ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ބައެއް ސްޓޭޓް މިނިސްޓަރުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
29 ފެބުރުއަރީ 2024 - 14:09
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިސްކަންދީ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި 500 ޖާގަ މިއަދު ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް ފަސް އަހަރަށް ބަހާލައިގެން ސަރުކާރުން ރާވާފައިވާ ކަމަށެވެ.
މިއަދު ހުޅުވާލި 500 ލޯނަކީ އޭގެ ތެރޭގައި ހިމެނޭ ސްކީމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު މި ސްކީމުގައި ލިބެ އެވެ.
އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އިސްކަންދީފައި ވުމެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މީގެ ކުރިން ވެސް ލޯނު ދޫކުރެ އެވެ. ނަމަވެސް އޭގެ ތެރޭގައި ލޯނުގެ އިތުރަށް ހިނގާ ހަރަދެއް ނުހިމެނެ އެވެ.
"މި ލޯން ސްކީމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކުރެވިފައިވާ ފުރުސަތު ތަކެއް ހުޅުވާލާނެ. މި ސްކީމަކީ ވަރަށް އިންކްލޫސިވްކޮށް ހުޅުވާލެވިގެންދާ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން މަތީ ތައުލީމު ހާސިލް ކުރުމަށް މީގެކުރިން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ދާ ހަރަދުތަކަކީ އެ ހުންނަ ނުކުޅެދުންތެރި ކަމަށް ހާއްސަކޮށް ދެވޭ ހަރަދުތަކަކަށް ނުވުމެވެ.
"ސަރުކާރުން ނިންމާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ހުންނަ ނުކުޅެދުންތެރި ކަމަށް ރިއާޔަތްކޮށް، ޕރޮގްރާމް [ކިޔެވުން] ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މަގުފަހިވާނެ އިތުރު ހަރަދުތައް ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެފަދަ ކުދިންނަށް ބޭނުންވާ އިތުރު ހަރަދުތައް ދިނުމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ އެފަދަ ކުދިން ކިޔެވުން ފުރިހަމަ ކުރުމަށް ޝާމިލް ނުކުރެވޭނެތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ހަޔާ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުރިން ދޫކުރި ލޯނުތަކުން ފާހަގަވި ކަމަކީ ލޯނުގެ ފުރުސަތު ހުޅުވާލި ނަމަވެސް އެ ކުދިންނަށް އިތުރު ހަރަދުތައް ހިނގާ ކަމެވެ.
"މިސާލަކަށް ބައެއް ކުދިންނަށް އެހީތެރިއެއް އެބަ ބޭނުންވޭ. ނޫނީ އެ ކުދިންނަށް ބޭނުންވާ ހާއްސަ އިންތިޒާމުތަކެއް އެބަ ހަޖައްސަން ޖެހޭ. ކުރިން ކަނޑައަޅާފާއި އޮންނަނީ ހަމަ އެހެން ކުދިންނަށް ލޯނު ދޫކުރާ އުސޫލުން ދޭން،" އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ފުރުސަތު ކިޔަވަން ލިބުނު ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ލޯނުގެ ބޭނުން ހިފުމަށް ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަ ކުރައްވައި ޝަފީއު ވިދާޅުވީ މިފަހަރު ލޯނު ދޫކުރަން ނިންމާފައި ވަނީ ކޮންމެ ކުއްޖެއްގެ ހުރި ނުކުޅެދުންތެރިކަން ބެލުމަށް ފަހު ކަމަށެވެ.
"ކުރިއާލާ އެ ކުއްޖެއްގެ ހުރި ނުކުޅެދުންތެރި ކަމުގެ ބާވަތް ނޭނގޭ ކަމަށް ވަންޏާ، ދެވޭނެ އެހީތެރިކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. މެރިޓަށް ބޭސްކޮށްގެން މި ލޯނު ވެސް މި ދޫކުރަނީ. އެކަމަކު އެ ކުދިންނަށް ހާއްސަ ފުރުސަތު ތަކެއް ކަނޑައަޅާފަ މި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ 500 ލޯނުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޫކުރާނީ ކިތައް ލޯނުތޯ ކަނޑައެޅުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
We are pleased to announce the opportunity to apply for Higher Education Loan Scheme for the year 2024
— Min. of Higher Edu, Labour and Skills Development (@MoHEmv) February 29, 2024
Deadline to submit applications: 25th April 2024, 13:30HRS
For more information visit: https://t.co/umWkpFGmOs pic.twitter.com/oht3ASCJb7
މިއަދު ހުޅުވާލި އެ ލޯނުގެ ފުރުސަތުތަކާ އެކު ލޯނަށް އެދުމުގެ އުސޫލު ވެސް ވަނީ އާންމު ކޮށްފަ އެވެ.
