ޚަބަރު

އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވަނީ

މިއީ ރައީސް މުއިއްޒު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު.

ރައީސް ޑރ. މުއިއްޒު: އދ. ގެ ސަލާމަތީ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ތަގްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/ރައީސް އޮފީސް

19 ސެޕްޓެމްބަރ 2024 - 14:23

37 comments

އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އދ. ގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ރައީސް ފުރާވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެ ކަމަށެވެ.

"ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނެ އަދި ޔޫއެން ސެކިއުރިޓީ ކައުންސިލް [ސަލާމަތީ މަޖިލިސް]ގެ ހާއްސަ އޯޕެނިން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ،" ހީނާ ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު." ހީނާ ވިދާޅުވި އެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އާންމު މަޖިލީހުގެ އޯޕެން ޑިބޭޓެއް މި މަހު 25 ގައި ބާއްވަ އެވެ. އެއީ "ލީޑާޝިޕް ފޯ ޕީސް"ގެ ނަމުގައި ބާއްވާ ގައުމުތަކުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން ގައުމުތަކުގެ ވެރިންގެ މެދުގައި ބަހުސް ކުރުމަށް ބާއްވާ ސެޝަނެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް ހިމެނޭ ގޮތަށް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ވަގުތީ މެމްބަރުންގެ ގޮތުގައި އެކި ގައުމުތައް އިންތިހާބު ކުރެ އެވެ. ރާއްޖެއަކީ އެ ކައުންސިލްގެ މެމްބަރެއް ކަމަށް ނުވިޔަސް، މެމްބަރު ނޫން ގައުމުތަކަށް ވެސް އެ ކައުންސިލްގެ އާންމު ބަހުސްތަކުގައި ތަގްރީރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

37 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 4%
icon angry icon angry 9%
icon wow icon wow 17%
icon inlove icon inlove 70%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަސްތަރި

20 September 2024

މިއީ ސަލާމަތީ މަޖިލިހުގައި ފުރަތަމަ ރައީސްއެެެއްނޫން. މައުމޫނު ވާހަކަދެއްކެވި. އެއީ ފުރަތަމަރައީސްއަކީ

The name is already taken The name is available. Register?

raajje

20 September 2024

އުފާވެރިހަބަރެއް، އެންމެބޮޑުހިތްހަމަޖެހުމަކީ މިފަދަފުރުސަތެއް ދިވެހިންނަށްލިބުނުއިރު ޑރ.މުއިޒު ފަދަ މިކަންއެންމެފުރިހަމައަށްކުރުމުގެ ގާބިލުކަންހުރި ބޭފުޅަކުރައީސްކަމުގައިހުރީތީ! ކުރީގެރައީސް މައުމޫނަކީވެސް މިފަދަކަމެއް ފުރިހަމައަށްކުރުމުގެ ގާބިލުކަންހުރި ރައީސެއް، ކުރީގެރައީސް މައުމޫނާ މިހާރުގެ ރައީސް ޑރ،މުއީޒުގެ ދެމެދުން ރާއްޖޭގައި ރައީސްކަންކުރި އެއްވެސް ރައީސަކީ މިފަދަކަމެއްކުރެވޭވަރުގެ ފެންވަރެއްހުރިބައެއްނޫން

The name is already taken The name is available. Register?

ދޮން

19 September 2024

ފަލަސްތީނު ޤާޒާގައި މުސްލިމު ނަސްލުނައްތާލާ ވާހަކަ ވިދާޅު ވާތި ، ކަމެއްނުވިޔަސް އަޑު އިއްވިކަން ދުނިޔޭގެ ތާރީޙްގައި ލިޔެވޭނެ ،

The name is already taken The name is available. Register?

ޟޟޟޟޟ

19 September 2024

ޤައުމު މިއޮއް ދަތި ހާލުގަ އޮތްއިރު. ރައްޔިތުން ގަރުދިޔައާއި ބަތް ކާންޖެހިފައިވާއިރު. ހިނގަމުން ދިޔަ މަޝްރޫޢުތައް ހުއްޓިފައިވާއިރު. ޑޮލަރުގެ އަގު މަތިވަމުންދާއިރު. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު ތިކަމުން ރައްޔިތުންނަށް ލިބޭނި މަންފާއަކީ ކޮބައިތޯ!

The name is already taken The name is available. Register?

ސަލްމާން

19 September 2024

މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގައްނަވާ ޑރ ހައިދަރު ގެންދަވައްޗެވެ. އެބޭފުޅާ ގެ ވާހަކަ ދެއްކެވުން މޮޅު އަދި ހުނަރު ހުރި ބޭފުޅެކެވެ. ރާއްޖެއަށް ރީތިނަން ލިބޭނެކަން ކަށަވަރު.

The name is already taken The name is available. Register?

ކަނބިލި

19 September 2024

ވަރަށް ބޭކާރުކަމެއް. ބޮޑު ޚަރަދެއް ހިނގާވެސް ކަމެއް.

The name is already taken The name is available. Register?

އިއްމަ

19 September 2024

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ބާރު މިމަޖިލީހުގާ ރައީސް މުއީޒް ވާހަކަ ދެއްކުމަކީ ދިވެހިންނައް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ

The name is already taken The name is available. Register?

ބޮންދުމީހާ

20 September 2024

ތިޔަ މަޖިލިސް ތީ އަހަރުމެންގެ ނަޒަރުގައި މިހާރު އެއްވެސް އަގެއްހުރި ތަނެއްނޫން. ސަބަބުތައް ބައިވަރު. މުސްލިމުންނާ ދޭތެރޭ ހިތުހުރިގޮތަކަށް ކަންކުރާއިރުވެސް އެއްކަމެއްވެސް ކުރެވޭ ބައެއްނޫން. ދެން ކީއްކުރަން މެޑަލް ޖަހަން ދާތަނެއްތީ.

The name is already taken The name is available. Register?

ޢަދާ

19 September 2024

ގައުމު ބަގުރޫޓްވުމުގެ މަގުމަތީ އޮއްވާ ތިޔައީ މާމުހިއްމު ވާހަކައެއްނޫން

The name is already taken The name is available. Register?

ހަވާސާ

19 September 2024

ރައީސް ޑރ މުއިއްޒު އަށް މުބަރިކްބާދީ ދަންނަވަން.

The name is already taken The name is available. Register?

ޒަމީރުބެ

19 September 2024

ރައީސް މުއިއްޒުގެ އެންމެ ކަމުދާ އެއް ސިފަޔަކީ އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފުމެއް ނުގެންގުޅުން. މިދިޔަ 10 އަހަރު ފެނުނީ ޚާރިޖީ ސިޔާސަތު އެއްގައުމަކަށް އަރިކޮށްލާފަ އޮންނަތަން. މިކަމުގެ ސަބަބުން މަދު ރަނގަޅުކަމެއް ވިޔަސް އެއީ އެހާ ހަމަޖެހޭ އުސޫލެއް ނޫން. ގެންގުޅެންވާނީ ހަމަހަމަ ސިޔާސަތެއް. ކަން ދިމާކުރި ގޮތުން މުއިއްޒަށް މި ޖެހުނީ އިގްތިޞާދީ ދަތި ދުވަސްވަރެއްގައި ވެރިކަން ކުރަން. މިއީ ވަރަށް ބޮޑު ޗެލެންޖެއް. ކާމިޔާބަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454