ހިޔާ ޓަވަރުގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މީހުންގެ ތެރެއިން ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މ. ކޮޅުފުށި، އާރެސް، ހަސަން ގާލިބް (38)--
03 އެޕްރީލް 2025 - 11:37
މިދިޔަ އަހަރު ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން އެކަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ވައްކަމުގެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް، 38 އެވެ. ކްރިމިނަލް ކޯޓުން ޣާލިބުގެ ބަންދު 15 ދުވަހަށް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އެއީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.
ނޮވެމްބަރު 7، 2024 ވަނަ ދުވަހުގެ ރޭ ޣާލިބް ކުރިން ހައްޔަރުކުރީ ހިޔާ ފްލެޓް އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުތެރޭ 12 މީހުންގެ ގްރޫޕުން މީހަކު ރަހީނުކޮށް ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށް އެތަނަށް ވަދެގެންނެވެ.
އޭރު އެ އެންމެން ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދޫ
05 April 2025
މިހެންވެގެންނޭ އާންމުން ނިކުމެ އަމިއްލައަށް އިންސާފް ގާއިމްކުރަން ޖެހޭނީ، ކުރީދުވަހުވެސް އަޅުގަނޑަށް ފެނުނު މީހަކު މަގުމަތީގަ ބާއްވާފަ އާންމުބަޔަކު ތަޅަނިކޮށް، ރަނގަޅަށް ބަލާލިއިރު މީހެއްގެ ފޯނުފޭރިގެން ދުވަނިކޮށް ހިފަހައްޓާފަ އޭނާ ތަޅައިގަތީ އަޅުގަނޑު ބުނިން އަނިޔާނުކޮށް ޕޮލިހުންނާ ހަވާލުކުރާށޭ ބުނީމަ އެމީހުންބުނީ ޕޮލިހުންގެންގޮއްސަ ވަގުތުން ދޫކޮށްލާނެޔޯ ދޫކޮށްލީމަ އަނެއްކާވެސް ވައްކަންކުރަން އުޅޭނެޔޭ އެހެންވީމާ އަމިއްލައަށް އިންސާފް ހޯދަނީޔޭ
ރާއްޖެ
04 April 2025
މީހަކު ރަހީނުކޮއްގެން ހައްޔަރު ކުރެވުނު ފަހުން 5 މި ވަނީ އަދިވެސް އެ ހުރީ މިނިވަން ކަން މަތީ ވައްކަން ކުރަން. މިއީ ކުއްވެރިންގެ ސުވަރުގެ
ކީއްކުރަން
04 April 2025
ކީއްކުރަންތަ އަޅެ ހައްޔަރު ރި ކުރަނީ ދޫކޮށްލަން. ނާޤާބިލްކަން ހުރިހާ ދިމާއަކުން.
އޮނަރަބަލް ޕީއެޗްޑީ ޗިޗަންޑާ ކަޅޭ
04 April 2025
މި ފަދަ ކުއްވެރިން ރަށުން ބޭރު ނުވެވޭ ގޮތަށް އުފަން ރަށަށް އަރުވާލުމުގެ ގާނޫނެއް ފާސްކުރަން ޖެހޭ. ރަށު އާބާދީ އަށް ވައްކަން ކުރާ މީހެއްކަން އެގި ސަމާލު ވާނެ.
ޑރ ވާންޗޯ
03 April 2025
ވަރިހަމަ ކުޑަދޫ ބުރިކޮށްފަ އެލަވަންސް ކަނޑާލަން އުޅުނަސް ، ރެޔަކު ހަތަރުގޭން ވައްކަންކޮށްފަ މަގުފޭރުނަސް. ތިޔަމީހުން ތިބޭނީ ރަށުތެރެއަށް ދޫވެފަ.... ނަމަނަމަ ރިޔާކުރުފުޅިޔެއް ވަގައްނުނަގާތި ޖަލަށްލާނެ.
މހއމ
05 April 2025
ރިހާކުރު ފުޅި ވަގަށް ނެގުމެކޭ. އެހެން އެއްޗެއް ވަގަށް ނެގިޔަސް އެހަމަ ވައްކަން ދޯ؟ ކީއްވެ ރިހާކުރު ފުޅި ވަގަށް ނަގާ މީހާ ޖަލަށް ނުލާންވީ؟
ކިއްލާ2222
03 April 2025
މި މީހާ ގެ އުމުރު މި ވަނީ އޮޅިފަ! 50 އަހރުގެ މީހުން ވެސް މި މީހާ ވުރެން ޒުވާން
ކޮރަޕްޓް
03 April 2025
ސަދޫމްގެ ގާނޫނު އޮންނަ ތަނެއް
ހަސަނު
03 April 2025
ކީއްވެހޭ ކުށުގެ ރެކޯޑު ގިނަ މީހުން ޖަލުގާ ނުތިބެނީ...
މހއމ
05 April 2025
ކުރީ ސަރުކާރުން އެމީހުން ޖަލަށް ނުލާ ތިބީމަ.
ފަސްއަހަރުފަހުން
03 April 2025
މީހަކު ރަހީނު ކުރިމައްސަލައިގައި ހައްޔަރު ކުރެވުނު ވައްކަންކޮށްގެން ހައްޔަރު ކުރެވުނު ބަޔަކާއި މާރާމާރީ ހިންގައިގެން ހައްޔަރު ކުރެވުނު ތޫނު. ޙަތިޔާރުން ބިރުދެެއްކި މައްސްލައިގައި ހައްޔަރު ކުރެވުނު ގުރޫޕު ހަދައިގެން އަމަން ނަގާލަން އުޅުމުގެކުށުގައި ބަންދުކުރެވުނު އަދި މަސްތތުވާ ތަކުތި ގެންގުޅުނު ކުށުގައި ވެސް ހައްޔަރު ކުރެވުނު މީހަކު ޕޮއިންޓް ހަމަވެ ފުލެޓެއް ލިބި އަދި 2 އަހަރު ތެރޭ 65 އަހަރު ވެގެން 5000 ރުފިޔާވެސް ލިބޭނެޢެވެ.
ޑެޑީ
03 April 2025
ރެކޯޑުހަދާން ދޫކޮށްފާބެހެއްޓުން ވަރަށް މުހިއްމު.