށް ދާނީ
ސުއާދު ސައީދު
26 February 2024
ހަނިމާދޫ ގޮޑި ޔަގީން މިފަހަރު.
ނޫރާ މުހައްމަދު
26 February 2024
އަޅުގަނޑުމެން ރަށުން ދޭނަން ފުލްކޮށް. ބޮޑު މެޖޯރިޓީއެއް.
މިހުސިން ހަސަން
26 February 2024
އިންޝާﷲ މިކަން ދާނީ މިހެން. ފުލް ތާއިދު ލިބޭނެ.
ތޫބާ ނާޒިމް
26 February 2024
އަދުރޭ ބުންޔަސް ތެެދެއް ވާނީ ތެދަކަށް. މިއީ ބޮޑު ތޮދެއް
ޕްރޭމްޗޯޕްރާ
26 February 2024
ކޮންމެބަޔަކުވެސް ބުނަނީ ތިހެން ތިމަންނަމެން ނެތިއްޔާ ގައުމަށްވާނީ މިހެންނޭއެހެންނޭ. ތިޔައީ މިޤައުމުގެ ސިޔާސީން ވަރަށް ވިދާޅުވާއެއްޗެއް. ކުރިން ބައެއް ސިޔާސީ މީހުން ބުނި ތިމަންމެން ވެރިކަމުގައި ނެތިއްޔާ އިސްލާމްދީންވެސް މިޤައުމުގައި ނޯންނާނޭ. އެހެންބުނިމީހުންނަށް ވެރިކަމަކަށްވެސް ނާދެވޭ އެކަމަކު އިސްލާމްދީނަށް ކުޑަވެސް ބުރުލެއްނާދޭނޫންތޯ.
ބަޑިތަކުރު
26 February 2024
އިންޑިޔާއަށް އިސްކަންދިނުން ދޫކޮށްލައި ޗައިނާއަށް އިސްކަން ދިނީމާ އެއޮތީ ގައުމު މިނިވަންވެފައި ބާވައެވެ. އެންމެ ގާތުގައި އޮތް ހުރިހާގޮތަކުން އެންމެބޮޑު އެންމެ ބާރުގަދަ ގައުމަށް ރައްކާތެރިކަމެއްނެތް ދުވަހެއްގައި މިކުޑަކުޑަ ރާއްޖެއަށް އޮންނާނެ ރައްކާތެރިކަމެއް މިނިވަންކަމެއް އަދުރޭ ނިކަން ބުނެދީބަލާށެވެ. އިންޑިޔާގެ ތަރުކާރީ ލަންކާއަށް ގެންގޮސް ލަންކާއިން ރާއްޖެއަށް ގެންނަ ހިސާބަށް ދިއައީމާ އެތަކެތީގެ ތާޒާކަން ގެއްލި އަގުއެރީމާ އެއީވެސްވީ މޮޅެއްދޯއެ
ތެފައާސާ.
26 February 2024
ސީނިއަރ މިނިސްޓަރ އޮނަރަބަލް އަބްދުއްރަހީމްބެ މީގެ ކުރިން ވިވާޅުވެފައިއޮއްވާ ދެކުނިން، ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުން ވަރަށް މުހިންމުކަމަށް.. ދެން ކިިހިނެތްތޯ އަޅުގަނޑުމެން ހަދާނީ؟؟؟
މާގު
26 February 2024
އަދުރޭ! ހުންބުރާންތީގައި މީހުންގޮވާކަހަލާ ކޮސްނުގޮވައި ތިކިޔާއެއްޗެއް ކިޔޭތޯ ބަލާލަބަލަ.