ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޯފެނުގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ގަތަރު ރެޑް ކްރެސެންޓް މެދުވެރިވެގެން، ބޯ ފެން ބޭނުންވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
ގަތަރު ރެޑް ކްރެސެންޓް އިން ވަނީ ބޯފެން ބެހުމުގެ މަސައްކަތް މިއަދު ފަށައިފަ އެވެ.
އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަލްޝިފާ ހޮސްޕިޓަލާއި އަލް ހަޔާތު ހޮސްޕިޓަލުގައި ހާލު ޖެހިފައިވާ ފަރާތްތަކަށް މިހާތަނަށް 6،000 ފެން ކޭސް ބަހާފައިވާ ކަމަށް ގަތަރު ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ.
ގަތަރު ރެޑް ކްރެސެންޓުން ބުނީ، ހާލުގައި ޖެހިފައިވާ 60،000 ރައްޔިތުންނަށް ޒަކާތު ހައުސްގެ އެހީގައި 50،000 ފެން ކޭސް ބެހުމަށް ނިންމާފައިވާ ކަމަށެވެ.