ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންވީރް ސިންގާއި ދީޕިކާ ޕަޑުކޯންއަށް މިއަދު އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ދީޕިކާ ވިހަން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެ އެވެ.
ދީޕިކާ އެޑްމިޓްކޮށްފައި ވަނީ މުމްބާއީގައި ހުންނަ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީގެ ރިލަޔަންސް ހޮސްޕިޓަލުގަ އެވެ.
ދީޕިކާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ރަންވީރާއި ދީޕިކާ ވަނީ ދީޕިކާ ވިހައި ގަދަވަންދެން ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައިފަ އެވެ.
ރަންވީރް އާއި ދީޕިކާ ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވީ ފަހުންނެވެ.