ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
23 ޖެނުއަރީ 2025 - 14:02
ރ. ފައިނުގައި އެއާޕޯޓު އަޅަން އަންނަ މަހު އެމްޓީސީސީއާ އެކު އެގްރީމަންޓުގައި ސޮއި ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ފައިނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ މަހު އެގްރީމެންޓުގައި ސޮއި ކުރުމަށް ފަހު، ފައިނު އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ފައިނުގައި އެއާޕޯޓު އެޅުމުން، މި ދާއިރާ އާއި މި ސަރަަަހައްދުގެ ގިނަ ރަށްތަކަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓާ އެކު ގިނަ ރިސޯޓުތަކެއް މި ސަރަހައްދުގައި ހުޅުވި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ސަރަހައްދުގައި ރިސޯޓުތައް އިތުރު ކުރަން ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، މި އެއާޕޯޓާ އެކު ރިސޯޓުތައް އިތުރުވެ، ޓޫރިޒަމް ސީނާއަތަށް ވެސް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް އުއްމީދީ ގޮތެއްގައި މި އެއާޕޯޓު ނިމިގެންދާނީ. އަޅުގަނޑު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވައުދުވެފައި ވެސް އޮންނާނެ މި ސަރަހައްދުގައި ގިނަ ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް،" ފައިނު އެއާޕޯޓުގެ މަޝްރޫއު އިއުލާންކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
"އެހެންވީމަ މި މަސައްކަތް ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނެކަން އަޅުގަނޑު ދަންނަވާލަން،"
ރައީސް ވިދާޅުވީ އެމަނިކުފާނު ފައިނަށް ދެން ވަޑައިގަންނަވާއިރު އެއާޕޯޓުގެ މަޝްރޫއު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދެން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ރަށަށް އަންނާނީ މި އެއާޕޯޓުގެ ހުޅުވަން -- ރައީސް
ރ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ އިފުރުގައި އެކަންޏެވެ. އެކަމަކު މި އަތޮޅުގެ ގިނަ ރަށްތައް އިފުރާ ވަރަށް ދުރުވުމުގެ ސަބަބުން އިތުރު އެއާޕޯޓަކަށް ރައްޔިތުން އުއްމީދުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
ފައިނުގެ ތަރައްގީއަށް ކުރައްވާނެ އިތުރު ކަންކަން ވެސް ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންކަމާއި ފުޓްބޯޅަ ދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ސަރުކާރުން ވަަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަަމަށެވެ. ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
03 February 2025
ތަރައްގީ ކުރެވިދާނެ ރައީސެއް
މަޑުކޮށްލާ ހެޔޮނުވާނެ.
24 January 2025
އަދި އަވަސް ދެއްތޮ، 3 އަހަރު އެބަ އޮތް.
ޢަލީ.
24 January 2025
އަސްލު މިހާރު ރަށްރަށުގައި އެއަރޕޯޓް އަޅާނެކަމެއްނެތް. ރަށްރަށް އުފެދިފައިވަނީ ވަރަށް ފުރިހަމައަށް ރީތި ބޮޑު ދޮންވެލި ގޮނޑު ދޮށްތަކެއްގެ މައްޗަށް. ސީޕުލެއިން ގެ ހިދުމަތް ރަށްރަށުގައި ދޭން ފެނޭ. އޭރު ސަރުކާރަށް ކުރަންޖެހޭ ޚަރަދު ބޮޑު ތަނުން ކުޑަވާނެ ކަމަށްފެނޭ. ގިނަ ރައްޔިތުން މިކަމަށް ތާއީދު ކުރާނެކަން ޔަޤީނު.
ރުގީ.
23 January 2025
މީގެހަތަރުއަހަރު ކުރިން އެމްޓީސީސީ އިން މުލީގައި އަޅަމުންގެންދާ އެއާޕޯޓް އަދިވެސް ނުނިމޭ. އަނެއްކާ ތިދިނީ ފައިނުގާ އެއާރޕޯޓެއް އަޅަން. ނުވާނެތިކަމެއް.
ޥައްޑޭ
23 January 2025
ޞަޅި ރައީސް. ޢަހަރުމެންގެ އުއްމީދު
ހައްޖަ.
23 January 2025
އެއްރަށުން އަނެއްރަށަށް ދާންވެސް އެއަޕޯރޓް އެއް އަޅުއްވައަ ދެއްވާ. އެއްގެއިން އަނެއް ގެއަށް ދާން ވެސް.
ރާނީ
23 January 2025
ކޮބާތަ މަޖިލިސް އިންތިހާބަށް ހޯރަފުށީ ސެކަންޑް ފޭސް ގަ މަގުތައް ޒަމާނީފެންވަރަށް ހެދުމުގެ މަސްރޫއު ރަަށްއިތުންނަށް ދަށްކާލި ދަޅައެއް ދޯ އެދުވަހު އެއީ. އަހަރުވެގެން ދަނީ އެއްކަމެއް ނުކުރާތާ..
ދފވދފބފގބރ
23 January 2025
ހޯރަފުށީ އުޅެނީ ގަޅިން... ނޯ ވޮރީސް...... ދެންވެސް އަރާ ދޮގެއް ހަދާލީމަ ތިބޭނީ އަތްޖަހަން... ރާއްޖެތެރޭމީހުން ވަރަށް ގަމާރުވާނެ
ގފދ
23 January 2025
ފައިނު ސަލާމަތް ކޮއްދޭނެ ހިތްވަރު ހުރި މީހަކު ހަމަ މި ގައުމުގައި ނެތީ. ހުރިހައި ހިތާމަ އެއްގެ ބޮޑު ކަމާއެވެ.
ހާސަރު
23 January 2025
ހެޔޮނުވާނެ ރީތި ފައިނުގެ ދުވަސް ދުއްވާނުލާ ، ކައިރީގަ އެއޮތީ އެރޕޯޓް އަޅަން މާރަގަޅު ފަޅެއް.
ޢޮޅުވާލުން
23 January 2025
ތިގޮތަށް ށ.ބިލެތްފަހި އެެަރޕޯޓު އަޅަންވެސް އެމްޓީސީސީ އާއެކު އެގްރީމަންޓް ހެދި މުއިއްޒު ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ ގައި، މިހާރު އެއް އަހަރުވީ އެއްވެސް މަސައްކަތެއް ނުކުރޭ. ޚައުންސިލް އިންތިހާބާ ދިމާކޮށްފަ އަނެއްކާވެސް އެއަރޕޯޓު އަޅަން ބަޔަކާއެކު އެގްރީމަންޓް ހަދަން އުޅޭ ވާހަކަ ކައުންސިލުން ރަށުތެރޭ ކިޔާ.