ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން --
22 ޖެނުއަރީ 2025 - 15:05
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީންއާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.
ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ވަނީ ބާއްވައިފަ އެވެ.
ނަމަވެސް، މި މައްސަލާގައި "ދެ މީހެއްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހިމެނޭތީ" ކަމަށް ބުނެ ދެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ކޮމިޓީން ބަލަމުން އަންނަނީ ފަޒީން، ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެކެވެ. އެކަން ކޮމިޝަންގެ މެންބަރަކު ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތް ކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ، 2023 ގަ އެވެ.
ބްރޯޑްކޮމްގައި މި ވަގުތު ތިއްބަވަނީ ފަޒީން އާއި ކޮމިޝަންގެ ރައީސް ކަމަށް މިއަދު އިންތިހާބުކުރި ސަފާ ޝަފީގާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމާއި އާމިނަތު ނުޒުހާގެ އިތުރުން އަލަށް އައްޔަން ކުރި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވާ
23 January 2025
ފޭސް2 ގެ އިހުސާން ފިހާރަ ކައިރީގައި ހުންނަ މިސްކިތައް އަރާ މީހަކަށް މީނަ ފެންނާނެ. އަހަންނަށް ހީވަނީ މަޤާމުން ބޭރުކުރުމަށް ރާވާ ރޭވުމެއް ހިން.
ގާދިރު
23 January 2025
މިކަމުގެ ހަގީގަތް ވަރަށް އަވަހާ ފެންމަތި ވާނެ
ސަމަންދަރު
22 January 2025
ބިރުކުޑަ އަލީއާ ވައްތަރުގޮތެއް އެބަހުރި.
އިހްސާސް
22 January 2025
ކީއްވެތަ އެކޮއި ތިމައްސަލަ ފުލުހަށް ހުށަނޭޅީ؟ ފަޒީނު ބޭރުކުރުމުގެ ރޭވުމަކާ ހާދަ ވައްތަރޭ.
ކަތްދައްތަ
22 January 2025
މިނަޔާ މުހައްމާޔާ ހުރި ތަފާތަކީ ކޮބައްޔޯ؟ މިިހާރުވެސް މީނަ ހީވަނީ މުހައްމާގެ ޑްރާމައެއްގެ ތަންކޮޅެއް ޖައްސާފަ އިންހެން. ތަނެއްގެ ނައިބު ރައީސެކޯ. ހާމުންޑިހެދިގެން އުޅޭކަށް.
ސިންކުދޫނި
22 January 2025
މުހައްމާމެނަށް ގޮނޑި ރެޑީކުރަނީ؟ މި ދެން ސަރުކާރުގެ ފެންވަރުދޯ؟
ކަތްދާދި
22 January 2025
ބޮރޯޑްކޮމް އަށް މުހައްމާ އައްޔަންކޮށްގެން ރީންދޫ މީހުން އެވާހަވަކަ ދައްކާއިރު މިހުރީ ރީންދޫ ޕާޓީން އެތަނަށް އައްޔަންކުރި ސިިޔާސީ އެކްޓިވިސްޓުންގެ އަޚްލާޤީ ފެންވަރު ހުރި މިންވަރު. ވަގުތުން ބޭރު ކުރޭ!!!
ސާބިތު
22 January 2025
އަދި ސާބިތުވީމައެއްނު؟
ނަސޭހަތުގެ ބަސް
22 January 2025
ޒަމާންތަކެއް ވަންދެން ޤާނޫނާ ޤަވައިދު ތަންފީޒު ނުކުރުމުގެ ސަބަބުން މިޤައުމު ކޮރަޕްޝަނާ ފާސިޤުން ހިންގާ ޤައުމަކަށް މިއޮތީވެފަ. މިކަމުން އަރައިގަނެވޭނީ ޚުދު ރައްޔިތުން އަމިއްލަ ނަފްސު އިސްލާހުކޮށް، އަދުނޫނަސް އެހެން ދުވަހެއް އޮތްކަން ހަނދާންކޮށް، އެދުވަހުން ފުރިހަމަ ޖަވާބުދާރީކުރުވުމަކުން ޖަވާބުދާރީ ކުރުވޭނެކަން ހަނދުމަކޮށް ހެއްދެވި ފަރާތަށް ބިރުވެތިވެގެން.
އިބުރާ
22 January 2025
މުހައްމާ ނައިބު ރައީސަކަށް ގެންނަން ގޮނޑި ހުސްކޮށްލަނީ