މީގެ ކުރީ ސަރުކާރު ތަކުން ވެސް ކިޔެވުމަށް ލޯނު ދޫކުރަމުން ދިޔަ ގައުމުތަކުގައި ކިޔަވަން ހުޅުވާލި ފުރުސަތުތަކަށް އަންނަ މަހުގެ 21ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
ލޯނަށް އެޕްލިކޭޝަން ހުށަހެޅުމުން މިނިސްޓްރީން ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ، އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދޭނެ އެވެ. ދެވަނަ ފުރުސަތުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 25 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
01 March 2024
ކޮންމެ ެސަރުކާރެއް އޮތަސް ނިކަމެތިން އަތުން ޖިއެސްޓީ ނަގައިގެން ބޮނޑުގޮނޑީގަ ވެރިން, މިކުރަނީވެސް މަަަސައްކަތޯ. ހެޔޮނުވާނެ, ރިބާ ލޯނުދިނުން ހުއްޓާލާ, ޖަވާބް ދާރީވާނ ޖެހޭދުވަހަކާ ކުރުމަތި ލާންޖެހޭނެ, މިއީ ހައްދު ފަހަނަ އެޅުމެއް ނޫން
ސްމާ
01 March 2024
ރިބާ އަކީ ވިޔަފާރީގައި މުއާމަލާތުގެ ތެރެއިން ނާޖާއިޒު ގޮތުން އެއްފަރާތުން ފައިދާ ހޯދުން. އަނެއްފަރާތަށް ގެއްލުން ވުން. ސްޓޫޑެންޓް ލޯނުގައި ދެނީ ރައްޔިތުންގެ ފައިސާ، ރައްޔިތަކަށް ފައިދާ ހޯދާ ދޭހިންދު ދެންތިބި ރައްޔިތުންނަށް ވެސް ގެއްލުންނުވާ ގޮތަށް. މިކަންކަނ ްބެލެހެއްޓުމަށް އިދާރީގޮތުން ނަގާ %1 އަކީ ރިބާ އެއް ނޫން. އެއީ އިދާރީ މަސައްކަތުގެ އަގު. ވިޔަފާރީގައި ނަމަ ހިންގުމުގެ ޚަރަދު. މާނަކުރުންތައް ސީދާ ކޮށްލުމުން ތިކަމުގައި މައްސަލެއް ނެތް.
ދިވެހި77
01 March 2024
ޝޭހެއް ކައިރީ އަހާލީމަ ބުނީ 1% އިތުރަށް ދައްކަން ޖެހުނީމަ އެއީވެސް ރިބާ އޭ. ދެން ކިހިނެއް ނަގާނީ؟
ބަހާލި
01 March 2024
އެތްލީޓުންގެ ތެރެއިން އަރުތަ ނުލިބުނު ކުދިންނަށް ސްކޮލަރޝިޕްތަކެއް މިސަރުކާރުން ލިބޭނެބާ
ކޮވެލި
29 February 2024
ތީ ތިއަށްވުރެ މާ ފަސޭހަކަޮށް އަދި މާ ޚަރަދު ކުޑަކޮށް ކުރެވެން އޮތް ކަމެއް. އެކަމަކު މިނިސްޓްރީ އެއް ހަދައިގެން އެތަށް ސަތޭކަ މުވައްޒަފުން ލައިގެން ޢާންމުން ހައްދަން ވެގެން އަނބުރާ ގޭސް ގަނޑެއް.
ކޮން ކަހަލަ ލޯނެއްތަ؟
29 February 2024
މީގެ ޖަވާބުތައް ކޮންމެސް ބޭފުޅކަު ދެއްވަބަލަ. ނޫސްވރިންނަށް އަދިވެސް ތަފްސީލު ހޯދަން ނޭނެގޭ. - އިންޓަރެސްޓް؟ - ގްރޭސް ޕީރިއަޑް - ލޯނުގެ މުއްދަތު - ލޯނު ދޭ މެކްސިމަމް އަދަދު