އައިކޮމް އޮފީސް އިމާރާތުގައި ފޫ ޖަހާފައި.-- ފޮޓޯ: އައިކޮމްގެ އަހަރީ ރިޕޯޓު
11 މާޗް 2025 - 13:55
އޮފީސް އިމާރާތުގެ ޖާގަ ކުޑަވުމާއި ފޫ ޖަހާފައި ހުރުމުން މުވައްޒަފުން މަސައްކަތްކުރަނީ ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ނެރުނު، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާ ގ. ބިއްލޫރިޖެހިގެއަށް 2015 ވަނަ އަހަރު ބަދަލުވީ ވަރަށް ގިނަ މަރާމާތުކޮށްގެން ކަމަށެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށެވެ.
އެކަމަކު އެތައް ފަހަރަކު މަރާމާތުކޮށްގެން ވެސް ދެތިން މަސް ދުވަހުގެ ތެރޭގައި އަނެއްކާ ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އަހަރީ ރިޕޯޓުގައި ބުންޏެވެ.
އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި.-- ފޮޓޯ: އައިކޮމް އަހަރީ ރިޕޯޓު
ރިޕޯޓުގައި ބުނީ އޮފީސް ގިނަގިނައިން މަރާމާތުކުރަން ޖެހޭތީ އެކަމަށް ހައްލެއް ހޯދައިދޭން ކަމާގުޅޭ އިދާރާތަކަށް ޖެނުއަރީ، 2017 އިން ފެށިގެން އެދެމުން އަންނަ ކަމަށެވެ. ހަތް އަހަރު ވެގެން ދިޔައިރު ވެސް ހައްލެއް ނުލިބޭ ކަމަށް ވެ އެވެ.
އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީއަށް ފޮނުވި އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށްފަހު އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް، މި ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އައިކޮމް އިން ބުންޏެވެ.
އައިކޮމްގެ އޮފީހުގައި ފޫ ޖަހާފައި.-- ފޮޓޯ: އައިކޮމް އަހަރީ ރިޕޯޓު
އޮފީސް އިމާރާތް ހުރީ ސިއްހީ ގޮތުން އެންމެ އެކަށީގެންވާ މާހައުލަކަށް ނުވާތީ އަދި ފާހަނާއާ ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ރިޕޯޓުގައި. ބުންޏެވެ.
އެއް ބަޔަކު ހެނދުނު 8-11 އަށް އަދި ދެ ވަނަ ދަންފަޅި އޮފީހަށް ނުކުންނަނީ 11 އިން މެންދުރު 2 އަށެވެ.
"އޮފީހަށް ނުނުކުންނަ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ތިބެގެންނެވެ. މިގޮތަށް މަސައްކަތްކުރަން ޖެހުމުން އޮފީހުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވަމުންދެ އެވެ." އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އޮފީހުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް މުވައްޒަފުން މަސައްކަތްކުރަމުން ގެންދަނީ މީޓިން ރޫމުގަ އެވެ. މިކަމުގެ ސަބަބުން ވެސް އޮފީހުގެ މަސައްކަތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވަމުން ދެ އެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލްް
11 March 2025
ހާމަ ކުރަންޖެހޭ މައުލޫމާތުތައް ހާމަނުކޮށް ހިފަހައްޓާފައި ހުރުމުގެ ސަބަބުން މައުލޫމާތުތަކުގައި ތިހުރީ ފޫ ޖަހާފައި.
ޑރ ވާންޗޯ
11 March 2025
އޮފީހުގަ ފޫޖަހާފަހުރިއްޔާ ފޫކަހާފަ ނުގޮސްތިތިބިއްޔޯ؟.
މަރިއްކ
11 March 2025
ތިޔައީ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރާ ތަނަކަށް ނުވަަތީ، ތިޔަތަން ބަހައްޓަން ނުފެނޭ. ތިޔަ ތަން އުވާލާ
ރަސްހުވަނދު
11 March 2025
ބޭކާރު ކޮމިސަން ހަދައިގެން އުޅޭނެ ކަމެއް ނެތް. އުވާލަންވީ
އޮނަރަބްލް އަފީފު ދީދީ
11 March 2025
ކ.އަތޮޅުމާލެއަކީ ދިވެހިންނަށާއި، ދައުލަތަށް ދިމާވެފައިވާ މުސީބާތަކަށް ވުމުގެކުރިން މިކަމުންމިންޖުވެ ދިވެހިދައުލަތާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކާ މިފަދަހާލަތްތައް ކުރިމަތިވި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަންކުރިގޮތަށް ކުނި ގޮނޑަކަށް ބަދަލުވެ އިންސާނުން ދިރިއުޅެންކަމުނުދާ ޙާލަތަކަށް ކަންކަން ގޮސްފައިވާ ކ.އަތޮޅު މާލޭގެބަދަލުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރާނީ ލ.އަތޮޅު ގުޅިފައިވާ ރަށް ތަކުގައި ކަމަށް ކަނޑައަޅާ ތިރަށުން ވެރިކަން ބަދަލުކުރޭ.
އޮނަރަބްލް ވެލާނާ ކިލެގެ
20 May 2025
ލ.އަތޮޅު ގުޅިފައިވާ ރަށްތަކަށްވުރެ އަފީފުދީދީ އުޅުއްވާ އައްޑޫގެ މާތްވެގެންވާ ބިންކޮޅަށް ވެރިކަމާއި، ވިޔަފާރިތަކާއި، ވެލާނާ އެއަރޕޯޓްވެސް ގެންގޮސް އަމިއްލަ ވެރިކަމެއް ފައްޓަން ފެންނަނީ. އޭރުން ދުވާލު ދެދަޅައަށް ކަރަންޓްގެއަށް އަތްބޭނުންވެސް ކުޑަވާނެކަންނޭގެ. ދިވެހި ދައުލަތް ބަންޑުންޖަހާލާފަ އޮންނަންވާނީ އެބިންކޮޅަށް. އޭރުން ހއ.އުލިގަމުން ފެށިގެން ދެކުނަށް އޮތް ހުރިހާ ރަށްތަކުގެ މީހުންނަށް ދަތުރުފަތުރާ އެހެންކަންމަށް ވަރަށް ފަހިވާނެ.
އޮރެންޖްބެރީ
11 March 2025
މިތާ މިތަނަކީ ބޭކާރު ތަނެކޭ ކިޔާފަ ލިޔާ މީހުންގެ ތެރޭގައި އޮފީސްތަކުން މައުލޫމާތު ދޭން ބޭނުން ނުވާ މީހުން ތިބުން އެކަށީގެންވޭ. މިއީ ވަރަށް މުހިއްމު ތަނެއް. ނަމަވެސް މިތާގެ އަގުވައްޓާލާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަން މިދޭަހަވަނީ. އެހެން ނޫނީ މިނޫން ތަނެއް ހަމަޖައްސާދިނީސް. މާލޭ ސިޓީ ކައުންސިލަށް ވުރެ މިތަން މުހިއްމު. މާލޭ ސިޓި ކައުންސިލަކީ ގަސްތައް ކަނޑާ ގަބުރުސްތާނު ހަލާކުކުރާ ބައެއް.
ކޮމެންޓުނަންބަރު8
11 March 2025
މީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން. ތިޔަ ބިއްލޫރިޖެހިގޭގަ ދޯ އޮޑިޓަރ ޖެނެރަލްވެސް އިންނަވަނީ. ގައިމު ތި އިމާރާތް ތި ހާލަތައް ދާއިރު މިކަހަލަ ކަންކަމަށް އިސްކަން ނުދީ ސަރުކާރުތަކުން އެތަކެއް ބޭކާރު ހަރަދެއް ކުރާއިރު ރައްޔިތުންގެ ސަމާލު ކަމަށް އެކަން ނުގެނެސް ހުންނަވާނެ ކަމަކަށް ގަބޫލެއް ނުކުރަން. ތިޔައީ އޭ.އީ ފޭކު ފޮޓޯތަކެއް.
އައިކޮމް
12 March 2025
ފޭކް ތޯ ބައްލަވަން ދުރުވަންވީ ނޫންތޯ.
ނޫޅެން
12 March 2025
އޮޑިޓަރ ޖެނެރަލް އިންނަވަނީ ބިއްލޫރިޖެހިގޭގައެއް ނޫން!
އަލަން
11 March 2025
މި ހުރިހާ ކަމެއް މިހެން ހުއްޓާ ދޯ ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކޮށްލީ ހެސްކިޔާފަ. ސަރުކާރުތައް މި ތިބެނީ ބްލެކްމެއިލްގަ. އެއްކޮޅުން ގޭންގު، އަނެއް ކޮޅުން ފުލުހުންނާ ސިފައިން. ﷲ އަށް ބިރުވެތިވެ އިޚްލާސްތެރި ކަމާ އެކު މިކަން ކުރަން ކުޅަދާނަ ނޫން މީހުން ދިވެހިން ވެރިކަމަށް އިސް ކުރާތީ މިހެން މިވަނީ. ދެން ވިސްނާލާ އަހަރުމެންގެ ދަރިން އަދި އުޅެން ޖެހޭނީ ކޮންފަދަ ހާލެއްގަ ކަމެއްވެސް ނޭގޭ.
އަލަން ބާއި
11 March 2025
ތިހެން ވިސްނޭ ދިވެހިން އަހަރުމެންގެ ތެރޭ ވަރަށް މަދުވާނެ. ގިނަ ވާނީ ވަގުތީ ގޮތުން ލިބޭ މަންފާ އަށް ހެއްލި އަމިއްލަ ނަފުސު ވިއްކާ މީހުން
ޚަބީބާ
11 March 2025
މުވައްޒަފުންނަށް ކިހާ ފަސޭހަ 3 ގަޑިއިރު މަސައްކަތްކޮށްލާފަ ފުލް މުސާރަ..... މުވައްޒަފުން މަދުކޮށްލައިގެން ވޭނެއެއްނު
ސައްޙާފް
11 March 2025
އިމާރާތުގެ މައްސަލައެއްނޫން. އިދާރާގެ ވެރިންގެ ޒިއްމާދާރުކަންކުޑަކަމާއި އަޅާލުންނެތްކަން. ރައީސް މައުމޫން ދައުރުގައި މާކުޑަ ބަޖެޓަކުން މާނިކަމެތިތަންތަނުގައި (މިސާލަކަށް މާލޭ ބޮޑުގެ) އިދާރާތައް ހިންގިއިރުވެސް ސާފުތާހިރުކޮށް ބެހެއްޓޭ. ވިރާނާވެ ތަނުގައި ފަނިފަކުސަ އާލާވާނަމަ އެހެން ގޮތެއްނެތްނަމަ އަވައްޓެރި ގައުމުގެ އެހީގަނަމަވެސް އެކަން ރަނގަޅުކަޮށް ސަރުކާރުގެ ކަރާމަތާއި އަބުރު ހިފަހައްޓާ. މިހާރުން މިހާރަށް އިންފޮމޭޝަން ކޮމިޝަނަރު އިސްތިއުފާދީ.
ށަވިޔަނި
11 March 2025
އެހެންވަނީ ހުމިޑިޓީ ލެވަލް މަތިވީމަ. ޑީ ހިއުމިޑިފަަޔަރ ބޭނުންކުރަެ