އުރީދޫ ގްރޫޕުން ގަތަރުގެ ދޯހާގައި ބާއްވާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ދެ ކަސްޓަމަރަކަށް ދިނުމަށް ހާއްސަ ލަކީޑްރޯއެއް ފަށައިފި އެވެ.
މި ލަކީޑްރޯގައި އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. ލަކީޑްރޯގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި ހިމެނޭ ލިންކުން ލަކީޑްރޯއަށް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ލަކީޑްރޯގައި ބައިވެރިވެވޭނެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ:
- އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަސްވެފައިވުން.
- ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ލިބިފައި ހުރުން. އަދި މީގެކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއްގައި ދުވެފައިވާ މީހަކަށްވުން.
- ގަތަރަށް އެތެރެވުމުގެ ޝަރުތު ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން.
ދޯހާ މެރަތަން އަކީ ކޮންމެ އަހަރަކު ވެސް އުރީދޫ ގްރޫޕުން ގަތަރުގައި ބާއްވާ ދުވުމެކެވެ. މި ދުވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. މި ދުވުމުގައި 15،000 އެއްހާ މީހުން ބައިވެރިވާނެ އެވެ.