ޖޯލި ރިސޯޓުން "އައިލެންޑް ހޯމްސް" ތައާރަފްކޮށް "ޖޯލި ބީއިން" ގެ ވިލާތައް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ވިއްކަން ހުޅުވާލައިފި އެވެ.
ޖޯލިން ހުޅުވާލީ ރާއްޖޭގައި ޕްރައިވެޓް ރެޒިޑެންސެއް ހޯދުމުގެ ފުރުސަތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ދެމެދުގެ ވިލާތައް ހުރެ އެވެ. އޭގެ ތެރޭގައި ބީޗް އަދި ވޯޓާ ވިލާ ހިމެނެ އެވެ.
އެ ވިލާތަކުގައި 230-1،700 އަކަފޫޓުގެ ހުންނައިރު އެ ތަނުގައި ޕްރައިވެޓް ސްވިމިން ޕޫލާއި ސަންޑެކް ވެސް ހުރެ އެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް އެ ރިސޯޓުން ލިބެން ހުރެ އެވެ.
ޖޯލި ބީއިން ރިސޯޓުގައި ވިއްކަން ހުޅުވާލި ހަތަރު ކޮޓަރީގެ ވިލާތަކުގައި 118 އަކަ މީޓަރުގެ އިންފިނިޓީ ޕޫލެއް ހުރެ އެވެ. އެ ރިސޯޓުން ބުނީ، "އައިލެންޑް ހޯމްސް" ގެ ގޮތުގައި ދިގު މުއްދަތަށް ކުއްޔަށް ދޭ ތަންތަން މެނޭޖް ކޮށްދޭނީ އެ ރިސޯޓުން ކަމަށެވެ. ވެލްނެސްއަށް ހާއްސަކޮށް ހުޅުވާފައިވާ އެ ރިސޯޓުން ކުއްޔަށް ނަގާ ވިލާތަކުގެ މީހުންނަށް އެ ރިސޯޓުގެ ޓޫރިސްޓުންނަށް ހޯދޭ ހުރިހާ ހިދުމަތްތައް ވެސް ބޭނުން ކުރެވޭނެ އެވެ.
ގްލޯބަލް ވެލްނެސް އިންސްޓިޓިއުޓުގެ ރިސޯޓުން ދައްކާ ގޮތުން ވެލްނެސް ރިއަލް އެސްޓޭޓް ވިޔަފާރިއަކީ ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ވިޔަފާރި އެވެ.
ޖޯލި ކުންފުނީގެ ފައުންޑަރު އިސިން ގުރާލް އާގަތު ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ރިސޯޓުގެ ވިލާތަކުގެ ޑިޒައިނުން ވެސް އާޓިސްޓުންގެ ތަފާތު މަސައްކަތްތަކެއް ފެންނާނެ އެވެ.
ޖޯލި މޯލްޑިވްސްގެ "ޖޯލި ބީއިން" ރިސޯޓު ހުޅުވީ 2021 ވަނަ އަހަރު އެވެ. އެ ރިސޯޓުގައި 68 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި 33 ބީޗް ވިލާ އާއި 35 ވޯޓަ ވިލާ ހިމެނެ އެވެ. އެ ވިލާތަކުގެ ތެރެގައި އެއް ކޮޓަރި ޢާއި ދެ ކޮޓަރި، ތިން ކޮޓަރި އަދި ހަތަރު ކޮޓާރީގެ ވިލާތައް ވެސް ހިމެނެ އެވެ.