މާފުށީ ޖަލު: ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓުލީ މީހުން ވަނީ އެ މީހުންގެ ރަށްތަކަށް ރަޖިސްޓްރީ ބަދަލުކޮށްފައި -- ފޮޓޯ: މިހާރު ފައިލް ފޮޓޯ
22 އޮކްޓޯބަރ 2024 - 19:18
މަރުގެ އަދަބު ވީ އެންމެ އަވަހަކަށް ތަންފީޒުކުރަން މަސައްކަތްކުރަމުންދާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "މިހާރު"އިން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކޯޓުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމުމާއި އެއީ އަލުން އިއާދަނުކުރެވޭ އަދަބަކަށް ވާތީ އެ ހުރިހާ ކަމަކަށް ބަލަންޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެއާ އެއްގޮތަށް އުސޫލުތަކާއި ގަވައިދުތައް ހަދައި، މަރުގެ އަދަބު ދޭނެ ތަން ހަދައި މުވައްޒަފުން ތަމްރީނުކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އދ. ގައި ބޭއްވި ހިއުމަން ރައިޓްސް ރިވިއުގައި ވެސް، ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމާއި ގާނޫނުތައް ވެސް އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އަންނަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި ޑްރާފްޓްވެސްކޮށްފަ އެވެ.
ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކޮށްފައިވާ ބައެއް މީހުން މިހާރު ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.
ނަމަވެސް 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
އިހުސާން ވިދާޅުވީ ކޯޓުގެ ހުރިހާ މަރުހަލާއަކާއެކު ސުވާލު ނުއުފެއްދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ ނިމިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ މިހާރު ހަމަ އިއުލާންކުރައްވާފައިވާ ގޮތަށް އެކަން ކުރާނެ ދިވެހި ރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ، މި ދައުރެއް ނޫން އިނގޭތޯ، މި މަސައްކަތް ނިމޭހާ އަވަހަކަށް، އަޅުގަނޑުމެން ނުބުނާން މި ވެނި ދުވަހެއްގައޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
22 October 2024
ތިހެން ކުރިންވެސް ބަޔަކު ތިކަން ކޮށްފި ހަމަ ތިހެން ގަދަބަސް ބުނެފަ. ވީކަމެއް ހަރާން. ދެންކޮން ފަޅޮލޭކިޔާކަށްތަ؟
ވެންގަބޯ
22 October 2024
މި ދިވެހިރާއްޖޭގެ އުޑުދަށަކު ނެތް ތިކަން ކުރަން ކެރޭނޭމީހެއް ނުކުރެވޭނެ ކަންކަމުގެ ވާހަކަތައް ނުދައްކާ ބަލާ ހެޔޮނުވާނެ ބާކީ މިއޮއްދުވަސް ތައް ނިމުމުގެ ކުރިންވެސް އަދި ފަހުންވެސް ތިކަމެއް މި ދިވެހިރާއްޖޭއަކު ތިކަމެއް ނުވާނެއެވެ ވައްކަން ކުރާ މީހާގެ އަތް ބުރިކުރަން ނުކެރޭ ބަޔަކަށް އެއްކަމެއް ވެސް ނުވާނެއެވެ ވަރަށް ސާފުކޮށް ދިވެހި ބަހުން ލިޔެފައި މިބުނީ ސާފުކޮށް ނުވާނެ.!!! ނުވާނެ.!!! ނުވާނެ.!!! އެއްވެސް ސަރުކާރަކަށް ނުވާނެއެވެ.!!!!
