ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާ އަށް ދިއުމަށް ގުރުއަތުން ހޮވުނު މުވައްޒަފުން އެ ކުންފުނީގެ އިސްވެރިންނާ އެކު މިއަދު ފޮޓޯއެއް ނަގަނީ.---ފޮޓޯ: ސްޓެލްކޯ
13 މާޗް 2025 - 19:28
ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކިވަކިން ހުޅުވާލިއިރު ހައްޖުގެ އަޅުކަމަށް 102 މުވައްޒަފަކު ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 84 މުވައްޒަފެކެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 218 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 215 މީހެކެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި 2023 ވަނަ އަހަރާ ހަމައަށް ހައްޖާއި އުމްރާގެ ފުރުސަތު ދިނީ ކޮންމެ ބަޔަކުން ވެސް އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކަށެވެ.
އެކަމަކު އެކަމާ ގުޅޭ ޕޮލިސީއަށް މިދިޔަ އަހަރު ބަދަލު ގެނެސް، ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފަކު ހޮވަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެެވެ.
ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖަށް ދިއުމަށް ހޮވުނު މީހުން:
• އަހުމަދު ވަހީދު – ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
• ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
• އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރަން ގުރުއަތުން ހޮވުނު މީހުން:
• ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު އިންޖީނުގެ
• އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
• ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް
ސްޓެލްކޯ އިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބި މީހުންގެ ތެރެއިން ކުރިމަތިލާ މީހުންނަށެވެ. އުމްރާގެ އަޅުކަމަށް ފުރުސަތު ދެނީ ފަސް އަހަަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރަމުންދާ މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލިޓީ
13 March 2025
ހުރިހާ ބޭފުޅުންނަށްވެސް މަރްޙަބާ އަދި މަބްރޫރް ޙައްޖަކަށާއި ޢުމްރާއަކަށް އެދެން. ކެތްތެރިކަން އިސްކުރައްވާތި އަޅުކަމުގައި، ވަރަށް ބޮޑަށް. ދެން އޮތީ ސްޓެލްކޯގެ ވާހަކަ. މިއީ ދައުލަތުގެ ސަޕޯޓުގައި ހިންގާ ކުންފުންޏެއް ވިއްޔާ ދައުލަތުގެ ޚަރަދުގައި ދޯ މުވައްޒަފުން ފޮނުވޭނީވެސް ހައްޖަށާއި އުމުރާއަށް. އެހެންވީމާ އެވަނީ ކިހިނެއްބާ.