ކުރީގެ ޑީޕީޖީ ނިހާޔަތު: ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވަނީ އޭނާ އެކަނި --
12 މާޗް 2025 - 13:23
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިއަދުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ނިހާޔަތު އެކަންޏެވެ.
ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑެޕިއުޓީ ޕީޖީ ކަން ކުރައްވައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު ތެރޭގަ އެވެ.
ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރޭގައި ސުއޫދު ހިމެނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މިހާރު ވަނީ ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯލި
13 March 2025
ގާނޫނީ ދާއިރާއިން ކިޔަވައިގެންތިބި އެތައް ސަތޭކަ މީހުން ތިބި ކުޑަ ގައުމެއްގެ އެންމެމަތީ ކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލާނެ މީހަކު ނުވުމުން ދެން ދައްކާނެ ވާހަކައެއް ނެތެވެ. ސަބަބު ވަރަށް ސާފެއެވެ. އަތްބޭނުން ނިންމާފައިވާ ތަނަކާ ކައިރިވާން ބޭނުން ނުވަނީއެވެ.
އޮނަރަބްލް އަފީފު ދީދީ
13 March 2025
އިސްތިޢުފާދެއްވި ފަނޑިޔާރަށް އެމަޤާމް ގައި ދެމިހުންނެވުމަށް ދަތިވި ސަބަބާއި، އަދި ފަނޑިޔާރު ހުސްނު އަލް ސުޢޫދަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި އެފަދަ ދެވަނައެއްނެތް ފަދަ ޤާނޫނީ ތަޖުރިބާ ކާރެއްކަން ރާއްޖޭގެ ވަކީލުންނަށާއި ޝަރުޢީ ދާއިރާގެ އެންމެނަށް އިގޭތީ "ފަނޑިޔާރު ހުސްނު އަލް ސުޢޫދަށް ނުހުރެވުނު ތަނެއްގައި" އެބޭފުޅުންނަށް އަމުދުން ކެތްނުކުރެވޭނެކަން އިގޭތީ ތިޔަމަޤާމަށް ކުރިމަތިލާނެ މީހުންނުވީ. ނަމީރާ މެން ކުރި ކަމެއްގެސަބަބުން ސަރުކާރު ބޭޒާރުވީ.
ހަމަދު ސަލީމް
13 March 2025
މިދަނޑިވަޅުގަ ސްޕްރީމްކޯޓް ފަނޑިޔާރަކަށް ކުރިމަތިލާ މީހަކީވެސް މަގާމުގެ ދަހިވެތިކަމުގަ ސަރުކާރުން ބުނިއްޔަ ބުނިގޮތަކަށް ހުކުމްކުރަން އެއްބަސްވާނެ މީހުން.
މިވަރެއްނެތް
13 March 2025
ތިމާމެންނަކީ ގައުމެއްގެ ސްޕްރީމްގެ ފަނޑިޔާރުކަން ކުރުމުގެ ފެންވަރު ހުރި މީހުންކަމަށް މިވެރިން ގަބޫލުކުރާތީވެސް މަމެން މިތިބީ ހަމަ ބުނާނެ އެއްޗެއް ނޭގިފަ!
ކަތްދައްތަ
12 March 2025
އިޖާބަ ދިނީތީ ނިހާޔަތަށް ޝުކުރު ދަންނަވަން.
ބަބްސް
12 March 2025
ވެރިކަން ކުރާ މިހާއަށް މަރުހަބާ. ތިހުރީ ސޫދުގެ ބަދަލުގައި ރަނގަޅު ފަނޑިޔާރެއް ލިބިފަ. ދެން އެންމެން އަތްޖަހާ.
ސެމި
12 March 2025
މީނައަކީ އެތައްަބަޔަކަށް ނުގައްގު ދައުވާކޮށް ޖަލަެއްލެވެތޯ މަސައްަކަތކުރި އަންހެނެއް
ލިބޭނީދޯ
12 March 2025
ސްޕްރީމް ކޯޓަށް ފިރިހެނަކު ވެސް ކުރިމަތިލާން ދެން އަނެއްކާ އިއުލާން ކުރާށޭ ސްޕްރީމް ކޯޓުގެ ގާޒީންނަށް ތިބެން ޖެހޭނީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ހަދާފައިވާ މީހުންނޭ އަދި އެމެންނަކީ ފުދުންތެރި މިންވަރަށް ވުރެން މަތީ ދިރިއުޅުމެއްގައި ދިރިއުޅުމުގެ ހާލަތު ހުރި ބަޔަކަށް ވާން ޖެހޭނީ ސްޕްރީމް ކޯޓުގެ ވަޒީފާ ގެއްލިއްޖެނަމަ ކާންބޯން ކުރާނެ އެހެން މަަސައްކަތެއް އެމެން ހޯދަން ނުޖެހޭނެ ފެންވަރުގެ މީހުން ސްޕްރީމް ކޯޓުގެ ގާޒީންނަށް ލާން ޖެހޭނީ އެއިރުން އިންސާފު
ބުރުގާ
12 March 2025
މިހާރުވެސް ތިހިރީ ހޮވާފަ. ދެން މުލިއާގެއައް ހުވާކުރައްވަން ވަޑައިންނަވާ..
ފަޑިޔާރު
12 March 2025
ޙިތުހުރި ގޮތެއަ ހަދާތީ މީހުން ކުރިމަތި ނުލާނެ ދޯ.