ރާއިފް އަލީ
22 October 2024
ރާއްޖޭގަ މަރުގެ ހުކުމް ތަންފީޒް ކުރެވެންޏާ ވާނީ ރައީސް މުއިއްޒު އަށް. އެކަމަށް މިވަރަށް މަސައްކަތް ކުރައްވަނީވެސް ހަމަ ރައީސް މުއިއްޒު. ފާޑު ކިޔާ މީހުން ފާޑު ކިޔަ ކިޔަ ތިބޭ، އަމަލުން ކަންކުރާ ގޮތް ބަލަން ތިބޭ
އިޝާމްް
22 October 2024
ސާބަހޭ ޑރ.މުއިއްޒު. ވެރިއެއް އަހަރުންނަށް ލިބިފަ މިހުރީ ހުވާ.. ގަޓުގަ ކަން ކުރައްވާނެ ރައީސް އަކީ މީ. ވޭޕް ވެސް މަނާ ނުވާނޭ ބުނެފަ އޮއްވާ އެކަންވެސް ކުރީ. މިކަންވެސް އަދި ކުރާނެ
ވެންގަބޯ އަދި
22 October 2024
މި ދިވެހިރާއްޖޭގެ އުޑުދަށަކު ނެތް ތިކަން ކުރަން ކެރޭނޭމީހެއް ނުކުރެވޭނެ ކަންކަމުގެ ވާހަކަތައް ނުދައްކާ ބަލާ ހެޔޮނުވާނެ ބާކީ މިއޮއްދުވަސް ތައް ނިމުމުގެ ކުރިންވެސް އަދި ފަހުންވެސް ތިކަމެއް މި ދިވެހިރާއްޖޭއަކު ތިކަމެއް ނުވާނެއެވެ ވައްކަން ކުރާ މީހާގެ އަތް ބުރިކުރަން ނުކެރޭ ބަޔަކަށް އެއްކަމެއް ވެސް ނުވާނެއެވެ ވަރަށް ސާފުކޮށް ދިވެހި ބަހުން ލިޔެފައި މިބުނީ ސާފުކޮށް ނުވާނެ.!!! ނުވާނެ.!!! ނުވާނެ.!!! އެއްވެސް ސަރުކާރަކަށް ނުވާނެއެވެ.!!!!
ތިކަމެއްނުވާނެ
22 October 2024
ތިކަމެއް ނުވާނެ. ތިިވާނީ ބޭކާރު ވާހަކައަކަށް.
ބޭވަފާ
22 October 2024
އޮހޮހޯ މިދައުރަކު ނޫނޭ؟؟ ރައީސް މުޢިއްޒުގެ ވެރިކަމެއްގަ މަރުގެ އަދަބު ތަންފީޒު ކޮއްފިޔާ ބޭބެއާ ބޭބެގެ އަނބިގޮއްޔެއާ ދަރިންފަތި ހިނގާނީ އެކޮޅުކޮޅުން. މަހަތަހުވެއި!
ހުސޭނުބޭ
22 October 2024
އަހަރުމެން ބޭނުމީ އިދިކޮޅު އެންމެން ބޮލުގަ ކޮންމެވެސް އެއްޗެއް އަޅުވާފަ ކޮންމެވެސް ގޮތެއް ހަދައިގެން ނަމަވެސް މިވެރިކަން ދަމަހައްޓަން.
އަލިއެގެ ކައްދާ
22 October 2024
ނުވާނެ. ނުކެރޭނެ ކުރާކަށް.. އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރެވިގެން އުޅޭއިރު ތިކަން ކިހިނެއް ކުރާނީ. 2028 ވަނަ އަހަރު ވާއިރުވެސް ތި މީހުން ޓްރެއިން ކޮށް ނުނިމޭނެ.ހަމަ 25 އަހަރު ޖަލުހުކުމުގައި ބައިތިއްބަން ޖެހޭނީ...
އަކޭ
22 October 2024
ބޮޑެތި ކަންކަން ކުރަން ވަގުތު ނަގާނެ. މާދަން މިކަން ކުރީމަ ވެސް ކަލޭމެންގެ ހަމަ ކޮންމެވެސް ޝަކުވާ އެއް އޮންނާނެ. ތި ކޮން ބައެއް، ދިވެހީންނެއްނު. ހިތެއް ނުފުރޭނެ ކިތަންމެ ބައިވަރު ކަންތައް ކޮށްދިނަސް
ކަނބިލި
22 October 2024
ކަމެއްކުރެވުނު ކަމަށްވާނީ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދީގެން.