ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަނީ.
28 މާޗް 2025 - 21:27
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށިތާ މަސް ދުވަސް ތެރޭގައި އެތަނުގެ ނެޓުތައް އަލުން ބަދަލުކޮށް މަރާމާތު ކުރަން ފަށައިފި އެވެ.
އޮޅުހިޔާ ހުޅުވިތާ ތިން މަސް ދުވަސް ފަހުން އެތަނަށް ބުޅާތައް ގެންދަން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފެސިލިޓީގައި ބުޅާ ބައިތިއްބާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެތަން ފަރުމާކޮށް، އެ ނެޓުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތް ނިމުމުން، ކުދި ބުޅާތައް، އިތުރު ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަލުން އެތަނުގެ ނެޓުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމަށް ހިނގާ ހަރަދު ސާފެއް ނޫނެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ވަކި ސެންޓަރެއް ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެ ތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.
މަގުތަކުގައި އުޅޭ ބުޅާތައް އޮޅުހިޔާ އަށް ބަދަލުކުރަން ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލަން އަންގައިފަ އެވެ.
"'އޮޅު ހިޔާ' ފެސިލިޓީގައި ބުޅާ ބަހައްޓާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، އެ ތަން ފަރުމާކޮށް، ނެޓު ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތް ފުރިހަމަވުމުން، ޚާއްޞަކޮށް ކުދި ބުޅާ އިތުރު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރުޞަތު ފަހިވެގެންދާނެ. pic.twitter.com/Fk2OVGXjD9
— Ministry of Agriculture and Animal Welfare (@MAAWmv) March 28, 2025
ފަހުން ވަނީ އެ ހިޔާގައި ހުރި ތަކެއްޗާ އެކު، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.
ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލޭގައި އުޅޭ 2،000-3،000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ބަލަހައްޓާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮވާނީ ކިހިނެއް؟
29 March 2025
އެއްކަމެއްވެސް ދެފަހަރު ކުރަން ނުޖެހޭ ގޮތަކަށް ނުދޭ ދެއްތޮ؟
އޮޅު؟ ހިޔާ
29 March 2025
ބުޅާ ފެސިލިޓީން ދޭ ހިދުމަތުގެ ސްޓެޓިސްޓިކްސް ކޮންމެ މަހަކު ޝާއިއު ކުރަންވާނެ. މަގުމަތީގައި ބުޅާ މަދުނުވިޔަސް އެއީ ނިއުޓަރ ކޮށް ނިއުޓަރ ކުރި ކަން އެނގޭނެ ޓެގް އެއް އެޅުވީމައި ރައްޔިތު މީހާ އަށްވެސް އެނގޭނެ ތި ހިޔާއިން ޖަންގަލީ ނުވަތަ ވައިލްޑް ބުޅާތަކުގެ އާބާދީ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާކަން. ނަމަށް އޮޅު ހިޔާ ކީމައި ހީވަނީ ހަމައެކަނި ޕެޓް ތަކަށް ހާއްސަ ތަނެއް ހެން. އާންމު ރައްޔިތުންނަށް އުނދަގޫވަނީ ޖަންގަލީ ބުޅާތަކުން.
އަޅި އަލި
29 March 2025
ޓާޝިއަރީ ކުރަނީ!
ފެސިލިޓީގެ އައްޕަ
29 March 2025
3.5 މިލިއަން
2025
29 March 2025
ޜައީސް އޮފީސް ފުރަގަހުގަ ޕާރކްގަ ތިއިންފަރާތުން މަޑުކޮށްލަބަލަ މަދިރިހާއްޔެއްމީ މިހާރު މަދިރިބޭސްވެސް ހުސްވީތަ މޭޔަރއުޅެނީ އެސްއެސްޓިވީގެ ބައިކްސޯއެއްގަ....ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
29 March 2025
ކުރީ ޒަމާނުގައި ކ.މާލޭ މީހުނާއި އެރަށު ސަރުކާރު ހިންގާންތިބޭ މާލޭ މީހުނާއި ދެމެދު އޮންނަނީ ބަނޑި ބުރާސް ފައްޗާއި ބޮޑު ހުޅު ފަދަ ގަނޑުބަނޑު ތައް. 21 ވަނަ ޤަރުނުގައި އަދިވެސް އެކުޅި ނުހުއްޓި މިއޮތީ ބުޅަލާއި ކޯޅުމުގެ ކުޅި. ހުރިހާ ދުއްޕާނެއް ރާއްޖޭގެ ރައްޔިތުނަށް. ވަރުގަދަ ވެއްޖެ ކަމެއް.
ސިކުނޑިހުސް
29 March 2025
ބޭސް ހުސްވީތޯ؟
އަމީތާބު
29 March 2025
ބޭފުޅާއެވެ. މާލޭ މީހުންދެކެ ކިތަންމެ ރުޅިއެއް އަޔަސް މިއީ ދިވެހި ރާއްޖޭގެ ވެރިރަށް މާލެއެވެ. އަދި އެމެރިކާގެ ވޮޝިންޓަން ޑީސީ އަކީ އެއްވެސް ސްޓޭޓަކަށް ނިސްބަތް ނުވާ މިނިވަން ސިޓީ އެއްގެ ގޮތުގައި އެމެރިކާގެ ޤއ އިން އުފައްދާފައިވާ ސިޓީއަކަށް ވާފަދައިން ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ވަކި އަތޮޅަކަށް ނިސްބަތް ނުވާ މިނިވަން ރަށެއްގެ ގޮތުގައި ދިވެހިރާއްޖެ ޤއ ގައި ކަނޑައަޅާފައިވާ ރަށެއްކަން ގަބޫލުކޮށް ހިތުގަވާ ފިތުނަ ދޫކޮށްލުން ތިމާއަށް މާހެޔޮވާނެއެވެ.
ދޮން
29 March 2025
ސުކޫލުތަކަށް ބަޖެޓް ނުދީ 7 އޭޕްރިލް ގައި އައު އަހަރަށް ކިޔެވުން ފެށޭއިރު މަރާމާތު ނުކުރެވި ކޮވިޑަށް ވުރެވެސް ދައްކޮށް ދަނީ އެކަމަކު ބުޅާ ކަންތަކުގައި ސަރުކާރު އުޅެނީ ފުކެއްބޮޑުވަރު ،
އަފްރާސިޔާބު
29 March 2025
މިދައުރުގައި މަރާމާތު ކުރަން ޖެހޭ ސްކޫލެއް ނުހުންނާނެ ކަމަށް ސަރުކާރުން ޔަގީންކަންދޭ. މަރާމާތު ކުރަންޖެހޭތަނެއްވާނަމަ އެއީ ކުރީސަރުކާރުގެ ކަމެއް.
ހިތަށްއަރާ
29 March 2025
އަހަރެމެން ގޭދޮށު މަގުމައްޗަށާ ދުވާރުމަތިން ފާރުބުޑު ނަޖިސްކުރާ ބުޅާތައް ހަމަ އެއުޅޭ ގޮތަކަށް މަގުމަތީގަ އެބައުޅެމުންދާކަން ފާހަގަކުރެވޭ. ރައްޔިތުން ޓެކްސްފައިސާއިން އެހީލިބުން ބޭނުންވާ އެތައް އިންސާނުންނެއް އެހީއަށްއެދި އާންމުރައްޔިތުންނަށް ސަލާންޖަހަމުންދާ އިރު، އިންސާނުންގެ ހައްގަށްވުރެ ޖަނަވާރުންގެ ހައްގަށް އިސްކަންދޭ ގައުމެއް މިނޫނިއްޔާ އޮންނާނެބާވަޔޭ ހިތަށްއަރާ.
ބުޅާގޯނި
29 March 2025
ދިރޭ ތަކެއްޗަށް އޯގާތެރިވާން ޖެހޭނެ. އެތަކެއްޗަށް އަޅާލާ އެތަކި ބެލެހެއްޓުމަކީވެސް މި ގައުމުގެ ވަލިއްޔުލް އަމުރުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް. އެހެންނޫނަސް އެ ބުޅާތައް ގެނެސް ވިއްސާފަ، ބޭނުންނެތީމަ މަގުމައްޗަށް އުކާލާމީހުން ތި ހަޅޭލަވަނީ އެތަކެތި ބަލަހައްޓާ މީހުންނާ ދިމާލަށް. އިންސާނުން ކާނެގޮތެއް އަމިއްލައަށް ހޯދާނެ. އެތަކެތި ކާނެ އެއްޗެއް ނުލިބި ބަނޑަށް ބަލިވީމަ ކާކުތަ ޒިންމާވަނީ؟ އެހެންނޫނީ ހުރިހާ ބުޅާ މަރާފަ ވަޅުލަން ޖެހޭނީ.
ސިމެންތި
29 March 2025
މި ޤާއުމުގައި ދިވެހިން ހަދާފައިހުރި ތަނެއް 1 ފަހަރުން ހަދާ ނިންމާފައި އަލުން ހަދަން ނުޖިހޭތަނެއް ދައްކަބަލަ!
ޓުތމހ
29 March 2025
މީދާ ހިޔާ ހަދަނީ ކޮންއިރަކުން މާލެ ތެރޭގައި މީދާވެސް ކުރަފިވެސް ވަރަށް ގިނަ، މިވެސް ފުރާނަ އެހެންވީމަ މަރަން ނުވާނެ އެއްނު، މަދިރިއަށްވެސް ހިޔާ ހަދާ ދީބަލަ، ގައުމު މުއްސަންދި ކަމުން ދަރަނިން ބޯ ނުހިކޭ އަދިވެސް އާބާދީގެ އެންމެ މަތީ ފަންތީގަ ތިބި މަދު ބަޔަކު ހިއްހަމަ ޖައްސަން ދަރަންޏަށް ލާރި ނަގައިގެން މިކަހަލަ ބޭކާރު ކަންތައް މިކުރަނީ
ގިނަވާނެ
30 March 2025
ކޮންމެ 5 ފޫޓަކުން ކައިބޮއި އުޅޭ ތަންތަން ހެދީމަ މާލޭގަ ކުރަތްޕާ މީދާ ގިނަނުވާނެ ގޮތެއް ނޯންނާނެ. ހުރިހާ ދިމާލަކުން ދުވަނީ ކާބޯތަކެތީގެ ވަސް. މުޅި މަގުތަކާ ބީޗުގަ އޮންނަނީ އެތަކެތި ކައިފަ ބޮއިފަ އުކާފަ އޮންނަ ހުސް ތައްޓާ ކޮތަޅު. ދެން ކުރަފި އާލާވާނެ.