ޚަބަރު / ފުލުހުން

އާރުޑީސީގެ ހިޔާނާތާ ގުޅިގެން ސުވާލުކުރަން ފައްޔާޒު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލު ކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު 2022 ގައި އެ މައްސަލަ ހުށަހެޅުމާ އެކު، ޓެކްނިކަލް ކަންތައްތައް ކުރަން ފެށި ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށް އޭރު ބުންޏެވެ.

އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ އެ ކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނާފިޒު ވިދާޅުވީ އާރުޑީސީއާ ގުޅުން ހުރި އެހެން ކުންފުންޏެއްގެ އެކައުންޓަށް 392،000ރ. ވަދެފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 162،000ރ. އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.

31 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 3%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

28 March 2024

ދައުލަތުގެ ފައިސާ ނުކާމީހުންގެ ލިސްޓްއެއް ބޭނުން އޭރުން އިންސާފުގެ ތަރާދުން ކިރާލެވޭނީ!

The name is already taken The name is available. Register?

ޒައިނާާ

28 March 2024

ވަގުންގެ ބޮޑު މާސިންގާ ނެޓްވޯކެއްގެ ބޮޑެއްމީ. ފައްޔާޒް މިދިޔަ ސަރުކާރުގައި 50 މިލިޔަން ޑޮލަރު މިކަހަލަ ވަގު ޑީލްހތަކުން ހެދިކަމަށް މިދިޔަސަރުކާރުގެ ވަރަށް މުލުގަ އުޅުނު މީހަކު މައުލޫމާތު ދީފައިވޭ.

The name is already taken The name is available. Register?

އިސްހާގް

28 March 2024

ވެރިކަމުގެ ބާރުގަ މީނަ ފޮނިކަނޑާލާފަ އުޅުނުއިރު އިގެންވާނެ ދޯ ވައްކަންކޮށްގެން ލިބޭނެ މޮޅެއް ނޯންނާނެ ކަން. ވައްކަން ކުރުން އެއީ މިމީހުންނަށް ދީފަ އޮންނަށް ލައިސެންސެއް ނޫން

The name is already taken The name is available. Register?

ހަމީމް

28 March 2024

ސާބަހޭ ލައްކަ ދުވަހަކު ވައްކަން ކުރެވިއްޖެއްނުން. މޮޅުތަކެއްވާނެ ކަމަށްތައް. މީނަގެ އެކައުންޓްތައްވެސް ޖެހޭނެ ފުރީޒް ކުރަން.

The name is already taken The name is available. Register?

އިސްހާގް

28 March 2024

ފާޅުގަ ވައްކަންކޮށްފަ މި މީހުންނަށް އުފަލުގަ ތިބިޔަ ދީގެން ނުވާނެ. ވައްކަން ކުރާ މީހާއަށް މޮޅުގޮތް އޮވެގެން ނުވާނެ

The name is already taken The name is available. Register?

ހާނިމް އިދުރީސް

28 March 2024

އަލްހަމްދުﷲ ތީ ހަމަ އުފާވެރި ހަބަރެއް، މިޔަކަށް ނުކިޔާނެ އަނިޔާވެރިކަމެކޭ، މި މީހުންނަށް ހައްގު އަދަބުދެވެން ޖެހޭނެ.

The name is already taken The name is available. Register?

އަލްހަމް

28 March 2024

ވަރަށް ކޮރަޕްޓު ސަރުކާރެއް ހިންގި ބައެއް މީ.

The name is already taken The name is available. Register?

ދޮންހުސޭނުބޭ

28 March 2024

މިއީ ހިންގާލި ހިންގާލީނުން މުޅިތަންހިންގާ ކުންފުނިތަކުގެ މާލިއްޔަތުވެސް ހިންގާލުވައިގެން ގޮސް އަމިއްލަ ތަންތަނަށް ވައްދާލިމީހުން. މިމީހުންގެ އިމާމަކަށް ހުރިބޭފުޅާ އެއީ ޒީރޯޓޮލަރެންސް މީހެކޯ ދައުރު ނިމުނު އިރު މުޅިތަން ވައްކަމުގެ ހާއްޔަކަށް ބަދަލުވެ ގައުމުބަގުރޫޓުވެފައި.

The name is already taken The name is available. Register?

ދޮރަގަލި

27 March 2024

އެމެރިކާގައި ޓްރަމްޕްވެސް ފުލުހަށް ގެންދޭ. ޝަރީޢަތްވެސް ކުރޭ. އެކަމަކަށް އަނިޔާވެރި ކަމެކޭ ނުކިޔާ. އެކަމަކު މީގެ މީހަކު ތަނަކަށް ހާޒިރުކޮށްފިއްޔާ ވަނީ އަނިޔާއަށް. މީ އަޖާއިބެއް ނޫންތަ. މާ ޑިމޮކްރަސީވެގެން އުޅޭ މީހުންގެ ހާލަކީ މިއީ ދޯ.

The name is already taken The name is available. Register?

Draw

27 March 2024

މިގައުމުގެ އޮވޭތަ ކޮރަޕްޝަން ހިންގީމަ އަދަބުލިބޭ އުސޫލެއް. އޮންނަކީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުމާއި ކޮރަޕްޝަން ހިންގުމާއި ފައިސާ ކާނެވަރަކަށް ކައިގެން ދިޔުމުގެ އުސޫލް. އެއްކަމެއްވެސް ނުވާނެ. ނުވެސް ކުރެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454