ޑރ. ހަސަން، (މ) އޭނާގެ އަންހެނުންނާއި ކުދިންނާއެކު މިދިޔަ އަހަރު ނެގި ފޮޓޯއެއް.-
01 އެޕްރީލް 2024 - 13:26
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި އަރަބި ކިޔަވައިދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާއިން ނެރެދިނުމުގެ ހަރަދުތަކާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހަވާލުވެއްޖެ އެވެ.
ހަސަން "މިހާރު" އަށް ވިދާޅުވީ، މިދިޔަ އޮކްޓޯބަރު 7 ގައި ފެށި ހަނގުރާމައިގައި މަރުގެ އެތިފަހަރުތަކުން ސަލާމަތްވި އޭނާގެ އާއިލާ ވީހާ ވެސް އަވަހަކަށް ގާޒާގެ ރަފަހް އިން ނެރެ، މިސްރަށް ގެންގޮސްދޭނެ ކަމަށް ރާއްޖޭގެ ޖަމިއްޔާއިން އަންގާފައިވާ ކަމަށެވެ.
އެ އާއިލާ ނެރެދިނުމަށް މަސައްކަތްކުރާނެ ކަމަށް މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވެ އެވެ. އެކަމަކު، އެ މީހުންނަށް ވެސް ކުރެވޭ ވަރަކަށް މަސައްކަތް އަވަސްކުރަން މި ފަހުން ގޯފަންޑު މީ އެކައުންޓެއް ހުޅުވައި، އާއްމުންގެ އެހީއަށް އެދުމެވެ. އޭގެ ފަހުން، އެކަމަށް ހިނގާ ހުރިހާ ހަރަދަކާ އައިއޭސީން ހަވާލުވާނެ ކަމަށް އިއްޔެ އަންގާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާގެ އަތްނބަކާއި 13-20 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން އެ ތަނުން ނެރުމަށް، ބޮލަކަށް 10،000 ޑޮލަރު ދައްކަންޖެހެ އެވެ. އެހެންވެ، އެކަމަށް ޖުމްލަ 50،000 ޑޮލަރު ދޭންޖެހެ އެވެ. ނަމަވެސް، ލިބުނު އެއްޗަކުން ގެދޮރު ބިނާކުރަން ޖެހުމުން ޕްރޮފެސަރުގެ އަތުގައި ވެސް ފައިސާއެއް ނެތެވެ.
އެކަމާ ހެދި އޭނާ ވަނީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
އެއިޑް ކެމްޕެއިންގެ ޕޯސްޓުގައި ބުނީ އެ އާއިލާއަށް މިދިޔަ މަހުގެ 18 ގައި ކާބޯތަކެތީގެ އެހީ ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ ހަތް މީހަކު ވެސް އައިއޭސީގެ ހަރަދުގައި މިސްރަށް ގެންދެވިފައިވާ ކަމަށް ޕޯސްޓުގައި ބުންޏެވެ.
ރާއްޖޭގައި މަސައްކަތްކުރާތާ އަށް އަހަރުވެފައިވާ ހަސަންގެ އާއިލާ 2018 ވަނަ އަހަރު ރާއްޖެއަށް އަ އެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ފަހުކޮޅު އެ އާއިލާއިން އެނބުރި ގާޒާއަށް ދިޔަތާ ދުވަސްކޮޅެއް ނުވެ ކޮވިޑާއެކު ބޯޑަރުތައް ބަންދުވުމުން، އެ މީހުން އެ ތަނުގައި ތާށިވީ އެވެ. އެކަމަކު ދޮއްޓަށް ހުރި ދެ ކުދިން މަތީ ތައުލީމް ހާސިލްކުރަން ފެށުމުން، އެ ކުދިން ކިޔަވާ ނިމެންދެން އެ މީހުން އަނބުރާ ނުގެނެސް ހަސަން މަޑުކުރީ އެވެ.
