އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރެއްވި ހަސަން ޒަކަރިއްޔާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
15 އެޕްރީލް 2024 - 13:01
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ފާއިތުވި ތިން އަހަރު އީސީގެ އެސްޖީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ހަސަން އިލެކްޝަނަށް އައްޔަން ކުރަން މަޖިލީޙުން ފާސްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހު އެވެ.
އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.
އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ވަނަ ދައުރު ހަމަވެވަޑައިގެން ކޮމިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ހަބީބް އީސީން ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން އަބްދުﷲ
16 April 2024
ވަރަށް ރުޅިގަދަ މީހެއް
އެޑަމް ޙޙ
15 April 2024
މަރުޙަބާ ޙަސަން. ތި މަޤާމަށް ޤާބިލު ބޭފުޅެއް