އޭނާ ވިދާޅުވީ މިހާރު ބަލަނީ ގާޒާއިން އާއިލާ ނެރެވޭނެ ގޮތެއް ވޭތޯ ބަލާށެވެ. އެއަށްފަހު، ވިސާ ހަމަޖައްސައި ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"ކޮންމެވެސް ގޮތަކުން އެންމެން މިތަނަށް ގެނައުމަށް މަސައްކަތް މި ކުރަނީ. ހަމަލާތައް ހުއްޓާލިއަސް އެ މީހުން ވަންނާނެ ތަނެއް ނެތް، ހަމަލާގައި ގެ ހަލާކުވެއްޖެ. މި ހަނގުރާމަ ކުރިއަށް ގޮސް، އެ މީހުންނަށް ގާޒާއިން ނުނިކުމެއްޖެނަމަ، އަޅުގަނޑަށް އެ މީހުން ފެންނާނެ ކަމެއް ނޭނގޭ. އެއީ ބޮމުގެ ހަމަލާގައި ނުވަތަ ބަނޑުހައިހޫނުކަމުގައި މަރުވެދާނެތީ." ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠައުގޫބު
02 April 2024
ތި ފަލަސްތީން އާއިލާ މިގައުމަށް ގެނަޢުމަށްވުރެ މާރަނގަޅުވާނެ ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ އާއިލާއެއް ރާއްޖެ ގެނަޔަސް. ޙުޅަނގުގެ މީހުން މާ ތަހުޒީބުވާނެ.
އަމާ ބުނި ވަފާ
02 April 2024
ހޭބަލިވެބަލަ
އޮނަރަބްލް އަފީފު ދީދީ
01 April 2024
މާލީ އެހީދިނުން އެންމެ ރަނގަޅު. އެހެންނަމަވެސް ރާއްޖޭގެ ބޯޑަރ ހިތުހުރިބަޔަކަށް ހުޅުވާފައި ބޭއްވުމުގެ ބަދަލުގައި އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ، ޗައިނާ، އިންޑިޔާ، ލަންކާނޫން އެހެން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓްހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތް ހަދާންޖެހޭ.
އަފީފޫ
01 April 2024
ރަނގަޅަށް ލިޔުން ކިޔާލާފައި ކޮމެންޓްކޮށްލަބަލަ.
އޭމިހިރަބޭފުޅާ
01 April 2024
ކޮން އީޔޫ އެއްތަ. އެއީ އަހަރެމެން ބަލާ މިންގަނޑެއްނޫން.
އަކުން
02 April 2024
މާމޮޅެތި ވާހަކަ ނުދައްކާ ހުރޭ. މިގައުމުގަ އެއްވެސް ވިސާއެއްނެތި މިއުޅޭ ބަންގާޅީން އުޅުނަސް އޯކޭދޯ.
ހުސޭނުގެ ހަސަނު
02 April 2024
އަފީފުގެ ވަރެއްވެސް މިހާރު އެނގިއްޖެ! ކުރީން ހީކުރީ ތަންކޮޅެއް ރޯފިލާފަ ކަމަށް ހުރީ.
މަރުފަލި
02 April 2024
މަނިކުފާނަށް އެނގި ވަޑައި ނުގަންނަވަނީތޯ ފަލަސްތީނު މީހުން ރަށުން ނެރެ އެމީހުން މަރައި ހުސްކުރަން ހަތިޔާރުތައްދެމުން އެގެންދަނީ ވިދާޅުވާ އީޔޫގެ ޤައުމަތަކުންކަން. އެވަރުގެ ނުލަފާ ބަޔަކަށް މިބިމުން ފުރުޞަތު ދިނުމަކީ ފަލަސްތީނު ފަނާކުރަން އެހޭތެރިވުން ނޫންތަ
ޙަސަން އަޙްމަދު
04 April 2024
މި ގައުމުގެ ބޯޑަރު ހުޅުވާ ވާހަކަ އެބަ އޮތްތަ ؟ ރާއްޖޭ ޔުނިވަސިޓީއެއް ގައި އުޅޭ ޕްރޮފެސަރެއްގެ އާއިލާ ގެންނަ ވާހަކަ މިތާ އޮތީ. އެއީ ކުރިން ވެސް މިތާ އުޅުނު ޢާއިލާއެއް. ޢާއިލާގެ ބައްޕަ އަދިވެސް އެ އުޅެނީ ރާއްޖޭގަ. އޭނަގެ އަނބިދަރިން ގެނައުމާ ބޯޑަރު ހުޅުވުމާ އެއީ ދެކަމެއް.
ރައްވެހި
01 April 2024
ފަލަސްތީނުގެ ރައްޔިތުން އަށް ވެދެވެން އޮތް އެހީ އެއް އެޔީ އިންސާނިއްޔަތަށާއި އިސްލާމީ އުންމަތެއް ކޮށްދެވޭނެ ހެޔޮކަމެއް.